ސްޕެއިން އަދި ރެއާލް މެޑްރިޑްގެ ކެޕްޓަން ސާޖިއޯ ރާމޯސް ދެ އަހަރަށް ފުޓްބޯޅަ ނުކުޅެވޭ ގޮތަށް ސަސްޕެންޑްކުރަން ޖެހޭ ކަމަށް އާޖެންޓީނާގެ ބަތަލު ޑިއެގޯ މެރެޑޯނާ ބުނެފިއެވެ.
ސްކައި ސްޕޯޓްސްއަށް ދިން އިންޓަވިޔުއެއްގައި ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހްއަށް ރާމޯސް ކުރި ފައުލްއާއި މެދު ވާހަކަ ދައްކަމުން މެރެޑޯނާ ބުނީ ރާމޯސްގެ އެ އަމަލުގެ ސަބަބުން އޭނާ ދެއަހަރަށް ފުޓްބޯޅަ ނުކުޅެވޭ ގޮތަށް ސަސްޕެންޑް ކުރަން ޖެހޭ ކަމުގައެވެ.
އަދި ރާމޯސް ސަލާހްއަށް ފައުލްކުރީ ގަސްތުގައި ކަމަށްވެސް މެރެޑޯނާ ވަނީ ބުނެފައެވެ.
އަދި ރާމޯސްއާއި މެދު އޫއެފާއިން ފިޔަވަޅު ނޭޅީ އޭނާއަކީ ރެއާލް މެޑްރިޑްގެ ކުޅުންތެރިއަކަށް ވުމުން ކަމަށާއި ރާމޯސް އަކީ ބާސެލޯނާގެ ކުޅުންތެރިއެއްނަމަ ފީފާއިން ވަގުތުން ފިޔަވަޅު އަޅާނެ ކަމަށް މެރެޑޯނާ ވަނީ ބުނެފައެވެ.
"ރާމޯސް ފުޓްބޯޅަ ނުކުޅެވޭގޮތަށް ދެއަހަރު ދުވަހަށް ސަސްޕެންޑް ކުރަން ޖެހޭ. ސަލާހްއަށް ރާމޯސް ފައުލް ކުރީ ގަސްތުގައި. އަދި ރާމޯސްއާއި މެދު އޫއެފާއިން ފިޔަވަޅު ނާޅަނީ އޭނާއަކީ ރެއާލް މެޑްރިޑްގެ ކުޅުންތެރިއަކަށް ވުމުން. ނަމަވެސް ބާސެލޯނާގެ ކުޅުންތެރިއެއްނަމަ ފީފާއިން ވަގުތުން ފިޔަވަޅު އަޅާނެ. ރެއާލް މެޑްރިޑަކީ ސްޕެއިނުގެ ވަރުގަދަ ކުލަބެއް" މެރެޑޯނާ ބުނެފައިވެއެވެ.
ރާމޯސް ކުރި ފައުލްއާއި ގުޅިގެން ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗުގެ 30 ވަނަ މިނެޓްގައި ސަލާހްގެ ވައަތު ކޮނޑަށް އަނިޔާވެ ދަނޑުން ފައިބަން ޖެހިފައިވާއިރު ސަލާހްއަށް ލިބުނު އަނިޔާ ރަނގަޅުވާން ގިނަ ދުވަސްތަކެއް ވަނީ ނަގާފައެވެ. އަދި ވޯލްޑްކަޕް ފެށުނު އިރުވެސް ސަލާހް އެއްކޮށް ފިޓް ނުވުމުގެ ސަބަބުން ސަލާހްއަށް ވޯލްޑްކަޕްގައިވެސް އެދެވޭ ކުޅުމެއް ވަނީ ނުދެއްކިފައެވެ.
މެރެޑޯނާއަށް ތާއީދު.
ކަލޭ ބޭނުންކުރި ޑްރަގްތައް މަތިން އިހަށް ހަދާންކޮށްބަލަ....... ސަސްޕެންޑްވާން.
Dhen kaley athun landu jeheema jeheyne umurah suspend kuran hama argentina meeheh veema e