ދިވެހި ފުޓުބޯޅައިގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް އެކަން ހާމަކުރާނެކަމަށް ބުނެ، ރާއްޖޭގެ އެއްވަނަ ކީޕަރު މުހައްމަަދު ފައިސަލް ފުޓުބޯޅަ ކުޅުން ހުއްޓާލަަން ތައްޔާރުވެއްޖެ އެވެ.

އޭނާ މިކަން ހާމަކޮށްފައިވަނީ މީސްމީޑިއާގައި ހިއްސާކޮށްފައިވާ ޕޯސްޓެއް މެދުވެރިކޮށެވެ. މި ޕޯސްޓުގައި އޭނާ ވަނީ ވަރަށް އަވަހަށް ކުޅުން ހުއްޓާލަން ނިންމާފައިވާކަން ހާމަކޮށްފައެވެ.

"ލޯބިވާ ސަޕޯޓަރުންނަށް ބުނެލަން ބޭނުންވަނީ އަޅުގަނޑު މިހާރު ތައްޔާރުވަމުން މިދަނީ އަޅުގަނޑުގެ ފުޓުބޯޅަ ކެރިއަރު ހުއްޓާލަން، ސަބަބުތައް ބައިވަރު" ފައިސަލް ކުރި ޕޯސްޓުގައި ބުންޏެވެ.

މީގެއިތުރުން އޭނާ ވަނީ ކުޅުން ހުއްޓާލާ ދުވަހު ގުޅާ ކޮންމެ ނޫހަކަށް އޭނާގެ އަމިއްލަ ތަޖުރިބާގައި ދިވެހި ފުޓުބޯޅައިގެ ހަގީގަތް ވަރަށް ރަނގަޅަށް ކިޔައިދޭނެ ކަމަށެވެ. އަދި ދިވެހި ފުޓުބޯޅަ ދެކެ ލޯބިވާ އެންމެންނަށް ނޭނގޭ އެތަކެއް ހަގީގަތެއް ހާމަކޮށްދޭނެ ކަމަށްވެސް ފައިސަލް ބުންޏެވެ.

"ދިވެހި ފުޓުބޯޅަ ދެކެ ލޯބިވާ އެންމެންނަށް ނޭނގޭ އެތަކެއް ހަގީގަތެއް އަޅުގަނޑު ހާމަކޮށްދޭނަން، އިން ޝާ ﷲ" ފައިސަލްގެ ޕޯސްޓުގައިވެއެވެ.

ކީޕަރު ފައިސަލް ކުޅުން ހުއްޓާލާނެ ސީދާ ދުވަހެއް ހާމަކޮށްފައި ނެތް ނަމަވެސް ބެލެވޭގޮތުގައި ދާދި އަވަހަށް އޭނާ ކުޅުން ހުއްޓާލާނެ ދުވަހެއް ހާމަކުރާނެއެވެ.

ރާއްޖޭން 2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕް ކާމިޔާބުކުރި ފަހަރު އެ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ފައިސަލް އެވެ. އަދި މުހިއްމު މެޗުތަކުގައި ދިވެހި ގޯލު ބަލަހައްޓާ ކޯޗުންގެ އިތުބާރު އެންމެ ބޮޑަށް ހޯދާފައިވާ އެއް ކުޅުންތެރިއަކީ ވެސް ކީޕަރު ފައިސަލް އެވެ.

އެގޮތުން ވޯލްޑްކަޕް ކޮލިފައިންގައި ދިވެހި ޓީމު ކުޅުނު މެޗުތަކާއި އެންމެފަހުން މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގެ ގިނަ މެޗުތަކުގައި އޭނާ ވަނީ ދިވެހި ގޯލު ބަލަހައްޓާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޢިންތި

    ޢާ ވާހަކައެއް ނުދެއްކޭނެ، ބައްސާމް ކޮރަޕްސަން ވާހަކަ ނޭނގޭ މީހެއް ނޫޅޭ

    40
    2
  2. ޗަންޕީ

    ބައްސާމް އާއި ޖަވާ އަދި ސަވިދު ބްރޯ ފުޓްބޯޅައާއި ދުރުވޭ ޕްލީސް

    30
    1
  3. އަޙްމަދު

    ފުޓްބޯޅައޭ ކިޔާއިގެން ހިންގަނީ މާފިޔާ ގޭންގެއްދޯ!

  4. ހޯދާ

    ކަންކަން ހިނގާކަމުގެ ހެެއްކެއް ތިވެސް.
    ކީޕަރެކޭ ކިޔާފަ އަކުންބަކުން ކުޅޭ ސޮރެއްތީވެސް.
    ޙަޤީޤަތުގަވެސް އަޅުގަނޑު ހިތަށްއަރާ މި ހަމަ ފެންވަރު ހުރެގެން އަރުވާފަ ހުންނަ މީހެއްބާއޭ. މީނަ މިހަދާ މިސްޓޭކްސް ކޯޗިން ސްޓާފް އަށް ތިބޭ ބަޔަކަށް ނުފެންނަނީ ބާއޭ. މަ ދުވަހަކު ކީޕަރަށް ނުކުޅުނަސް އޭރިޔާ ބޭރުން ގަޔާދިމާލަށް އަންނަ ބޯޅަ ހިފަހައްޓާނަން.

    2
    13
  5. ދިވެހި ފުޓްބޯޅަ

    ބައްސާމް އައުޓް؟✌🏼

    4
    1
  6. ޢިންނު މުހައްމަދު

    ސްޓަންޓް

  7. މުންކޮ

    ބައްސާމުގެ ވާހަކަ ނޫނަސް ދައްކާނެ ބައިވަރު ވާހަކަށް ހުންނާނެދޯ

    ކިހިނެއްއިނގެނީ މިފަހަރު ފައިސަލް ދައްކާ ވާހަކަށް

    ތަކަކުން ދިވެހި ސަޕޯޓަރުންނަށް ނޭންގޭ އެތައްކަމެއް

    ޢިނގިގެންނުދާނެކަމެއް

    12
    2