ރ. މާކުރަތުގައި ތަރައްގީ ކުރަމުންދާ ފުޓްބޯޅަ ދަނޑުގެ މަސައްކަތްތައް ކުރިއަށް ނުގެންގޮސް ގިނަ ދުވަސްތަކެއް ވަމުން ދިއުމާއި ގުޅިގެން އެރަށު ޒުވާނުން ނިކުމެ އެ ދަނޑުގައި ކަރާ އިންދައިފިއެވެ.

މާކުރަތުގައި ތަރައްގީކުރަން ހަމަޖެހިފައިވާ ޓާފް ދަނޑުގެ ސަބްބޭސްގެ މަސައްކަތް ނިންމިތާ އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައި ވާއިރު އެ ދަނޑުގައި ޓާފް އެޅުމަށް ހަވާލުކުރެވިފައިވަނީ ވީއޭއެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ.

ޓާފުގެ މަސައްކަތް ނުކުރާތީ މާކުރަތު ޒުވާނުން ދަނޑުގައި ކަރާ އިންދަނީ - ފޮޓޯ: މީސް މީޑިއާ

ސަބްބޭސް ނިމި ގިނަ ދުވަސްތަކެއް ވެފައި ވާއިރު އެ ސަބްބޭސް ސާފުކޮށް މަރާމާތުކުރުމުގައި ކުރަންޖެހޭ ކަންކަންވެސް ހަވާލުކޮށްފައި ވަނީ އެ ކުންފުންޏާއެވެ.

މިކަމާ ގުޅިގެން "ވަގުތު" އަށް މައުލޫމާތު ދެމުން ރ. މާކުރަތު ކައުންސިލްގެ ރައީސް މުހައްމަދު ރަމީޒު ވިދާޅުވީ ޓާފް ދަނޑުގެ ސަބްބޭސްގެ މަސައްކަތް ނިމިފައިވާތާ ގިނަދުވަސް ތަކެއް ވެފައިވާއިރު އެ ދަނޑުގައި ޓާފް އެޅުމަށް ވީއޭއެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރެވިފައިވާ ކަމަށާއި ސަބްބޭސް ސާފުކޮށް މަރާމާތު ކުރުމަށް 4 ލައްކަ ރުފިޔާ އިތުރަށް އެ ކުންފުންޏާ ހަވާލުކުރެވިފައިވާނެ ކަމަށެވެ.

ޓާފުގެ މަސައްކަތް ނުކުރާތީ މާކުރަތު ޒުވާނުން އިހުތިޖާޖް ކުރަނީ - ފޮޓޯ: މީސް މީޑިއާ

އަދި މާކުރަތުން ބަޔަކު ނަގައިގެން އެ ކުންފުނިން 30،000 ރުފިޔާ އެ މީހުންނާ ހަވާލުކޮށްގެން ސަބްބޭސް އެއްކޮށް ސާފުކޮށްފައިވާނެ ކަމަށެވެ. ނަމަވެސް މިހާރު އެތަން އޮތީ އަނެއްކާ ވެސް ސާފުކުރަންޖެހޭ ވަރަށް ވިނަ ފަޅާ ދިގުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވެފައިވަނީ ކޮންމެ ހަފްތާއަކުވެސް އެ ކުންފުންޏާ ގުޅަމުން ގެންދާ ކަމަށާއި ވަރަށް އަވަހަށް ދާނެ ކަމަށް ބުނެ އަބަދުވެސް އެއް ޖަވާބެއް ލިބެމުން އަންނަ ކަމުގައެވެ.

ރަމީޒު އިތުރަށް ވިދާޅުވެފަވަނީ މިނިސްޓްރީއިން ލިބެމުން އަންނަ ޖަވާބަކީ ވީއޭއެމްކޯގެ މަސައްކަތްތައް ގިނަ ކަމުން ނާދެވެނީ ކަމަށެވެ.

