އެންޓޯނިއޯ މަސާރީ ކުޑައިރުން ފެށިގެންވެސް އެންމެ ބޮޑު އަޒުމަކަށްވީ އެންމެ ކަމެކެވެ. އެއީ އެއް އަހަރުވަންދެން ކޮންމެ ދުވަހަކު ކޮންމެވެސް ގައުމެއްގެ ކުލަބު ނުވަތަ ގައުމީ ޓީމުގެ ޖާރޒީއެއް ހޯދުމެވެ.

އިނގިރޭސީ ކުލަބް ޕޯޓްސްމަތް އަދި އިޓަލީގެ އިންޓަމިލާނުގެ މި ސަޕޯޓަރު މި ހުވަފެން ހަގީގަތަކަށް ހެދީ ދުނިޔޭގެ 90 ގައުމަކަށް ޒިޔާރަތްކޮށްގެންނެވެ. އުނދަގުލުން ނަަމަވެސް އެކަން ހާސިލުކުރީ ބޮޑެތި ގޮންޖެހުންތަކާއި އެކުގައެވެ.

މީގެތެރެއިން މަސާރީ އަށް އެންމެ ބޮޑު އަދި އެންމެ ހާއްސަވި ޖާރޒީތަކުގެ ތެރޭގައި ރާއްޖޭގެ ގަައުމީ ފުޓުބޯޅަ ޓީމުގެ ޖާރޒީ ހިމެނެއެވެ. އެއީ ކޮން އިރެއްގައި ކަމެއް އޭނާ ނުބުނެއެވެ. ބުނިހާވެސް އެއްޗަކީ އެ ޖާރޒީ ހޯދީ ގަލޮޅު ދަނޑުގެ މަސައްކަތު މީހަކަށް ރިޝްވަތު ދީގެން ކަމެވެ.

މަސާރީ ބުނީ އެއީ ގަލޮޅު ދަނޑުގެ ޗޭންޖިން ރޫމުގެ ތެރެއިން އޭނާ ހޯދި ޖާރޒީއެއް ކަމަށެވެ. އެ ޖާރޒީ އޭނާއަށް ހޯދައިދިން މީހާގެ އެއްވެސް ވާހަކައެއް އޭނާ ހިއްސާނުކުރި އެވެ. އެއީ ރާއްޖެއިން 2019 ގައި ބޭނުންކުރި ޖާރޒީއެވެ. 400 ޖާރޒީތަކުގެ ތެރެއިން ރާއްޖޭގެ ޖާރޒީ ހިމެނެނީ އޭނާ އެންމެ ގަޔާވާ ޖާރޒީތަކުގެ ލިސްޓުގެ ހަތްވަނައިގައެވެ.

މަސާރީ ނެގި ވައްތަރުގެ ގައުމީ ޖާރޒީ

މަސާރީ ގަބޫލުކުރާ ގޮތުގައި އެއީ އެ މަސައްކަތު މީހާއަށް ރިޝްވަތު ދިނުމުން އެ ޗޭންޖިން ރޫމުން ވަގަށް ނެގި ޖާރޒީއެކެވެ. އަދި އެ ހޯދަން މާ ގިނަ ވަގުތެއް ހޭދަކުރަން ނުޖެހުނު ކަމަށްވެސް އޭނާ ބުންޏެވެ.މި ޖާރޒީތައް މިއަހަރުގެ ޖުލައި އާއި ހަމަޔަށް ކޮންމެ ދުވަހަކު އާ ޖާރޒީއެއް ލާން އޭނާ ހުރީ ނިންމައިގެންނެވެ.

އިނގިރޭސީ މީޑިއާތަކުގައި ވާހަކަދައްކަމުން އޭނާ ބުނީ އެ ޖާރޒީތައް ހަމަކުރުމަށް ޖުމްލަ 13،500 ޑޮލަރު އަތުން ދިޔަ ކަމަށެވެ.

މަސާރީ އަކީ ފުޓުބޯޅަ މެޗުތަކަށްވުރެ ޖާރޒީތަކަށް މާ ބޮޑު ޝައުގެއް ހުންނަ މީހެކެވެ. އުމުރުން 35 އަހަރުގެ މަސާރީ ބުނީ އެއީ ތާރީހަށްޓަކައި ކުރުން މުހިއްމު ކަމެއް ކަމަށެވެ. އަދި އެކި ގައުމުތަކުގެ ތަފާތު ޖާރޒީތައް އެއްކުރެވުމުން ބޮޑު ހިތްހަމަޖެހުމެއް ލިބުނު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. Anonymous

    ރިޝްވަތުން ހޯދާ ޖާޒީއަޖުން ހިތްހަމަޖެހުމެއް ނުލިބޭނެ ދެން ދައްޕިލާ ދިލުވާގެން ހުރޭ

    13
    2
    • ޖޯން

      ރިސްވަތު ނުދީ ދިވެއްސަކުއަތުން އެކަށްޗެއްވެސް ނުލިބޭނެ.

      7
      1
  2. ރިޝްވަތު

    ދެންމި މީހުންގެ ގައުމުގެ ހާލަތު އޮންނާނެ ގޮތް ވަޒަން ކޮއްބަލަ ކޮންމެ ކަމެއްވެސް މިމީހުން ކުރަން ބޭނުންވީމާ މިކުރަނީ ރިޝްވަތު ދީގެން އެކަމަކު ރިޝްވަތާ ދެކޮޅު

  3. މުހައްމަދު

    އަހަރެމެން ދިވެހިންގެ ސަގާފަތެއް އެއީ ރިސްވަތު ދިނުމާއި ރިސްވަތު ހިފުމަކީ. މަސާރީ އަށް އާކަމަކަށްވިޔަސް އެއީ ދިވެހިން ފަހުރުވެރިކަމާއިއެކު ދިރުވާ އާލާކުރާ ސަޤާފަތެއް.

  4. ޖޯން

    ދިވެހިންނަށް މަންމަގެ ބަނޑުން ދަރިފުޅު ބޭރުވާއިރަށް ދަސްކޮށްދެނީ ރިސްވަތުހިފަން.

  5. ަސދަސދ

    އެސޮރަށް ޖާޒީ އެއްފޮނުވަންވީ އެއްނޫން.
    އެކަން ރިޝްވަތެއްގެ ގޮތުގައި ރަޢްޖެއާއި ގުޅުވައިގެން ލޭބަލް ކުރުމުގެ ބަދަލުގައި ރީތިކޮށްލަންޖެހޭކަމެއް.
    މމޕރސ ގައި ތިބެނީ ކުޅަނދުހަމަނުވާ މީހުން.