ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ދުވުން ތެރިޔާ އުސައިން ބޮލްޓް ކޮވިޑް-19 އަށް ފައްސި ވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އޭނާގެ 34 ވަނަ އުފަން ދުވަސް ފާހަގަ ކުރުމަށް ޖަމައިކާގައި ބޭއްވި ސަޕްރައިޒް ޕާޓީއަކަށް ފަހު މީގެ ދެތިން ދުވަސް ކުރިން އޭނާ އެ ބައްޔަށް ޓެސްޓް ގަދާފައި ވެއެވެ. އަދި އޭނާ ކޮވިޑް-19އަށް ފައްސިކަން އިއްޔެ ވަނީ ކަށަވަރުވެފައެވެ.

ޖަމައިކާގެ ރިޕޯޓުތަށް ހާމަ ކުރިގޮތުގައި ކޮވިޑް-19 އަށް ފައްސިވުމާއިއެކު ބޮލްޓް ވަނީ އަމިއްލަ އަށް އެކަހެރިވެފައެވެ.

އޮގަސްޓް 21 ވަނަ ދުވަހު ކުރިޔަށް ދިޔަ އުފަންދުވަސް ޕާޓީ އަކީ ބޮލްޓުގެ އެންމެ އުފާވެރި އުފަންދުވަސް ކަމުގައި އޭނާ މީސް މީޑިއާގައި ބުނެފައި ވާއިރު މި ޕާޓީގައި މަޝްހޫރު ބައިވަރު އެތުލީޓުން ވަނީ ބައިވެރި ވެފައެވެ.

އެގޮތުން މެންޗެސްޓާ ސިޓީއަށް ކުޅެމުންދާ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ސްޓާލިންގެ އިތުރުން ބަޔާ ލެވާކްސެންގެ އެޓޭކާ ލިއޮން ބައިލޭގެ އަދި ކުރިކެޓް ލިޖަންޑް ކްރިސް ގެއިލޭ މި ޕާޓީގައި ބައިވެރިވެފައި ވެއެވެ.

މިހާތަނަށް 8 ފަހަރު އޮލިމްޕިކް ރަން މެޑަލް ހޯދާފައިވާ ބޮލްޓް ކޮވިޑް-19 އަށް ފައްސިވިއިރު، އަދި މިހާތަނަށް އޭނާގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ފެނިފައި ވާކަން ކަށަވަރެއް ނޫނެވެ.

ޖަމައިކާއިން މިހާތަނަށް 1,413 ކޭސް ކޮވިޑަށް ފައްސި ވެފައި ވާއިރު އެގައުމުން 16 މީހަކު ވަނީ އެ ބަލީގައި މަރުވެފައެވެ.