މި އަހަރުގެ ވޯލްޑް ކަޕް އިސްލާމް ގައުމެއް ގައުމެއް ކަމަށްވާ ގަތަރުގައި ބާއްވާއިރު، މުބާރާތުގެ ފެށުން ޤަތަރުން ހާފިޒުންގެ ގުރުއާން ކިޔެވުމާއެކު ފާހަގަ ކޮށްފިއެވެ.

މިގޮތުން 2022 ގެ ވާލްޑްކަޕަށް ޚާއްސަކޮށް ޤަތަރުން ބިނާ ކޮށްފައިވާ ސްޓޭޑިއަމްއެެއް ކަމުގައިވާ އަލް ތުމާނާ ސްޓޭޑިއަމް ހުޅުވުމުގެ ރަސްމިއްޔާތުގައި 100 ހާފިޒުންވަނީ އެ ސްޓޭޑިއަމަށް ހާޒިރު ޤުރުއާންގެ ބަރަކާތުން ސްޓޭޑިއަމް ހުޅުވާފައެވެ.

މިއީ އިސްލާމީ ގައުމެއްގައި މި މުބާރާތް ބޭއްވޭ ފުރަތަމަ ފަހަރު ކަމަށްވާއިރު މި ރަސްމިއްޔާތުގައި މިއުޒިކާއި ނެށުމުގެ އެއްވެސް ހަރަކާތެއް ގަތަރުގައި ކުރިