މި އަހަރު ބާއްވާ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ އާއި އިންޑިއާ އެއް ގްރޫޕެއްގައި ލައްވާލައިފިއެވެ.

ގްރޫޕް ބީގައި އިންޑިއާ އާއި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ސްރީލަންކާއެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕު އޮންނާނީ ސެޕްޓެމްބަރު 4 އިން 15 އަށް ބަންގްލަދޭޝްގެ ވެރި ރަށް ޑާކާގައެވެ. މިފަހަރުގެ މުބާރާތް ކުރިޔަށް ގެންދާނީ ސާފް ސުޒުކީ ކަޕުގެ ނަމުގައެވެ. ގުރޫޕް އޭގައި ވާދަކުރާނީ މުބާރާތް ބާއްވާ ގައުމު، ބަންގްލަދޭޝް، ނޭޕާލް، ޕާކިސްތާނު އަދި ބޫޓާނެވެ.

2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި އުފުލާލި އަފްގާނިސްތާނު ސެންޓްރަލް އޭޝިޔާއަށް ބަދަލު ކުރުމުގެ ސަބަބުން އަފްގާނިސްތާނަކަށް މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ބައިވެރި ނުވެއެވެ. ކުރިން ސާފް ޗެމްޕިއަންޝިޕުގައި 8 ޓީމު ކުޅޭއިރު އަފްގާނިސްތާނު ނުކުޅޭތީ މިއަހަރު ކުޅޭނީ ޖުމުލަ 7 ޓީމެވެ.

ސެޕްޓެމްބަރު 5 ވަނަ ދުވަހު ދިވެހިރާއްޖެ ކުޅޭ ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ސްރީ ލަންކާ އާއި ދެކޮޅަށެވެ. މުބާރާތުގެ ދެވަނަ މެޗުގައި ސެޕްޓެމްބަރު 7 ވަނަ ދުވަހު ރާއްޖެ ނިކުންނާނީ އެންމެ ވާދަވެރި އިންޑިއާއި ދެކޮޅަށެވެ. 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ތަށި ރާއްޖެއިން އުފުލާފައިވަނީ އިންޑިއާއި ދެކޮޅަށް ކުޅެ 0-1 ގެ ނަތީޖާ އަކުން މޮޅުވެގެންނެވެ.

މުބާރާތުގެ ސެމީ ފައިނަލް ކުޅޭނީ ސެޕްޓެމްބަރު 11 ވަނަ ދުވަހުގައެވެ.

މުބާރާތުގެ ފައިނަލް މެޗު ސެޕްޓެމްބަރު 14 ވަނަ ދުވަހު ކުޅޭ އިރު ރާއްޖެ ވަނީ އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕުގައި ކުޅުނު 3 ފަހަރުވެސް އިންޑިއާ އަތުން ކަޓާފައެވެ.