"ވަގުތު" އާއި މައުލޫމާތު ހިއްސާކުރި އެ ރަށުގެ ޒުވާނަކު ބުނީ ކަރާ އޮށް އިންދަންފެށީ މިކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް ޒުވާނުންގެ އަޑު އެ ބަޔަކަށް އިއްވމަށް ކަމަށެވެ. އަދި އުއްމީދަކީ މިކަން އިތުރަށް ގޯސް ނުވަނީސް ކަންކަން ހައްލުވެގެން ދިއުން ކަމަށްވެސް ބުންޏެވެ.

ދަނޑުގެ މަސައްކަތް ލަސްވަމުން ދިއުމާ ގުޅިގެން މާކުރަތުގެ ޒުވާނުން އަންނަނީ މީސް މީޑިއާގައި އެކި ގޮތް ގޮތަށް ނުރުހުން ފާޅުކުރަމުންނެވެ. ދުވަސްތަކެއް ވަންދެން އެރަށުގެ ޒުވާނުން ނުރުހުން ފާޅުކޮށްފައި ވާއިރު މިދިޔަ އާދިއްތަ ދުވަހު އެ ރަށު ޒުވާނުން ވަނީ ހިމޭން އިހުތިޖާޖެއްކޮށް އެ ދަނޑުގައި ކާބޯތަކެތީގެ ބާވަތްތައް އިންދާފައެވެ. މި އިހުތިޖާޖުގައި މާކުރަތު ކައުންސިލްގެ ނައިބު ރައީސް އަލީ އަޒްލީމްވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެ އިހުތިޖާޖުގައި ބައިވެރިވި މާކުރަތުގެ ޒުވާނުން ވަނީ ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް ޒުވާނުންގެ އަޑުއެއްސެވުމަށް ގޮވާލާފައެވެ. އަދި މީގެ އިތުރުން ކޮމަންޑޫ ބައި އިލެކްޝަންއާ ދިމާކޮށް އެ ރަށުގައި ޓާފް ދަނޑެއް އަޅަމުންދާތީ މާކުރަތުގެ ޒުވާނުން ވަނީ އެމީހުން ކުރި އިހްތިޖާޖުގައި ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހުސޭނުބޭ

    މި ސަރުކާރަކީ ތަފާތުކުރުމެއްނެތި ހުރިހައި ރައްޔިތުންނަށް ހުރިހައި ރަށަކަށް ޚިދުމަތްކޮށްދޭ ސަރުކާރެއް. ސަރުކާރުގެ އޯގާތެރިކަމުން މާކުރަތު ޒުވާނުންނަށް ވަނީ ކަރާ ދަނޑެއް ތައްޔާރުކޮށްދީފައި. ވީމާ ތަފާތުކުރުމެއްނެތި އެހެން ރަށްރަށުގައިވެސް ކަރާދަނޑު ތައްޔާރުކޮށްދޭނެ.

    12
    2
  2. ކަރާ ކާހިއްވާ މަންޖެ

    ރޯދަޔަށް ވާނެ ކަރާކޮޅެއް މިކޮޅަށްވެސް ފޮނުވާލަން..

    22
    1
  3. ދަރަނި ދަންތުރަ

    ހުރިހާ ކަރާތަށް މަހުލޫފަށް ފޮނުވާ ، އެއީ ވަރަށް ކަންތައްތައްވާމީހެއް ތިޔަރަށް ހިމެނޭ ދާއިރާގައި ބައި އިލެސަނެއް ބާއްވާ އޭރުން ޓާފުދަނޑު ނިންމާލަފާނެ

    20
    2
  4. އަހްމަދު

    އެކަމަކު ތިޔަބުނާ ވައްޑެއެއީ ވަރައްއަޑުހަރުކޮށް ރައްޔިތުންނައް އަޅާލާކަނައް ގޮވާބޭފުޅެއް ކިހިނެއްބާމިވަބީ

