ސްރީލަންކާގެ ކޮލަންބޯގައި ހުންނަ މޯލްޑިވިއަން އެޑިޔުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރ (އެމްއީސީސީ) އާއި "ވަގުތު" އިން ގުޅިގެން ސްރީލަންކާގައި ދިރިއުޅޭ ދިވެހި ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ "ވަގުތު ރަމަޟާން ފުޓްސަލްކަޕް 2018" ގެ ތިން ވަނަ ދުވަހުގެ މެޗުތައް މެޖިސްޓާ އެފްސީ، އެފްސީ ލޮތުބްރޭކް އަދި މެެއެސްޓްރޯ އެފްސީގެ އިތުރުން ވެޓެރަންސް ގޯލްޑް އިން ކާމިޔާބު ކޮށްފިއެވެ.

ރޭގެ ފުރަތަމަ މެޗުގައި ބައްދަލުކޮށްފައިވަނީ ޔޫތު މެޖިސްޓާ އަދި މެޖިސްޓާ އެފްސީއެވެ. އެ މެޗު ފޯރިގަދަ ކުޅުމަކަށް ފަހު 7-8 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ މެޖިސްޓާ އެފްސީއެވެ. އެ މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ މެޖިސްޓާ އެފްސީގެ ޖުނައިދު ޒާހިރުއެވެ.

ރޭގެ ދެވަނަ މެޗުގައި އެފްސީ ލޮތުބްރޯކް އަދި އޭވީއެފްސީ ސަޕްރައިޒް ބައްދަލުކުރި އިރު އެ މެޗު ފަސޭހަމަކާއި އެކު 12-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބު ކުރީ ލޮތުބްރޭކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މެޗުގައި ރަނގަޅު ކުޅުމެއް ދެެއްކި ލޮތުބްރޭކްގެ ރާހުލް އަބްދުލް ސަމަދެވެ.

ރޭ ކުޅެވުނު ތިންވަނަ މެޗުގައި ޓީމް އެކްސް ޕްރޯ އަދި މައެސްޓްރޯ އެފްސީ ބައްްދަލު ހުރި އިރު 3-4 ގެ ހަނި ތަފާތަކުން ކާމިޔާބު ކުރީ މައެސްޓްރޯއިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެކްސް ޕްރޯގެ އަހުމަދު ސިނޫ މުހައްމަދެވެ.

ރޭގެ ފަހުމެޗުގައި ބައްދަލުކޮށްފައިވަނީ ވެޓަރަންސް ގޯލްޑް އަދި ދެވެހިންނެވެ. އެ މެޗު 5-2 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ވެ ވެޓަރަންސް އެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ވެޓަރަންސްގެ ހުސެއިން އާރިފް ރިޒާއެވެ.

މި މުބާރާތުގެ ގްރޫޕް އޭގެ އެއްވަނައިގައި ލޮތު ބްރޭކް އޮތީ ކުޅުނު ދެމެޗުން 6 ޕޮއިންޓް ހޯދައިގެންނެވެ.

ގްރޫޕް ބީގެ އެއްވަނައިގައި ޖިންޖާ އޮތީ ކުޅުނު ދެމެޗު ކާމިޔާބުކޮށް 6 ޕޮއިންޓް ހޯދައިގެންނެވެ.

ގްރޫޕް ސީގެ އެއްވަނައިގައި މެޖިސްޓާ އެފްސީ ވެސް އޮތީ 6 ޕޮއިންޓާއެކުގައެވެ.

މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި މުބާރާތަކީ 3 ގްރޫޕަކަށް ބަލާހައިގެން ޖުމްލަ 13 ޓީމު ވާދަކުރާ މުބާރާތެކެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް އެއްލައްކަ ރުޕީސް އަދި ރަނަރަޕް ޓީމަށް ފަންސާސް ހާސް ރުފީސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.