އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީން ހުޅުވާލައިގެން ކުރިޔަށްގެންދާ "އޭއެފްސީ ބްރެކެޓް ޗެލެންޖް"ގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގަށް ވޯޓު ހޯދައިދިނުމަށް ހުރިހާ ދިވެހިން އެއްގަލަކަށް އަރާ ސޯޝަލް މީޑިއާގައި ވަރުގަދަ ކެމްޕޭނެއް ފަށައިފިއެވެ.

މި ޗެލެންޖުގައި ދަގަނޑޭގެ ގޯލުތަކުގެ ތެރެއިން ހުޅުވާލާފައިވަނީ އޭއެފްސީ ކަޕުގައި 2013 ވަނަ އަހަރު ނިއުރޭޑިއަންޓް އިން އިންޑޮނޭޝިއާގެ ޕާސިބޯގެ މައްޗަށް 0-7 އިން ކުރިހޯދި މެޗުގައި ދަގަނޑޭ ޖަހަައިދިން ރީތި ހިތްގައުމު ސޯލޯ ގޯލެވެ.

މި ޗެލެންޖުގައި މިހާރު ކުރިއަށް ދަނީ ކުއާޓަރ ފައިނަލްގެ ކުރިމަތިލުންތަކެވެ. އަޝަފާގް ކުއާޓަރ ފައިނަލަށް ދަތުރުކުރީ ރައުންޑް އޮފް 16 ގައި ބަންގްލަދޭޝްގެ އަބަހާނީ ލިމިޓެޑް ޑާކާގެ ސޮހޭލް ރާނާގެ މައްޗަށް ކުރިހޯދައިގެންނެވެ.

ކުއާޓަރ ފައިނަލުގައި ވާދަކުރާ ވިއެޓްނާމުގެ ގުޔެން ވެން ގުޔެޓް އާއި ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) ވާދަކުރަން ހަމަޖެހި، ވޯޓަށް ހުޅުވާލާފައިވަނީ އިއްޔެއެވެ. ވޯޓަށް ހުޅުވާލުމާއި އެކު ރާއްޖޭގެ ސޯޝަލް މީޑިއާ ބޭނުންކުރަމުންދާ ކުދިބޮޑު އެންމެން ކަހަލަގޮތަކަށް އަޝްފާގުގެ ކެމްޕޭނަށް ނުކުމެ ވޯޓުހޯދަން ވަނީ ތެދުވެފައެވެ. އެންމެ އާންމު މީހާއިން ފެށިގެން ކުޅިވަރުގެ ނަން މަޝްހޫރު ފަރާތްތަކުގެ އިތުރަށް އިދާރާތަކުގެ އެންމެ އިސްވެރިންވެސް މި ކެމްޕޭނަށް ގައުމީ ޖޯޝުގައި ނުކުތްއިރު އާއިލާ އާއި ރަށްޓެހިން އެކުލެވޭ ވައިބާ ގުރޫޕު ތަކުގައިވެސް ވަރަށް ވަރުގަދައަށް މިކެމްޕޭން ކުރަމުން ދާތަން ފެނިގެންދިޔައެވެ.

Ali Ashfaq is in the quarter final of AFC Cup Bracket Challenge! Let's win this for him and our nation! 👑🇲🇻

To vote please use this link: 👉 https://bit.ly/3proiE7

Posted by Imran Mohamed on Saturday, November 14, 2020

އަޝްފާގަށް ވޯޓު ދިނުމަށް އެދި ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭމްގެ ރައީސް ބައްސާމް އަދިޅް ޖަލީލްވެސް ވަނީ އޭނާގެ ޓުވިޓާ އެކައުންޓް މެދުވެރިކޮށް ކެމްޕޭން ކުރައްވާފައެވެ.

އިއްޔެ ވޯޓުލުމަށް އޭއެފްސީގެ ވެބްސައިޓުގައި ހުޅުވާލުމާއެކު ގިނަ ފަރާތްތަކެއް ވަނީ ވޯޓްލާން ފަށާފައެވެ. ވޯޓްލުން ފެށިގެން ކުރިއަށްދިޔަތާ ގާތްގަނޑަކަށް ގަޑިއެއްހާއިރު ވީއިރުވެސް އަޝްފާގް 90 އިންސައްތައިން ކުރީގައި އޮތް ނަމަވެސް އިއްޔެ ހަވީރު ނަތީޖާއަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. އެގޮތުން ގާތްގަނޑަކަށް 95.54 މިލިއަން މީހުންގެ އާބާދީއެއް އޮތް ވިއެޓްނާމްގެ ގުޔެން ވެން ގުޔެޓް ވަނީ ވޯޓުލީމީހުނެގެ 89 އިންސައްތަ ވޯޓު ކާމިޔާބުކޮށްފައެވެ. ގުޔެން ވެން ގުޔެޓްއަށް ވޯޓު ހޯދުމަށް އެގައުމުގެ އެފްއޭގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު އެގައުމުގެ ގައުމީ ޓީވީއިންވެސް ވަނީ ގުޔެން ވެން ގުޔެޓްއަށް ކެމްޕޭން ކޮށްދޭން ފަށާފައެވެ. އެހެންނަމަވެސް ގާތްގަނޑަކަށް 540،000 މީހުންގެ އާބާދީއެއް އޮތް ރާއްޖޭގެ އަލީ އަޝްފާގް މިވަނީ މިހާރު ފަރަގު ކުޑަކޮށް 35 އިންސައްތަ ވޯޓު ހޯދާފައެވެ.

