ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި 2015 ވަނަ އަހަރު ވުޖޫދަށްގެނައި ކުޅިވަރު ގާނޫނަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އިސްލާހުތަކާއެކު މި ބިލް މަޖިލީހަށް ހުށަހަޅާފައިވަނީ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހުއެވެ. ބިލުގައި ހުރި އިސްލާހުތަކާއި މެދު ކުޅިވަރުގެ މާހިރުންނާއި އެކި އެސޯސިއޭޝަންތަކުގެ ބައެއް އިސްވެރިންވެސް ވަނީ އެކި ޝުއޫރުފާޅުކޮށްފައެވެ. ބައެއް ފަރާތްތަކުން މިއީ މުހިއްމު އަދި ބޭނުންތެރި އިސްލާހުތަކެއް ކަމަށް ބުނާއިރު ގިނަބަޔަކު ޤަބޫލުކުރާ ގޮތުގައި މި އިސްލާހުތަކަށް ބަދަލުތަކެއް ގެންނަން ޖެހެއެވެ.
ބިލުން ހާސިލުކުރަން ބޭނުންވާކަމަށް ބަޔާންކުރެވިފައިވާ ކަންކަން:
- ރާއްޖޭގެ ކުޅިވަރާއިބެހޭ އެކިއެކި މުއައްސަސާތަކުގައިހުރި ފުށުއެެރުންތައް ނައްތާލުމާއި، އެމުއައްސަސާތައް ޑިމޮކްރަޓިކްކޮށް ދެފުއް ފެންނަ ނިޒާމެއްގެ ތެރެއިން ހިންގޭނެ ނިޒާމެއް ގާއިމްކުރުން.
- ކުޅިވަރުގެ ވަސީލަތްތައް ބިނާކޮށް ތަރައްގީކުރާއިރު އެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތަކަށް ބެލެހެއްޓޭނެ ނިޒާމެއް ގާއިމްކުރުމާއި، އެފަދަ ވަސީލަތްތައް ގާއިމްކޮށް ބެލެހެއްޓުމުގައި ދައުލަތުގެ ބަޖެޓަށް ބުރަކުޑަވާނެ އުސޫލެއް ގާއިމްކުރުން.
- ކުޅިވަރުގެ އެކިއެކި މުއައްސަސާތަކުގެ އިންތިހާބުތަކަކީ ދެފުށްފެންނަ، އިތުބާރުކުރެވޭ ނިޒާމެއްގެ ތެރެއިން ހިންގޭ އިންތިހާބުތަކެއް ކަމުގައި ހެދުން.
- ކުޅިވަރާއި ބެހޭ މިނިސްޓަރުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ކަނޑައެޅުން.
ރާއްޖޭގެ ކުޅިވަރުގެ އިންފްރާސްޓްރަކްޗަރ ނުވަތަ ކުޅިވަރުގެ އުމްރާނީ ވަސީލަތްތަކަށް މިހާތަނަށް އައި އިރުވެސް ރަނގަޅަށް ބެލެހެއްޓެމުން ނުދެއެވެ. މާލެއާއި އަތޮޅުތަކުގައި މިގޮތަށް ހުރި ބައެއް ތަންތަން ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން ވީރާނާވާން ކައިރިވެފައިވާ ތަންތަންވެސް އެބަހުއްޓެވެ.
"ވަގުތު" އަށް މައުލޫމާތު ހިއްސާކުރައްވަމުން ހަސަން ލަތީފް ވިދާޅުވީ މިިހާތަނަށް އައި އިރުވެސް މި ތަންތަން ރަނގަޅަށް ބެލެހެއްޓިފައި ނެތް ކަމަށާއި މި އިސްލާހުގެ ސަބަބުން އެކަމަށް ހައްލެއް އަންނާނެކަމަށެވެ.
