އިނގިރޭސިވިލާތުގެ ފުޓުބޯޅައިގެ ގަދަބާރު އަަދި ފުޓުބޯޅައިގެ އެންމެ މުއްސަނދި އެއް ކުލަބް މެންޗެންސްޓާ ސިޓ ވެރިޔާ ޝެއިހް މަންސޫރު ބިން ޒައިދު އެފްއޭ ކަޕްގެ ތާރީހީ ޓްރޮފީއެއް ނީލަމުގައި ގަނެފިއެވެ.

ޝެއިހް ޒައިދު ގަނެފައިވަނީ 1896 އިން 1910 ވަނަ އަހަރުގެ ނިޔަލަށް އެފްއޭ ކަޕްގައި ބޭނުންކުރަމުންދިޔަ ޓްރޮފީއެވެ. ޓްރޮފީ ގަތުމަށްފަހު އޭނާވަނީ އިނގިރޭސިވިލާތުގެ ނޭޝަނަލް ފުޓްބޯލް މިއުޒިއަމް އަށް މި ޓްރޮފީ ހަދިޔާކޮށްފައެވެ.

ޕްރިމިއަރ ލީގުގެ މުއްސަނދި ޓީމުތަކުން ފައިސާގެ ނަހަމަ ބޭނުން ކުރަމުންދާ ކަމުގެ ތުހުމަތުތައް ކުރަމުންދާ ދަނޑިވަޅެއްގައި ސިޓީގެ ވެރިޔާ އަގުބޮޑުކޮށް ޓްރޮފީ ގަތުމާއިއެކު އެޓީމަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައެވެ. ބައެއް ފަރާތްތަކުން ވަނީ ކޮވިޑްގެ ސަބަބުން އެތައް ބަޔަކު ދަތިހާލުގައި ތިއްބާ ބޭކާރު ހަރަދެއްކޮށް ސިޓީއިން އެދައްކާ ދިނީ ނިކަމެތި ހާލުގައި ދިރިއުޅޭ މީހުންނަށް އެއްވެސް ގަދަރެއް އިހްތިރާމެއް ނުކުރާކަން ކަމަށެވެ.

މި ތާރީހީ ޓްރޮފީ އަކީ 2005 ވަނަ އަހަރުން ފެށިގެން މެންޗަސްޓާގެ މިއުސިއަމް އެއްގައި ބެހެއްޓިފައި ހުރި ޓްރޮފީއެކެވެ. އެހެންނަމަވެސް 2019 ވަނަ އަހަރު އެ މިއުޒިއަމް އާއި ގައުމުން ބޭރު ފަރާތެއް ހަވާލުވުމާއި ގުޅިގެން އެ ޓްރޮފީ ގައުމުން ބޭރަށް ގެންގޮސްދާނެ ކަމުގެ ބިރަށް އެ މިއުޒިއަމް އިން ޓްރޮފީ ވަނީ ނަގާފައެވެ. މިއީ މިވަގުތު އިނގިރޭސި ފުޓުބޯޅައިގެ އެންމެ ދުވަސްވީ ޓްރޮފީ އަކަށް ފެންނަން ހުރި ޓްރޮފީ އެވެ.

މި ޓްރޮފީ އަކީ މެންޗަސްޓަރ ސިޓީއާއި ތާރީހީގޮތުން ގުޅިފައިވާ އެޓީމަށް މުހިންމު ޓްރޮފީ އެކެވެ. އެއީ މި ޓްރޮފީ އަކީ ސިޓީއިން ބޮޑު މުބާރާތަކުން އެންމެ ފުރަތަމަ އުފުލާލި ޓްރޮފީ އަކަށް މި ޓްރޮފީ ވާތީއެވެ. އެޓީމުން މި ޓްރޮފީ ހޯދާފައިވަނީ 1904 ވަނަ އަހަރު އެފްއޭ ކަޕުގެ ފައިނަލުގައި ބޮލްޓަން ވޮންޑަރާސް 0-1 އިން ބަލިކުރުމަށް ފަހުގައެވެ.

މިހާތަނަށް ޖުމްލަ ހަފަހަރަށް އެފްއޭ ކަޕް ކާމިޔާބު ކޮށްފައެވެ. އެންމެ ފަހުން އެޓީމުން މިމުބާރާތް ކާމިޔާބު ކޮށްފައިވަނީ 2019 ވަނަ އަހަރުއެވެ. ފާއިތުވީ 2020 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދާފައިވަނީ އާސެނަލް އިންނެވެ.