އަފްޣާނިސްތާނުގެ ހެރާޓް ސިޓީގައި ބޭއްވި އެ ގައުމުގެ ލީގު ފައިނަލް މެޗު ޝަރަފްވެރިކޮށްދިނީ ޠާލިބާން ޖަމާއަތުގެ މެމްބަރުންނެވެ. މެޗް ކުރިއަށް ދިޔައިރު ވެސް އަދި އިނާމުތައް ދިން އިރުވެސް ހަތިޔާރާއިއެކު ހަނގުރާމަވެރިން ދަނޑު ކައިރީގައި ތިއްބެއެވެ.

މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު އަފްޣާނިސްތާނުގެ ވެރިރަށް ޠާލިބާނުގެ އަތްދަށަށް ދިޔަ ފަހުން ކުޅުނު މި މެޗުގައި އެންމެ ތަފާތު ކަމެއްގެ ގޮތުގައި ފެނިގެންދިޔައީ މެޗުގެ ފުރަތަމަ ހާފު ނިމިގެން ދަނޑަށް ހާޒިރުވެތިބި ދެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނާއި ކުޅިބެލުންތެރިން އަދި ޠާލިބާން ހަނގުރާމަވެރިން އެއްތަންވެގެން ޖަމާއަތުގައި ނަމާދުކުރުމެވެ.

ޗެމްޕިއަން ޓީމަށް ތާލިބާނުން ތަށި ހަވާލުކޮށްދެނީ

މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމަށް ތަށި ހަވާލުކޮށްދެއްވީ ޠާލިބާނުންގެ އިސް ލީޑަރެއް ކަމަށްވާ މައުލްވީ ޝިރް އަހްމަދެވެ. ރިޕޯޓުތައް ބުނާގޮތުން މިއީ ޠާލިބާނުންގެ މޫނުމަތި ރީތިކުރުމަށް އެޖަމާއަތުން ކުރި ކަމެކެވެ. އަނެއްބަޔަކު ބުނާގޮތުން މިއީ ޠާލިބާނުން ބަދަލުވި މިންވަރު ހާމަވާ ކަމެކެވެ.

އަފްޣާނިސްތާނަކީ ފުޓުބޯޅައިގެ އިތުރުން އެކި ކުޅިވަރުތައް ކުޅެމުން އަންނަ ގައުމެކެވެ. ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ސާފް ޗެމްޕިއަންޝިޕް މީގެކުރިން އެ ގައުމުން ހޯދިއެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ކުޅިވަރުގެ ރޮނގުން ބޮޑެތި ކުރިއެރުންތަކެއް ހޯދިއެވެ.

މެޗު ބަލަން އެއްވެ ތިބި އަފްގާނިސްތާނު ރައްޔިތުން

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޠާލިބާނުން ދަނީ ބައެއް ކުޅިވަރުތައް ކުޅުނު ކުޅުންތެރިން ހޯދަން އަތްފުނާއަޅަމުންނެވެ. އެއާައެކު އަފްޣާނިސްތާންގެ އަންހެން ގައުމީ ފުޓުބޯޅަ ޓީމު ފިލާފަައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެހެން ކުޅިވަރުތަކުގެ ވެސް ގައުމީ ޓީމުގެ ކުޅުންތެރިން ފިލުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މެޗު ޝަރަފްވެރިކޮށްދިން ތާލިބާނުގެ ބައެއް އިސްވެރިން

މި މެޗު ޠާލިބާނުން ޝަރަފްވެރިކޮށްދިން އިރު ދާދިފަހުން އެމެރިކާގެ އަސްކަރީ މަތިންދާބޯޓެއް ނައްޓާލަން އުޅުމުގެ ތެރޭގައި ބޯޓުގެ ލޭޏްޑީން ގިޔަރުގައި އެލިގަނެގެން އޮތް އަފްޣާނިސްތާނުގެ ޒުވާން ގައުމީ ޓީމުގެ ކުޅުންތެރިޔާ އުމުރުން 19 އަހަރުގެ ޒަކީ އަންވާރީ ވަނީ ބޯޓު ނައްޓާލިތާ ދެ މިނެޓެއްހާ ފަހުން ވެއްޓި މަރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދފ

    ތާލިބާނުން ރަގަޅުކަމެއް ކުރާއިރަށް އެއީ މޫނުމަތިރީތި ކުރަން.. ހަމަތަ ކަލޭމެން އަޅެ.

    8
    1
  2. ރާޖާ

    އިސްލާމް ދީނާ ގުޅިފައިވާ ބަޔަކުތަ! ގޯސްވާނީ އެމީހުން. މުސްލިމުން ކަމަށް ބުނާ މީހުންނަށްވެސް ގޯސްވަނީ އެމީހުން Yvonne Ridley މިމީހާއަކީ އިނގިރޭސި ޖާނަލިސްޓެއް. ތާލިބާނުން އަތްދަށުވި. އެމީހުން މުޢާމަލާތް ކުރި ގޮތާއި އިސްލާމް ދީނުގެ ކަންތައް އެނގުމުން 2003 ގައި އިސްލާމްވި. ޔޫޓިއުބުން ލިބޭނެ އޭނާ ތާލިބާނުންނާއި އަފްޣާނުން ސިފަކޮށްފައިވާ ގޮތް. އަހަރެމެން އަހަރެމެން ދީނަށް ފުރައްސާރަކޮށް ދީން އޮޅުވާލަން މަސައްކަތްކުރާ މީހުން ފަހުން ދުވުން ހުއްޓާލާނީ ކޮންއިރަކު ބާއޭ ހިތަން އަރާ.

    5
    1