ޖަޕާނުގެ ޓޯކިޔޯގައި މި މަހު ބާއްވާ ޕެރަލިމްޕިކްސް ގައި ވާދަކުރާ ރާއްޖޭގެ ދުވުންތެރިންނަށް މުހައްމަދު މާޒިން އަދި ފާތިމަތު އިބްރާހިމް ހަމަޖައްސައިފިއެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ޕެރަލިމްޕިކްސްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ. މީގެތެރެއިން މާޒިން ވަނީ 2019 ވަނަ އަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކޮށް ލޯ މެޑަލް ހޯދާފައެވެ.

މިއީ އޮލިމްޕިކްސް އަށްފަހު ބާއްވާ ހާއްސަ މުބާރާތެކެވެ. ކޮންމެ އޮލިމްޕިކްސް އަކަށްފަހު ބާއްވާ މި މުބާރާތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެމީހުންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތު ލިބިގެންދެއެވެ. ރާއްޖެއިން ވާދަކުރާ ދެ ދުވުންތެރިންވެސް ވަނީ މި ޕެރަލިމްޕިކްސް އަށް ތައްޔާރީޔަށް މިހާރު ފަށާފައެވެ.

ސައިފް އަދި މާޒިން ދުވަނީ

ބޮޑު ވާދަވެރިކަމެއް އޮންނަ މި ގޭމްސްގައި ރާއްޖެއިން ބައިވެރިވާ އެތްލީޓުންގެ ތެރެއިން މާޒިންގެ ގައިޑް ރަނާގެ ގޮތުގައި ބައިވެރިވަނީ މުހައްމަދު ސައިފް ޒާހިރެވެ. އަދި ފާތިމަތު އިބްރާހިމްގެ ގައިޑް ރަނާގެ ގޮތުގައި ބައިވެރިވަނީ ރަބާ އިސްމާއީލް އާސިފެވެ. ރާއްޖޭގެ ދެ އެތްލީޓުންވެސް ވާދަކުރާނީ 100 މީޓަރު ދުވުމުގައެވެ.

ރާއްޖޭގެ ދެ އެތްލީޓުން ކަމަށްވާ މާޒިން އަދި ފާތުން އަކީ ފެނުމުން މަހުރޫމްވެފައިވާ މީހުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސްގެ ދެ މެންބަރުންނެވެ.

ރާއްޖޭގެ ޕެރަލިމްޕިކްސް ޓީމާއެކު ޖަމްއިއްޔާގެ މެމްބަރުން

މިހާރު ކުރިޔަށްދާ އޮލިމްޕިކްސް ނިމުމަށްފަހު ޕެރަލިމްޕިކްސް ފެށުމަށް ހަމަޖެހިފައިވަނީ މި މަހު 24 އިން އަންނަ މަހު 5 ގެ ނިޔަލަށެވެ.

ކިޔުންތެރިންގެ ހިޔާލު