ކުޅިވަރު އިންތިޚާބު އިލެކްޝަން ކޮމިޝަނުން، މަސްލަހަތު ފުށުއަރާނެ އިސްލާހެއް
ރާއްޖޭގެ ކުޅިވަރު އިންތިޚާބުތައް މިހާތަނަށް ބާއްވަމުން އައީ ހަރުދަނާ އުސޫލުތަކެއްގެ ދަށުންނެވެ. އެގޮތުން ސްޕޯޓްސް ކައުންސިލާއި ސްޕޯޓްސް ކޮމިޝަނާއި އޮލިމްޕިކް ކޮމެޓީގެ ދަށުން މިހާތަނަށް އިންތިޚާބުތައް އައީ ރަނގަޅަށް ބާއްވަމުންނެވެ.
ނަމަވެސް ހަސަން ލަތީފް އިސްލާހް ހުށަހަޅާފައި ވަނީ އިލެކްޝަންސް ކޮމިޝަންގެ ބެލުމުގެ ދަށުން އެސޯސިއޭޝަންތަކުގެ އިންތިޚާބު ބާއްވާށެވެ. މި އިސްލާހަކީ ދިވެހި ކުޅިވަރު އާއިިލާގެ ގިނަބަޔަކު ދެކޮޅު އިސްލާހެކެވެ. މި އިސްލާހުން އެސޯސިއޭޝަންތަކުގެ ހިންގާ ގަވާއިދާއި ބައިނަލްއަގުވާމީ ފެޑެރޭޝަންތަކުގެ ގަވާއިދާ ފުށުއެރުންތަކެއް އަންނާނެއެވެ. ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިހާބު އިލެކްޝަން ކޮމިޝަން ދަށަށް ގެންދާގޮތަށް ހިމަނާފައި އޮތުމަކީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތައް ގުޅިފައިވާ ބައިނަލްއަގުވާމީ ކުޅިވަރު ޖަމިއްޔާތަކުގެ ރޫހާ ހިލާފު ކަމެކެވެ. ސަބަބަކީ އެސޯސިއޭޝަންތަކުގެ އިންތިހާބުތައް ކުރިއަށްދާއިރު ތިން ވަނަ ފަރާތެއްގެ ނުފޫޒެއް ނުވަންނަ ގޮތަށް އޮތް އޮތުން ބަދަލުވެގެން ދިއުމެވެ.
ކުޅިވަރުގެ ކަންކަމާއި ގުޅުމެއް ނެތް އިލެކްޝަންސް ކޮމިޝަނުން އިންތިހާބުގެ ކަންކަން ބަލަހައްޓާނަމަ ތާޑް ޕާޓީއެއް އިންތިހާބުގެ ތެރެއަށް ވަދެ ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮންނަ ނަމަ ބައިނަލްއަގްވާމީ ކުޅިވަރު އެސޯސިއޭޝަންތަކުން އިންތިހާބާއި މެދު ޝައްކުކޮށް އިންތިހާބުގެ ނަތީޖާ ބަލައިނުގަތުމުގެ ފުރުސަތުވެސް އޮންނާނެއެވެ.
މި ބިލުގެ ބައެއް އިސްލާހުތަކަށް ރައްދުދެއްވި އެކަކަކީ ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފެވެ. މި އިސްލާހުތަކަށް ރައްދުދެއްވަމުން ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ މެނިފެސްޓޯއާއި އެއްގޮތަށް ކުޅިވަރު ސިޔާސީ ނުކޮށް މިހާރުވެސް ކުރިޔަށްދާ ކަމަށެވެ. އަދި އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް ހިންގަނީ ޑިމޮކްރެޓިކްކޮށް ކަމަށެވެ.
