އަންހެނުންނަށް ދިމާވާ އެކިއެކި ގޮންޖެހުންތައް ދުނިޔެއަށް ދެއްކުމަށާޢި އަހަރުގެ އަންހެނުންގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމުގެ ގޮތުން ބާއްވާ ހާއްސަ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު އިރުއޮއްސި ހަޔަކާ ހަމައަށް ކުރިޔަށް ގެންދިއުމަށް ނިންމާފިއެވެ.

ހަމައެކަނި އަންހެނުންނަަށް ދުވޭ މިދުވުމުގައި ޚާއްސަ އޮބްސްޓިކަލްތަކެއް ރޭވިފައި ހުންނާނެ ކަމަށާއި ދުވުމުގެ ތެރެއިން އެ އޮބްސްޓިކަލްތައް އެ ބައިވެރިއަކު ބޭނުންވާ ގޮތަށް ގިރާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް މިރޭސް އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދެއެވެ. އެ ރޭހުގައި ހިލޭ ބައިވެރި ވެވޭނެއެވެ. ދުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، އެކަމަށް ޚާއްސަކުރެވިފައިވާ އޮންލައިން ފޯމް ފުރުމަށް ފަހު ހުށަހެޅުމުގެ ފުރުސަތު މިހާރު މިއަދު އިރޮއޮއްސި ހަޔަކާ ހަމަޔަށްވަނީ ހުޅުވާލެވިފައެވެ.

ވިމެން އިން މެނޭޖްމަންޓުން އިންތިޒާމްކޮށްގެން ބާއްވާ އެ ދުވުން އޮންނާނީ، އަންނަ މާޗް މަހުގެ ނުވަވަނަ ދުވަހުގެ ހެނދުނު 7:00ގައި ހުޅުމާލޭގައެވެ