މާދަމާ މެންދުރުފަހު 13:00 ޖެހުމާއި ހަމައަށް ވޯޓު ލުމުގެ ފުރުސަތު ލިބިގެންދާއިރު މިހާރަށްވުރެ ވަރުގަދައަށް މިކެމްޕޭން ކުރިއަށް ގެންގޮސް ވޯޓުލުމުގެ ވަގުތު ހަމަވާން ވާއިރަށް ގުޔެން ވެން ގުޔެޓްގެ މައްޗަށް އަޝްފާގަށް ކުރިހޯދަދިނުމުގެ ފުރުސަތު އަޅުގަނޑުމެންގެ އަތުގައި އެބަ އޮތެވެ. ވޯޓު ލާން ބޭނުންވާ ފަރާތްތަކަށް އޭއެފްސީގެ ވެބްސައިޓް މެދުވެރިކޮށް ވޯޓު ލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

17 އަހަރުވަންދެން ރާއްޖޭގެ ގައުމީ ޓީމަށް ކުޅެ އެތައް ކާމިޔާބީއެއް ދިވެހި ގައުމަށް ހޯދާދީފައިވާއިރު ފުޓުބޯޅައިގެ ދުނިޔެއަށް ރާއްޖޭގެ ނަން އާންމުކޮށްދިނުމުގެ އެންމެ އިސް އެއް ފަރާތްތަކަކީ އަޝްފާގެވެ. މިއަދު މިއޮތީ އަޝްފާގަށް ކާމިޔާބީ ހޯދާދިނުމަށް ދިވެހި ރައްޔިތުން އަތުގުޅާލައިގެން ނިކުންނަންވީ ވަގުތު އައިސް ޖެހިފައެވެ. ލަސްނުކޮށް އަޝްފާގަށް ވޯޓުދީ އާއިލާއާއި ރައްޓެހިންނަށްވެސް ވޯޓު ލުމަށް މެސެޖު ފޯރުކޮށްދޭށެވެ!

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ކުރިޔަށްބާރާ

    ހުރިހާ ބޭފުޅުންވެސް ގޫގުލް ކްރޯމްއިން ވަދެ އިންކޮގްނިޓޯ މޯޑް/ޕުރައިވެޓް މޯޑުއިން އެލިންކަށް ވަދެ ވޯޓް ލުމަށް ފަހު މުޅިން ކުލޯސް ކުރުމަށްފަހު އަނެއްކާ ވަދެ ވޯޓް ލެވޭނެ. ވީހާވެސް ގިނަބަޔަކު މިގޮތަށް ވީހާވެސް ގިނަ ވޯޓް ދެއްވާ...

    21
    2
  2. އަޑްސް ބައި ށީށާ

    ހުރިހާ ބޭފުޅުންވެސް ގޫގުލް ކްރޯމްއިން ވަދެ އިންކޮގްނިޓޯ މޯޑް/ޕުރައިވެޓް މޯޑުއިން އެލިންކަށް ވަދެ ވޯޓް ލުމަށް ފަހު މުޅިން ކުލޯސް ކުރުމަށްފަހު އަނެއްކާ ވަދެ ވޯޓް ލެވޭނެ. ވީހާވެސް ގިނަބަޔަކު މިގޮތަށް ވީހާވެސް ގިނަ ވޯޓް ދެއްވާ..

    11
    2
  3. ކޮވިޑް

    އާދޭހާ އެކު ދަންނަވަން އަޝްފާގު އަށް ވޯޓް ދެއްވާ.....

    15
    1
  4. ނަންނަ

    ވަރަށް ފުރިހަމަ އަދި މައުލޫމާތު މުއްސަނދި ލިޔުމެއް،

    9
    1
  5. ަބޯޅަ

    ވޯޓުލާނޭގޮތް ނޭގިގެން މިއުޅެނީ
    ކޮންމެވެސް ކުއްޖަކުކިޔާދީބަލަ

  6. ކުނބު

    ތިވޯޓުގަ މޮޅުވާނީ އާބާދީ ބޮޑު ގައުމެއްނު... އަހަރުމެންގެ ރާއްޖޭގެ ޓޯޓަލް އާބާދީ އޮންނާނެ އޮންޑިއާކަހަލަ ގައުމެއްގެ އެންމެ ކުޑަ ވިލެޖެއްގަ

    7
    16
  7. އިބޫ ކިނބޫ

    އެއްއވެސް ވޯޓެއް ލާނެ ކަމެއްނެތް ހޭބަލިވެގެންތަ މި އުޅެނީ އަޝްފާގު އައް ވޯޓުލައިންތަ އިނގެނީ މޮޅުމީހެއް

    3
    23
  8. ޕްރިންސެސް އެލިޒީ

    މިލިޔުންކޮޅު ވަރަށް ފުރިހަމަވެފަ މަޢުލޫމާތު ވަރަށް މުުއްސަނދި. ސާބަސް. ވަރަށް ހިތްހަމަޖެހޭ