މެންޗެސްޓަރ ސިޓީ ދޫކޮށް މި ސީޒަނަށް ސްޕެއިންގެ ބާސެލޯނާއަށް ގުޅުނު ފޯވާޑް ސާޖިއޯ އަގުއެރޯއަށް އަނިޔާވެ ދިގު މުއްދަތަކަށް ކުޅުމާއި ދުރަށް ދާންޖެހިއްޖެ އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން އަގުއެރޯގެ ކަކުލަށް ލިބުނު ގެއްލުމާއި ގުޅިގެން 10 ހަފުތާއަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެއެވެ. އަދި މި މުއްދަތު އިތުރުވުން އެކަށީގެންވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މި އަނިޔާއާއި ގުޅިގެން އޭނާއަށް އެންމެ އަވަހަށްވެސް ބާސެލޯނާއަށް މެޗެއް ކުޅެވޭނީ އޮކްޓޯބަރު މަހުގެ މެދުތެރޭ ހިސާބުގައެވެ. އޭނާއަށް އަނިޔާވެފައިވަނީ މި ހަފުތާގެ އާދީއްތަ ދުވަހު ބޭއްވި ފަރިތަކުރުންތަކުގައެވެ. މި އަނިޔާއާއި ގުޅިގެން ޔުވެންޓަސް އާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް އަގުއެރޯ ކުޅެފައެއް ނުވެއެވެ.

އަގުއެރޯ ވަނީ މިދިޔަ މަހު ކޮޕާ އެމެރިކާގެ ތަށި ހޯދި އާޖެންޓީނާ ޓީމުގައިވެސް ހިމެނިފައެވެ. ނަމަވެސް މާ އެދެވޭ ކުުޅުމެއް އޭނާގެ ފަރާތުން މި މުބާރާތުގައި ފެނިފައެއް ނުވެއެވެ.

އުމުރުން 33 އަހަރުގެ ފޯވާޑް މެންޗެސްޓަރ ސިޓީ ދޫކޮށް ބާސެލޯނާއަށް ބަދަލުވެފައިވަނީ ފްރީ އޭޖެންޓެއްގެ ގޮތުގައެވެ. ސިޓީގައި ހޭދަކުރި ފަހު މުއްދަތުގައި އަގުއެރޯ ވަނީ 10 ފަހަރެއްގެ މަތިން އަނިިޔާވެގެން ދަނޑުން ފާބައިފައެވެ. އަދި ސިޓީގައި ހޭދަކުރި ފަހު މުއްދަތުގެ ތެރޭގައި އޭނާ ހުރީ ގިނައިން އަނިޔާގައވެެ. އަނިޔާވި ނަމަވެސް އަގުއެރޯއަކީ އަދިވެސް ސިޓީގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އެވެ. އެއީ 299 ގޯލެވެ.

އޭނާ ބާސެލޯނާއާއި ގުޅުނީ އެއް އަހަރުދުވަހުގެ އެެއްބަސްމުމަކުންނެވެ. އެއީ 117 މިލިއަން ޑޮލަރަށެވެ.