މިދިޔަ އަހަރު ސާފްގެެ މެމްބަރު ގައުމުތަކާއެކު މަޝްވަރާކޮށް ބާއްވަން އެއްބަސްވި ސާފް ކުލަބް ޗެމްޕިއަންޝިޕް ނުހިމަނާ މިއަހަރުގެ ކަލަންޑަރު އާންމުކޮށްފިއެވެ.

ސަރަހައްދުގެ ގިނަ ގައުމުތަކުން ވަނީ ކުލަބް ޗެމްޕިއަންޝިޕު ބާއްވަން ތާއިދުކޮށްފައެވެ. ނަމަވެސް އަހަރުގެ ކަލަންޑަރު އިއުލާނުކުރި އިރު މުބާރާތް ނުހިމަނައެވެ.

ސާފް އިން މެމްބަރު ގައުމުތަކާއެކު ކޮންމެ ފަހަރެއްގެ އަހަރީ ޖަލްސާގައި ކުލަބް ޗެމްޕިއަންޝިޕާއި ގުޅޭގޮތުން މަޝްވަރާކުރިއެވެ. އެންމެފަހުން ރާއްޖޭގައި މިދިޔަ އަހަރު ފަހުކޮޅު ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ ތެރެއިން ބޭއްވި ބައްދަލުވުމުގައި ވެސް އެކަމާ މަޝްވަރާކުރި އެވެ.

ބެލެވޭގޮތުގައި މުބާރާތް މިފަހަރު ތާވަލުނުކުރީ އިންޑިއާގެ ނުފޫޒުގެ ސަބަބުންނެވެ. ސަރަހައްދީ މުބާރާތްތައް ތާވަލުކުރާއިރު މީގެކުރިން ވެސް އިންޑިއާއަށް ހާއްސަ އިސްކަމެއް ދެއެވެ.

ސާފް ގެ މިއަހަރުގެ ކަލަންޑަރުގައި އަންހެން ފުޓުބޯޅައަށް ހާއްސަ އިސްކަމެއް ވަނީ ދީފައެވެ. އަދި ޖުމްލަ ފަސް މުބާރާތެއް ބޭއްވުމަށް ކަލަންޑަރު ކުރިއެވެ.

ސާފް ގެ މިއަހަރުގެ މުބާރާތްތައް

  • 18 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕް - މާރޗް 15-26 (އިންޑިއާ)
  • 20 އަހަރުންދަށުގެ ފިރިހެން ސާފް ޗެމްޕިއަންޝިޕް- ޖުލައި 25- އޯގަސްޓް 20 (އިންޑިއާ)
  • 17 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕް- ސެޕްޓެމްބަރ 5-16 (ސްރީލަންކާ)
  • އަންހެނުންގެ ސާފް ޗެމްޕިއަންޝިޕް - އޯގަސްޓް 12- 24 ( ނޭޕާލް)
  • 15 އަހަރުންދަށުގެ އަންހެން ސާފް ޗެމްޕިއަންޝިޕް - (ކުޅޭ ތާރީހު ފައިނަލެއް ނުކުރޭ)

.

ކިޔުންތެރިންގެ ހިޔާލު