  5. ޗޮކުންބެ

    ކުޅަނދު މަދުމީހުން އުޅޭނީ އެހެން…ހިތުން ވަރަށް މޮޅު ކަމެއް…

    3
    7
  6. ސަމާސާ

    އިތުރަށް ކޮން ގޯހެއް ކުރެވޭނީ ؟
    ދަނޑުކޮނެ ވެލި ގެއަށް ގެނންދާނީ ؟ މިގައުމުގައި ގާނޫނު ނުހިިނގާ އެކަކުވެެސްް ނުހުންނާނެ. ނިކަންހިލާ އެއްވެސް ކަމެއްކޮށްބަލަ.
    މިސަރުކާރުން އަންނަނީ ކަންކަން ކޮށްދެމުން. މެދު އުޑުން އަންނަ ވިދުވަރެއްހެން އެއްފަހަރާ ހުރިހާ ރަށެއްގައި އެއްފަހަރާ ކިހިނެއް މަސައްކަތް ނިންމާނީ.
    ހަމަޖެހިިގެން ހޭވެރިވެބަލަ. ކަލޭމެން ނޫނަސް ޒުވާނުން މިރާއްްޖޭގައި އުޅެޔޭ.
    ތިތިބީ ތިތަނަށް ދިޔަ ދިހަވަރަކަށް މީހުން.
    ކައުންސިލަރުން އަޑީގައި ތިބެ އަނބުރާ ގޭސް ނިމޭނީ އެމީހުން ފައިބުޑަށް.

    6
    7
    • ގޭސް

      ކަލޭތީ ކާކުތަ ؟؟ މި ސަރުކާރުގަ އެކަނިތަ ވިދުވަރެއްހެން މަސަތްކައް ނުވެގެން ކަލޭތި އަނގައރވަނީ .. މީގެ ކުރީގަ ރ،ޔާމީން ވެރިކަމުގަ ކަންތައްލަސްވެގެން ކައުންސިލް ލޮލައްބޮލައް އެރިތަން އަހަރެމެން ދުށީމޭ .... އެމް.ޑީ.ޕީ ވަގު ކައުންސިލް ހޮވާފަ ތިޖޫރީތައްވެސް ވަގައްނެގީ ކަލޭ އަޑީގަ ހުރެގެންކަން މާކުރަތު ރައްޔިތުން ހެކިވެޔޭއެބަ. މީ ހަމަ ބުރި ހަލުވާސަރުކާރެއް.. ރިޔާސީ އިންތިހާބަށްކައިރިވީމަ ބަލާނަން ތިބުނާ 10 ޒުވަާނުން ފެންނާނެ..ހަޖަމް ކުރަން ދަސްކޮއްލާ

  7. އިރުއަލި

    ޔޫތު މިނިސްޓަރ ރަށްރަށް ވަޑައިގެން، ބަޖެޓްގައި ނެތްނަމަވެސް މިރަށުގައި ވޮލީ ކޯޓެއް "އަޅުގަނޑު އަޅައިދޭނަން" މިހެން ވިދާޅުވެ، މާލެވަޑައިގެން، އެ މަސައްކަތް ފެށުމަށް އެބަ އަންގަމުންދެއެވެ. މިހެން ކަންކަން ކުރުމަކީ ލާހޫރުން ކަހަލަ ކަމެކެވެ. އަރާ ވަޑައިގަންނަވާ ކޮންމެ ރަށެއްގައި، ކަންކަން ކުރުމަށް އިޢުލާނު ކުރުމުގެ ބަދަލުގައި އުސޫލެއްގެ ދަށުން ކަންކަން ކުރަން އުޅުމަކީ އެންމެ ރަނގަޅު ގޮތެވެ. އަނެއްކާ އެ ކުރާ ކަމަކީ، ބައްޕަގެ ކުންފުނިން ކުރާކަމެއްހެން "އަޅުގަނޑު ކޮށްދޭނަން" މިހެން ވިދާޅުވުމަކީ، ދެރަކަމެކެވެ.

    1
    1