އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އަށް ފާޑު ކިޔާ ފަރާތްތަކަށް އޭނާގެ މަންމަ ސެލިއާ ކުސިއިޓިނީ ވަރުގަދަ ރައްދެއް ދީފިއެވެ.

ވޯލްޑްކަޕްގެ ފުރަތަމަ މެޗުގައި އާޖެންޓީނާ އައިސްލޭންޑު އަތުން 1-1 ނަތީޖާއަކުން އެއްވަރުވި މެޗަށް ފަހު މެސީއަށް އެތަކެއް ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާއިރު ގިނަ ބަޔަކު ބުނަމުން ދިޔައީ އާޖެންޓީނާ ބަލިވީ މެސީގެ ސަބަބުން ކަމަށެވެ.

ނަމަވެސް މެސީގެ މަންމަ މެސީ ދިފާއުކުރަމުން ބުނީ މެސީ އަކީ އާޖެންޓީނާ ދެކެ ލޯބިވާ ކުޅުންތެރިއެއް ކަމަށާއި މެސީއަށް ފާޑު ކިޔުމުގެ ކުރިން އާޖެންޓީނާއަށް މެސީކޮށްދިން ކަންތައްތަކާއި މެދު ވިސްނާލަން ޖެހޭ ކަމަށެވެ.

އަދި މެސީގެ އެންމެ ބޮޑު އުންމީދަކީ އާޖެންޓީނާއާއި އެކު ވޯލްޑްކަޕްގެ ތަށި އުފުލާލުން ކަމަށާއި އެކަމަށް ކުރެވެން ހުރި ހުރިހާ ކަމެއް މެސީ ކުރާނެ ކަމަށްވެސް އޭނާގެ މަންމަ ބުނެފައިވެއެވެ.

" މެސީއަށް ފާޑު ކިޔާ ފަރާތްތަކުން ވިސްނާލަން ޖެހޭ މެސީ ގައުމަށް ކޮށްދޭ ކަންތައްތައް. މެސީގެ އެންމެ ބޮޑު އުންމީދު އެއީ ވޯލްޑްކަޕް ކާމިޔާބު ކުރުން. ވޯލްޑްކަޕްގެ މެޗުތަށް ކާމިޔާބުކުރަން އެންމެ ފުރަތަމަ ބޭނުންވާ މީހަކީވެސް މެސީ. " އާޖެންޓީނާގެ ޗެނެލް 13 އަށް ދިން އިންޓަވިޔުއެއްގައި މެސީގެ މަންމަ ބުނެފައިވެއެވެ.

އަދި މިއަދު ކްެރޮއޭޝިއާ އާއި ދެކޮޅަށް އާޖެންޓީނާ ނުކުންނަ އިރު މެސީ ހުރީ ވަރަށް ރަނގަޅު ފޯމެއްގައި ކަމަށް މެސީގެ މަންމަ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. ރަށްދު

  އާޖެންޓީނާ މޮޅު ވީމަ މެސީ މޮޅު ކޮއްދޭކަމަށް ވަނީ އެކަމަކު ބަލިވީ މެސީ ޒިންމާވާކަށްނުޖެހެ

 2. ހަހުރަ

  އާޖެންޓީނާގެ ޗެނަލް 13 އޭ؟؟؟ ދިވެހި ސަރުކާރުން އަނެއްކާ އާޖެންޓީނާގަވެސް ޗެނަލް 13ގެ ބުުރާންޗެއް ހިންގަނީތަ؟؟؟؟

  • ރިސާޗް

   ތަޙުޤީޤް ކުރަންޖެހޭނެ ތިކަން....

 3. ހުވަދޫ މީހާ

  މެސީގެ މަންމަ ވެސް ވަރަށް ފޯމްގަ ތިހުރީ