ވޯލްޑް ކަޕަކީ މުޅި ދުނިޔެއަށް ފުޓްބޯޅައިގެ އީދެއް ގެނުވާ އެތައް ކަމެއް ހިނގައިގެންދާ ބޮޑު މުބާރާތެކެވެ. މި މުބަރާތް ފަށަން މިހާރު މާ ގިނަ ދުވަހެއް ނެތް އިރު މުބާރާތުގެ ފޯރި ދަނީ ދުވަހެއް ދުވަހަކަށް ވައިގެ ތެރޭގައި ހިފަމުންނެވެ. އެހެން ކަމުން މި ބަލާލަނީ ފާއިތުވި ދެ ވޯލްޑްކަޕްގައި ހިނގައި ދިޔަ އަޅުގަނޑަށް ހަނދާނުން ފޮހެލަން ދަތި ބައެއް އުސްއަލިތަކަށެވެ.

5) ގާނާ ކުއާޓާ ފައިނަލަށް ދަތުރު ކުރުން

އެފްރިކާ ބައްރުގައި ބޭއްވި ފުރަތަމަ ވޯލްޑްކަޕް 2010 ވަނަ އަހަރު ސައުތް އެފްރިކާގައި ބޭއްވި އިރު، އެންމެންވެސް އުންމީދުކޮށްގެން ތިބީ ސައުތް އެފްރިކާއަށް މުބާރާތުގައި ދުރަށް ދަތުރު ކުރެވޭނެ ކަމަށެވެ. ނަމަވެސް އެފްރިކާ ބައްރުގެ ގައުމުތަކުގެ ތެރެއިން މޮޅު ކުޅުމެއް ދައްކައި އެންމެ ދުރަށް ދަތުރު ކުރީ ގާނާއެވެ.

4) ޝަބަލާާލާާގެ ގޯލު

ސައުތް އެފްރިކާގައި އޮތް ވޯލްޑް ކަޕް ހަގީގަތުގައި ފެށިގެން ދިޔައީ އެ ގައުމު ނުކުތް ފުރަތަމަ މެޗުުގައި ސިފީވޭ ޝަބަލާާލާ ޖެހި ހިތްގައިމު ލަނޑުންނެވެ. އެ ގޯލާއެކު މުޅި ދަނޑު ގުގުމާލި އިރު ވުވޫޒެލާތައް ދުނިޔެއަށް މަޝްހޫރުވެގެން ދިޔައެވެ.

3) ފްލައިން ޑަޗްމެން

2014 ވަނަ އަހަރުގެ ވޯލްޑްކަޕްގައި އެންމެ ފާހަގަ ކުރެވުނު އެއްގޯލަކީ މިއީއެވެ. ސްޕެއިންއާއި ދެކޮޅަށް ނެތަލޭންޑްސް ނުކުތް މެޗުގަައި ރޮބިން ވެން ޕާސީ ގޯލާއި ދުރުގަައި ހުރެފައި ބޮލުން ޖެހި މި ގޯލަކީ މިހާރު "އައިކޯނިކް" ގޯލެކެވެ. މިއީ ހަނދާނުން ފޮހެލަން ދަތި ގޯލެކެވެ.

2) ޖަރުމަނުން ބްރެޒިލް ކޮޅަށް ހަތް ލަނޑު ޖެހުން

2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑްކަޕްގައި އެގައުމުން ކާާމިޔާާބު ހޯދާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރިއެވެ. ނަމަވެސް ހަނދާނުން ފޮހެލަން ދަތި އަދި ހިތި ގޮތަކަށް އެޓީމު ކަޓައިގެން ދިޔައީ ސެމީގައި ޖަރުމަނު އަތުން ބަލިވެގެންނެވެ. ޖަރުމަނުން ވަނީ ބްރެޒިލް ކޮޅަށް ހަތް ލަނޑު ޖަހައި އެ މުޅި ގައުމު ރޮއްވާާލާފައެވެ.

https://www.youtube.com/watch?v=3HG7lcKh3w4

1) އިނިއެސްޓާގެ ގޯލު

2010 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ފައިނަލް މެޗަކީ ފަހަރެއްގައި ހިތްގައިމު މެޗަކަށް ނުވެދާނެއެވެ. އެހެން ނަމަވެސް މެޗުގެ އެންމެ ފަހު ވަގުތު ކޮޅު ވަރަށްވެސް ހިތްގައިމެވެ. އެންމެންގެ ލޯބި ހޯދާފައިވާ ކުޅުންތެރިޔާ އަންދްރެސް އިނިއެސްޓާ ޖެހި ގޯލުން ސްޕެއިންއަށް ވޯލްޑްކަޕް ލިބުނު ވަގުތުކޮޅަކީ ހީބިހި ނަގާ ފަދަ ހިނދުކޮޅެކެވެ.