20 ޓީމާއެކު ފެސްޑް ލާމު މަސްރޭސް ފަށައިފިއެވެ.

ރޭހުގައި ބައިވެރިވި ޓީމުތަކުން މަހަށް ފުރާފައިވަނީ މިއަދު 15:30 ގައެވެ. މި މަސްރޭހުގައި އަތޮޅުތެރޭ ހަތް ރަށަކުން ޓީމުތައް ބައިވެރިވެފައިވެއެވެ. އަންހެން ކަނބަލުންގެ ޓީމުތައްވެސް މި މުބާރާތުގައި ބައިވެރިވެފައިވެއެވެ.

ފެސްޑް ލާމު މަސްރޭހަށް ޓީމުތައް ފުރުން --- ފޮޓޯ: ޒައީމް

މުބާރާތުގެ މަސްކިރާ މެއިން އިވެންޓް މިރޭ 21:00 އިން ފެށިގެން ފޮނަދޫ ބަނދަރު ސަރަހައްދުގައި ކުރިޔަށް ދާނެއެވެ. މުބާރާތުގެ މެއިން އިވެންޓް ކުރިއަށްދާ ގަޑީގައި މަސް ކިރާ ސަރަހައްދުގައި ބޮޑުބެރާއެކު ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. އިވެންޓްގެ ތެރެއިން ބެލުންތެރިންނަށް ހާއްސަ ލަކީޑްރޯތައް ހޮވުންވެސް ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި އަގުހުރި ވައުޗާ ޕެކޭޖްތައްވެސް ހިމެނޭނެ ކަމަށް ފެސްޑުން މައުލޫމާތު ދީފައިވެއެވެ. ރޭހުގައި ބައިވެރިވި ޓީމުތަށް މަހުން ލެފުމުގެ އެންމެ ފަހު ގަޑިއަކީ 22:00 އެވެ.

ފެސްޑް ލާމު މަސްރޭހަށް ޓީމުތައް ފުރުން --- ފޮޓޯ: ޒައީމް

ޗެމްޕިއަން ޓީމަށް 10،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހެޅިފައިވާ މަސްރޭހުގެ ހުރިހާ ޓީމަކަށްވެސް އެތައް އިނާމެއް ލިބިގެންދާނެ ކަމަށް ފެސްޑުގެ ފަރާތުން ބުނެފައިވެއެވެ. އެންމެ ބޮޑުމަސް ބޭނި މީހާގެ އިތުރުން ރަނަރަޕް ޓީމާއި ތިންވަނަ ޓީމަށްވެސް ފައިސާގެ އިނާމް ހުށަހެޅިފައިވެއެވެ.

ފެސްޑުގެ ލާމު މަސްރޭހުގެ މީޑިއާ ޕާޓްނަރަކީ ވަގުތެވެ. އިވެންޓް އެމްބެސްޑަރަކީ ޒުވާން މަސްރިޔާ، ސަޖުވާން ނައީމެވެ. ކޮފީ ޕާޓްނާ އަކީ ޖެމްސް ކިޗަންއެވެ. ގްރެފިކްސް އެންޑް ޑިޒައިނިން ޕާޓްނަރަކީ އެކްސްވާޓައިޒްއެވެ. ޕްރިންޓިން ޕާޓްނަރަކީ ބްލޫޕްރިންޓް ހަބް އެވެ. އޭގެ އިތުރުން މާންދޫ ހޮރައިޒޯން ފިޝަރީޒް ކޮމްޕްލެކްސްއަކީ މުބާރާތުގެ ޕާޓްނަރެކެވެ.

ކިޔުންތެރިންގެ ހިޔާލު