ގައުމީ ޓީމުގެ ފޯވަޑު އަލީ އަޝްފާގު (ދަގަނޑޭ) ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ވޯލްޑަކްޕްގެ ކޮލިފައިންގެ މެޗްތައް ކުޅުމަށް ޗައިނާ އަށް ފުރުމުގެ ކުރިން ގައުމީ ޓީމްގެ ކުޅުންތެރިން ދެފަހަރަށް ކުރި ކޮވިޑް ޓެސްޓްތަކުން ދަގަނޑޭގެ އިތުރުން ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕޭ) ވެސް ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.
ދެކުޅުންތެރިން ކޮވިޑަށް ފައްސިވުމުން ދެ ކުޅުންތެރިން ނުލައި ޗައިނާ އަށް ދިއުމަށް މިއަދު ދުބާއީ އިން ފުރަން އޮތް ނަަމަވެސް ނިހާރު ވަނީ ފުރުން ލަސްކޮށްފައެވެ. އެއީ ދެ ކުޅުންތެރިއަކު ފައްސިވުމުން ޗައިނާ އިން ލިބެން ޖެހޭ ހުއްދައެއް ނުލިބުމުންނެވެ.
ދަގަނޑޭ އާއި ތޮއްޕޭ ކޮވިޑަށް ފައްސިވމުން އެ ދެ ކުޅުންތެރިން 10 ދުވަހު ދުބާއީގައި ކަރަންޓީނުވާން ޖެހޭނެ އެވެ.
ކޮވިޑަށް ފައްސިވިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ދަގަނޑޭ ކުރި ޓްވީޓެއްގައި ބުނީ ޕީސީއާރް ޓެސްޓުންނާއި ލޭގެ ޓެސްޓުން އޭނާ ކޮވިޑަށް ފައްސިވެފައިވާ ކަމަށެވެ. ނަމަވެސް ހާލު ރަނގަޅު ކަމަށް ދަގަނޑޭ ބުންޏެވެ.
ގައުމީ ޓީމު މާލޭގައި ހޮޓެލް ޖެންގައި ކޭމްޕް ކޮށްފައި ވަނިކޮށ ދަގަނޑޭގެ އަންހެނުން ކޮވިޑަށް ފައްސިވުމުން އޭނާއާ ކޮންޓެކްޓްވެފައިވާތީ ދަގަނޑޭ އެކަހެރިވިއެވެ. އޭނާ ފަހުން ޓީމާއި ގުޅުނީ ޕީއާރް ޓެސްޓްތަކެއް ހެދިއިރު ކޮވިޑަށް ނައްސިވުމުންނެވެ.
ދަގަނޑޭ އާއި ތޮއްޕޭ ކޮވިޑަށް ފައްސިވުމުން ދެ ކުޅުންތެރިންނަށް ދެން ކޮލިފައިންގެ ދެމެޗް އެކުޅުންތެރިންނަށް ގެއްލޭނެ ކަން ވަނީ ކަށަވަރު ވެފައެވެ. އެއީ އަންނަ މަހުގެ ތިން ވަނަ ދުވަހު ޗައިނާއާ ދެކޮޅަށް ކުޅޭ މެޗާއި ހަތް ވަނަ ދުވަހު ސީރިއާއާ ބައްދަލުކުރާ މެޗެވެ.
ގައުމީ ޓީމު ކޮލިފައިންގައި ކުޅޭ ފަހު މެޗު އޮންނާނީ އަންނަ މަހު 15 ގައި ފިލިޕީންސާ ދެކޮޅަށެވެ. އެ މެޗް ކުޅޭއިރު ދަގަނޑޭ އާއި ތޮއްޕޭގެ ކަރަންޓީނު މުއްދަތު އޮންނާނީ ހަމަވެފަ އެވެ. ނަމަވެސް އެމެޗްގައި ވެސް އެެދެކުޅުންތެރިންނަށް ކުޅެވޭނެކަމެއް އަދި ނޭނގެއެވެ.
ގައުމީ ޓީމް ދުބައީއަށް ފުރިއިރު ވެސް ސްކޮޑްގައި ހިމެނުނު ބައެއް ކުޅުންތެރިން ކޮވިޑަށް ފައްސިވެފައި ވުމުން ޓީމާއިއެކު ދެވޭ ގޮތް ވަނީ ނުވެފައެވެ..
ޥަރަށް ދެރަ..ޝަފަކަﷲ
ވަރަށް އަވަސް ޝިފާ އަކަށް އެދެން!
ޤައުމު މިހާލުގަ އޮއްއިރުވެސް މިވެރިން އަރުވާޖަހާފަ ބޯޅަ ނުކުޅެވިގެން ،