މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕަށް ފަހު، ޖަރުމަނުގެ ތަރި މެސުޓް އޮޒިލް ރިޓަޔާ ކުރަން ޖެހޭކަމަށް އެޤައުމުގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ، ލޮތާ މެތައުސް ބުނެފިއެވެ.

މެތިއުސް މިހެން ބުނެފައިވަނީ ބައެއް މީޑިޔާތަކަށް މައުލޫމާތު ދެމުންނެވެ.

މެކްސިކޯ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވުމަށްފަހު އޮޒިލް އާއި އޭނާގެ ޓީމަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައި މެތައުސް ބުނެފައިވަނީ އޮޒިލް އަކީ ޖަރުމަނުގެ ޓީމުގެ ނަމެއް ނޫންކަމަށެވެ. އަދި، އޭނާއާއި އެޖާޒީ ނުގުޅޭކަމަށްވެސް ބުނެފައިވެއެވެ.

މެތައުސް

"ބިލްޑް" އަށް ދިން ބަސްދީގަތުމެއްގައި މެތިއުސް އިތުރަށް ބުނެފައިވަނީ ޖަރުމަނުގެ ޖާޒީގައި ކުޅެން އޮޒިލް އަށް ފަސޭހަ ނޫންހެން ބައެއް ފަހަރު ހީވާކަމަށެވެ. އަދި، އޭނާގެ ފަރާތުން އެއްވެސް ޕެޝަން އެއް ޤައުމީ ޓީމުން ނުފެންނަހެން ހީވާކަމަށްވެސް ބުނެފައިވެއެވެ.

މީގެއިތުރުންވެސް، "ސްކައި ސްޕޯޓްސް" ގައި ލިޔެފައިވާ ލިޔުމެއްގައި މެތިއުސް ބުނެފައިވަނީ ޖަރުމަނުގެ ފުޓުބޯޅަ ސަޕޯޓަރުންގެ ފަރާތުން، އެމީހުން އުންމީދުކުރާ ކަންކަން އޮޒިލް އަށް ހާސިލުކޮށް ނުދެވޭ ކަމަށެވެ. އެހެން ކުޅުންތެރިންނާއެކު އޮޒިލް، ޖަރުމަނުގެ ޤައުމީ ސަލާމްވެސް ނުކިޔާކަން ފާހަގަކޮށްފައިވެއެވެ.

ހަމައެހެންމެ، ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާންއާއެކު އޮޒިލް ފޮޓޯ ނެގުމުން، އެކަމަށްވެސް މެތައުސް ފާޑު ކިޔާފައިވެއެވެ.

މީގެއިތުރުން، ޖަރުމަނުގެ ކުރީގެ މިޑްފީލްޑަރު، ސްޓެފަން އެފެންބާގްވެސްވަނީ، އޮޒިލްގެ ބަދަލުގައި މާކޯ ރިއަސް އެރުވުމަށް، ކޯޗުގެ ކިބައިން އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދުރުމި

    ބަލިވާމަ ހުރިހާކަމެއް އޮޒިލްބޮލަށް އެހެން އެއްވެސް މީހަކު ޒިންމާ ނަގާކަން ނުޖެހޭ ދެންތިބަލަނީ އޭނައަކީ މުސްލިމެކެވެ އޭނަކްރިސްޓިއަނުންނާއި އެކީ ނުކުޅޭނެ.

  2. މާނޭ

    ތީ ދީނީފިކުރު އިސްކުރާތީ ބުނާއެއްޗެއް އޮޒިލް ހަމަ ހަޭސް

  3. 3ނިރު

    މުސްލިމަކަށް ޔަހޫދީޔަކު ހިޔޮގޮތެއްނޭދޭނެ

  4. ކަނޑުކޮސް ޕީޕީ

    ބަލަ ކަލޯ އެޑޮލްފް ހިޓްލަރ އަކީވެސް އޮސްޓްރިއާ މީހެކޭ އެކަމަކު ކަލޭމެންނަށް ކަމުދިޔަ އޭނާ ވެރިކަމަށް ގެންނަންވެސް. ޖަރުމަނަކީވެސް ފާޑެއްގެ ބަޔަކު އުޅޭތަނެއް. ގޫބެރާމެން.

  5. Anonymous

    އޮޒިލް އެކަނިތަ ޖަރުމަނު ޓީމުގަ ކުޅުނީ؟ މިހުންނަނީ މިމީޙުންގެ ތަފާތު ކުރުމުގެ މިންވަރު. އޮޒިލް އަކީ މުސްލިމަކަށްވީތީ، ބަލިވީމަ އޭނައެކަނި ދޯ އެބަލީގެ ޒިންމާ ނަގަންމިޖެހުނީ. އިންސާނިއްޔަތޭ އަނެކައްޗެކޭ ގޮވާކަށް މިހުޅަނގުގެ މީހުން ލަދެއްނުގަންނާނެ.

  6. ނަޖްވާ

    އޮޒިލް އަކީ ތުރުކީ ދަރިކޮޅަށް ނިސްބަތް ވާ މީހެއް! އެހެން ވީމަ، މީގެން ފެންނަނީ ޖަރުމަނު މީހުންގެ ނަސްލީ އިމްޒިޔާޒު ގެ ކުޅިގަނޑު!