"ރާއްޖޭގެ އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް ހިންގަނީ ޑިމޮކްރެޓިކްކޮށް، ޤާނޫނާއި އިންޓަނޭޝަނަލް ފެޑެރޭޝަންތަކުގެ ޤަވާއިދުތަކާއި އެއްގޮތަށް. ހަސަން ލަތީފުގެ ބައެއް އިސްލާހުތަކާއި ގުޅިގެން ރާއްޖެ ގިނަ ކުޅިވަރުތަކުން ސަސްޕެންޑުކުރާނެ" މަހުލޫފު ވިދާޅުވިއެވެ.
Raees @ibusolih ge manifesto aai ehgothah kulhivaru siyaasee nukoh dhanee kuriah.
Association thakuge inthikhabthah hinganee democratic koh, 🇲🇻 Qaanoonu / International Federation thakuge gavaidhuthakaa ehgothah.
H.Latheef ge baeh islaahun 🇲🇻 gina kulhivaruthakun suspend kuraane. pic.twitter.com/0sG9iUhe7X— Ahmed Mahloof (@AhmedMahloof) October 29, 2020
މީގެއިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު މަރުޒޫގުވެސް ވަނީ މި އިސްލާހުގެ ދަށުން ބާއްވާނެ އިންތިޚާބާއި ބެހޭގޮތުން ފާޑުވިދާޅުވެފައެވެ.
ކުޅިވަރުގެ ޤާނޫނަށް ގެންނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހުގެ އިންތިޚާބާއި، ކުޅިވަރު އެސޯސިއޭޝަންތަކުގެ އިންތިޚާބުތައް ދެން ބާއްވާނީ އިލެކްޝަން ކޮމިޝަނުން ކަމަށް ބަޔާންކޮށްފައިވާއިރު މިކަމަށް ކޮންމެ އަހަރަކު ދެލައްކަ ރުފިޔާ ބަޖެޓުކުރުމަށްވެސް ވަނީ ނިންމާފައެވެ.
އިސްލާހުތައް ފާސްވާނީ ކުޅިވަރު އާއިލާގެ ހިޔާލާއި މަޝްވަރާއާއެކު: ލަތީފް
މި އިސްލާހު ހުށައެޅުމުގެ ވިސްނުން އައި ގޮތާއި ގުޅޭގޮތުން "ވަގުތު" އަިން ހަސަން ލަތީފަށް ސުވާލުކުރެއްވުމުން ވިދާޅުވީ މި އިސްލާހު ހުށައެޅުއްވުމުގެ ވިސްނުން އައީ ވީހާވެސް އިތުބާރުކުރެވޭ ގޮތަކަށް އިންތިޚާބުގެ ކަންކަން ބައްޓަންކުރުމުގެ ގޮތުން ކަމަށެވެ. ނަމަވެސް ކުޅިވަރު އާއިލާގެ ފަރާތުން ރަނގަޅު ހިޔާލުތަކެއް ލިބިގެންދިޔަ ކަމަށާއި މި އިސްލާހު މަޖިލިސް ތަޅުމަށް ހުށައަޅާ، އާންމުންނަށް ޚިޔާލު ހުށައެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި އަދި އިސްލާހެއް، ގާނޫނަކަށް ވެގެން އަންނައިރު ޔަގީންކަން ދެން ސްޕޯޓްސް ކޮމިއުނިޓީ ބޭނުންވާނެ ބަދަލުތައް އަންނާނެކަން" ހަސަން ލަތީފް ވިދާޅުވިއެވެ.
މީގެއިތުރުން މި ބިލުގައި ޔޫތު މިނިސްޓަރު އައްޔަނުކުރައްވާ ގާނޫނީ ވަކީލެއްގެ ބަދަލުގައި ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ އެއް މެންބަރަކު އެ މަޖިލީހުގެ ހިމެނުމަށާއި އެސޯސިއޭޝަންތައް ތަމްސީލް ކުރައްވާ ހަތަރު މެންބަރުންގެ ތެރެއިން ދެ މެންބަރުންނަކީ އަންހެން ދެމެމްބަރުންނަށް ވުންވެސް ހިމަނާފައިވެއެވެ. އެއީ އޮލިމްޕިކް ކުޅިވަރު އެސޯސިއޭޝަންތަކުން އަންހެން މެންބަރަކާއި ނަން އޮލިމްޕިކް ކުޅިވަރު އެސޯސިއޭޝަންތަކުން އަންހެން މެންބަރެކެވެ. ނަމަވެސް މި އިސްލާހަކީވެސް ކުޅިވަރު އާއިލާގެ ހިޔާލު ހޯދަންޖެހޭ އިސްލާހެއްގެ ގޮތުގައި ކުޅިވަރު އާއިލާއިން ޤަބޫލުކުރެއެވެ.
