ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގައި އޮއްފު އެފްސީގެ މައްޗަށް ދިވެހި ސިފައިންގެ ކްލަބް ކުރި ހޯދައިފިއެވެ.

މިއަދު ހަވީރު ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗު އޮއްފުއާ ވާދަކޮށް އެންމެ ފަހުގެ ޗެމްޕިއަން ސިފައިން މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓްތައް އޮއްފުއާ ވާދަކޮށް ސިފައިން ގެންދިޔައީ 13-25، 16-25 އަދި 21-25 އިންނެވެ.

މިއީ މުބާރާތުގައި ސިފައިން ކުޅުނު ހަތަރު މެޗުގެ ތެރެއިން އެޓީމު ކާމިޔާބުކުރި ދެވަނަ މެޗެވެ. އެޓީމު ވަނީ އިއްޔެ ވެމްކޯ އަތުންވެސް މޮޅު ވެފައެވެ. އަދި އެޓީމު ބަލިވެފައި ވަނީ ސްޕޯޓްސް ކްލަބް ސިޓީ އަދި ޕޮލިސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ގުޑީސް ޕޯޓްސް ކްލަބް އަދި ކްލަބް ވެމްކޯއެވެ. މި މެޗު ފަށާނީ މިރޭ 20:15 ގައެވެ.