ހދ.މަކުނުދޫގައި ހޭންޑްބޯޅަ ކޯޓެއް އުޅުމަށާއި، ހއ.އުތީމު ފުޓުބޯޅަ ދަނޑުގައި ސަބް ބޭސް އެޅުމަށް ހަވާލުކޮށްފިއެވެ.

މިއަދު ޔޫތު މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މަކުނުދޫގައި ހޭންޑު ބޯޅަ ކޯޓެއް އެޅުމަށް ސިލްވަ މެރިން ޕްރައިވެޓް ލިމިޓެޑާއި ވަނީ މަސައްކަތް ހަވާލުކޮށްފައެވެ.

މި މަޝްރޫއުގެ އަގަކީ 1.5 މިލިއަން ރުފިޔާއެވެ. މިއީ 48 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެ މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޠޫބާ ރަޝީދެވެ. ސިލްވާ މެރިންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އަބްދުލް ފައްތާހު މުހައްމަދެވެ.

ހއ. އުތީމު ފުޓުބޯޅަ ދަނޑުގައި ސަބް ބޭސް އެޅުމަށް އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން --- ފޮޓޯ/ ޔޫތު މިނިސްޓްރީ

ހއ އުތީމު ފުޓުބޯޅަ ދަނޑުގެ ސަބް ބޭސް އެޅުމަށް ހަވާލުކޮށްފައިވަނީ އާރްކޭއެލް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެ މިނިސްޓްރީގެ ސީނިއާ އެގްޒެކްޓިވް ޠޫބާ ރަޝީދެވެ. އަދި އާރްކޭއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުޒައިމާ އާސިރެވެ.

މިއީ ދެ މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަސައްތަކެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 2.3 މިލިއަން ރުފިޔާގެ އަގަކަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފުޓުބޯޅަ

    މަހަުލޫފޫ ތިޔަހުރިހާކަމެއް ހުއްޓާފައި މިޔޮށް އުޅޭ ބައްސާމުގެ ބަލާއިން މިްާއުމުގެ ފުޓޫބޯޅަ ސަލާމަތްކޮށްދީބަލާ. ބައްސާމު މުޅިމިޤައުމު ދަރުވަމުން އެހުރެގެން ދަނީ. ދުިޔޭގެ ފީފާ އަށް ލިޔެގެންވެސް މިކަންތަށް މައިތިރިކޮށް ބައްސާމު ޝަރީއަތާއި ހަމައަށް ގެންގޮސްދީބަލަ. ދުވަހަކުވެސް މިހާ ދަށުދަރަޖައަކަށް ރާއްޖޭގެ ފުޓޫބޯޅައެއް ނުދޭ.

  2. ހުސެންބެ

    ރުފިޔާ ލިބޭނެބާ