"އެބަހުރި ވަރަށް ރަނގަޅު ކަންކަން މީގެތެރޭގައި، އެކަމަކު މިގޮތަށް ސިޔާސީ ނުފޫޒު ފޯރާނަމަ އެއީ ނެގޭ ބޮޑު ރިސްކެއް، އެބަޖެހޭ ބައިނަލްއަޤްވާމީ އުސޫލުތައް ހުރިގޮތްވެސް ބަލަން، އެކަމަކު ޔަގީންކަން އެބައޮތް މި ބިލު ފާސްނުވާނެކަން މި އޮތްގޮތަށް، ބަދަލުތަކެއް އަންނާނެ" ނަން ހާމަކުރުމަަށް ބޭނުންނުވާ އެސޯސިއޭޝަނުގެ އިސްވެރިއެއް "ވަގުތު" އަށް މައުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވިއެވެ.
ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހުތަކުގެ ތެރޭގައި ކުޅިވަރާ ބެހޭ ގައުމީ މަޖިލީހާއި، ސްޕޯޓްސް ކޮމިޝަނާއި، ސްޕޯޓްސް ކޯޕަރޭޝަނާއި، ސްޕޯޓްސް އިނިސްޓިއުޓް އަދި ކުޅިވަރު އެސޯސިއޭޝަންތަކާއި ގުޅޭ ގިނަ ކަންކަން ހިމެނެއެވެ. އަދި ކުޅިވަރާ ބެހޭ ވަޒީރުގެ މަސްއޫލިއްޔަތުތަކާއި، ބާރުތަކާ ގުޅޭ ގޮތުންވެސް އިސްލާހުތަކެއް ވަނީ ހުށަހަޅުއްވާފައެވެ. ހަސަން ލަތީފް "ވަގުތު" އާއި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ މި އިސްލާހުގެ ސަބަބުން އެ ތަންތަނާއި އައްޔަނުކުރާ ފަރާތްތަކުގެ މަސްއޫލިއްޔަތު ސާފުކޮށް އެނގޭނެކަމަށާއި މިނިސްޓަރގެ ފަރާތުން މަޤާމުތަކަށް މީހުން އައްޔަނުކުރަން އޮތް އޮތުންވެސް ބަދަލުވެގެންދާނެ ކަމަށެވެ.
ޖުމްލަކޮށް ބަލާއިރު މި އިސްލާހުތަކުގެ ތެރެއިން ގިނަ އިސްލާހުތަކަކީ މުހިއްމު އިސްލާހުތަކެކެވެ. އަދި ބައެއް އިސްލާހުތަކަކީ މިހާރުވެސް ޤަވާއިދުތަކާއެކު ބެލެހެއްޓެމުން އަންނަ ޤަވާއިދުތަކެވެ. ޤާނޫނަކަށް ބަދަލުވެގެން އަންނައިރު 2015 ގެ މި ބިލު ފާސްވުމުގެ ކުރިން ކުޅީވަރު އާއިލާއާއި ބައްދަލުކުރި ގޮތަށް މިފަހަރުވެސް އެގޮތަށް ބައްދަލުކުރުމަކީ ކުޅިވަރު އާއިލާގެ ބޮޑު އެދުމެކެވެ.
