މެންޗެސްޓާ ޔުނައިޓެޑްގެ ޕޯޗުގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ގެނައުމާ ދެކޮޅަށް އެތުލެޓިކޯ މެޑްރިޑްގެ ސަޕޯޓަރުން ޕްރީ ސީޒަން ފްރެންޑްލީއެއްގައި އަޑު އުފުލައިފިއެވެ.

އިއްޔެ ސްޕެއިންގައި އެގައުމަށް ނިސްބަތްވާ ނުމަންސިއާއާ އަތުން 0-4 ގެ ނަތީޖާއަކުން އެޓްލެޓިކޯ މޮޅުވި މެޗުގައި އެޓްލެޓިކޯގެ ސަޕޯޓަރުން ވަނީ ރޮނާލްޑޯގެ އެ ކްލަބަށް ގެނެސްގެން ނުވާނެ ކަމަށް ބުނެ ޕޯސްޓަރުތަކެއް ހިފައިގެން އަޑު އުފުލައިފައެވެ.

މީގެއިތުރުން އެޓްލެޓިކޯގެ ސަޕޯޓަރުން އަންނަނީ ރޮނާލްޑޯ އެ ކްލަބަށް ގެނައުމާ ދެކޮޅަށް ޕެޓިޝަނެއް ތައްޔާރުކޮށް ސަޕޯޓަރުންގެ ސޮއި ހޯދަމުންނެވެ. އެގޮތުން ސަޕޯޓަރުން މަސައްކަތް ކުރަމުން އަންނަނީ ވީހާވެސް ގިނަ ސޮއި ހަމަކޮށް އެ ޕެޓިޝަން ކްލަބަށް ހުށަހެޅުމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެތުލެޓިކޯ އިން އަންނަނީ ފްރާންސްގެ ފޯވާޑް އެންޓޯނިއޯ ގްރިޒްމަން ވިއްކާލުމަށްފަހު، އެ ކްލަބަށް ރޮނާލްޑޯ ގެންނަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެޓްލެޓިކޯގެ މެނޭޖްމަންޓުން މިކަން ދޮގު ކުރެއެވެ.

ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނަމުން އަންނައިރު، ގިނަ ކްލަބްތަކުން އޭނާ ހޯދަން ބޭނުން ނުވާ ކަމަށްވެސް އަންނަނީ ބުނަމުންނެވެ. މިއާއެކު، ރޮނާލްޑޯ ވަނީ ޔުނައިޓެޑްގެ ސްކޮޑާ ގުޅުމަށް އެ ކްލަބުގެ ޓްރެއިނިން ގްރައުންޑަށް ދާދި ފަހުން ގޮސްފައެވެ.

މެންޗެސްޓަރ ޔުނައިޓެޑުން ސީޒަން ފެށުމުގެ ކުރިން ތައިލެންޑާއި އޮސްޓްރޭލިއާއަށް ކުރާ ޕްރީ ސީޒަން ޓްއާގައި ވެސް ރޮނާލްޑޯ ބައިވެރިއެއް ނުވެއެވެ. އެ ދަތުރުގައި އޭނާ ބައިވެރިނުވަނީ އާއިލީ ސަބަބެއް އޮވެގެން ކަމަށް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޙޙ

    މަ ބަލާނަން ވަކި މޮޅެއް ވެވޭތޯ ހީވަނީ ބިޗުލެއް ދަތް އަޅައިގެން އުޅޭހެން......ވަރަށް ފޫހިވޭ

    3
    2
  2. ސަސް

    މޮޔަވެގެން އުޅޭ ބައެއް.....މި ބައިގަނޑު މާ ޖިންގާލާލާ ހޫހޫ ކިޔައިގެން މިއުޅެނީ ރޮނާލްޑޯ މިމީހުންނާ ދެކޮޅަށް ލަނޑުތަކެއް ޖަހާފަ ހުރީމަ...ސަހަރޯއި...ބޯހަލާކު ސަހާދަތް.....ޖެލަސް ވިޔަކަސް ތި ދެން ބޮޑުވަރު.....ބަލަ ބޭބެމެންނޭ ކަލޭމެން ޓީމަށް އަހަރެމެންގެ ރޮނާލްޑޯ ދިޔައީމަ ކަލޭމެންނަށް އޭގެ ފައިދާ އޮތީ.....ވަރަށް ފޫހިވޭ...ހު

    4
    2
  3. ކޯކުގެ މަންމަ😂🤦‍♀️✌️

    👍👍