ހަސަން ލަތީފުގެ އާއިލާ އާއި ޓޭބަލް ޓެނިސް އެސޯސިއޭޝަން ހިންގުން ހަވާލުކޮށްދީ... އެއިރުން ހުރިހާ ކަމެއް ފުރިހަމަވީ.
ހަސަން ލަތީފުގެ ޢާއިލާގެ ތަރކަ މުދާ ގަނޑެއް ގެއްލިގެން އެ އަނބުރާ ހޯދޭނެ ގޮތެއް ބަލަނީ... ހޭ ކެނޑެނީ...
ހަސަން ލަތީފުގެ ގަޅިކަން މިފެންނަނީ.. ޖަރުމަނުން އެޑްވައިސް އަންނަނީ... އެމްބެސެޑަރ ޖަރުމަނުގެ ޓްރެއިނިންގ އަށްފަހު ވެޓެރަންސް ވޯލްޑް ޗެމްޕިއަން ކަން ރާއްޖެއަށް ގެންނާނެކަމަށް ބެލެވެނީ
ހުރިހާތަނަކަށް އަތްބާނަނީ ކީއްކުރަން ... ކުޅިވަރުވެސް ސިޔާސީ. ޥެއްޖެ. މަޖުލީހުން ކަނޑައަޅަންވީނުން ރާއްޖޭގައި ޓީޓީ ކުޅޭނީ ހަމައެކަނި މީނާގެ އާއިލާ މީހުންނޭ.
މީނާގެ އާއިލާގެ ވަކިބަޔަކު ދާކޮންމެތަނަކަށް ޓީޓީ ރެކެޓް ހިފައިގެންގޮސް މިމީހުންނަކީ މުޅި ރާއްޖޭގައި ވެސް މިކުޅިވަރަށް އެންމެ ބޮޑަށް ލޯބިކުރާ މީހުންކަމުގައި ދެއްކެން އުޅޭ އުޅުން މިހާރުމިވަނީ ބޮޑު ޖޯކްއަކަށް ވެފައި...
ޤާނޫން އަށް ގެންނަންވީ އިސްލާހަކީ ސްޕޯޓްސް މިނިސްޓަރ ރިޕޯޓް ކުރަންޖެހޭ ފަރާތަކީ މަޖްލިސް މެމްބަރު ހަސަން ލަތީފު ކަމަށް ލާޒިމް ކުރުން. ދެން ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ އިންތިހާބަށް ކުރިމަތިލެވޭނީ ވަކި އާއިލާ އަކަށް ނިސްބަތްވާ ބަޔަކު އެކަނި ކަމުގައިވުން.
މިނިސްޓަރުކަންދިންއިރު ނޭގުނު ކުޅިވަރެއް ދެންކޮންގާނޫނެއް އިނގޭނީ. ކުޅިވަރުގެ ހަލާކްތީ.
ކުޅިވަރު ކުރިއަރުވާނެ ނިޒާމެއް ޤާއިމް ކުރުން. އަދި އެ ނިޒާމު ކުރިއަރުވާނެ ނިޒާމެއް ޤާއިމްކުރުން.. އަދި ކުރިއަރުވާ ނިޒާމް ދެމެހެއްޓޭނެ ނިޒާމެއް ޤާއިމްކުރުން.. އަދި ދަމަހައްޓާ ނިޒާމްއަށް ފާރަވެރިވާނެ ނިޒާމެއް ޤާއިމްކުރުން.. އަދި ފާރަވެރިވާ ނިޒާމަށް ފާރަވެރިވާނެ ނިޒާމެއް ޤާއިމް ކުރުން.. ބޯ ހަލާކު
ތިލަތީފުނުކިރާނެ ސަހަލު އެއްކަ މެއްވެސް. މުޅިން ފޭލުވެފަ ހުރި ލާދީނީ ޕަޕެޓެއް.
ޓީޓީ ބޯޅައެއްކަހަލަ މީހެއް.... ވ ވައި އަނތަޅާނީ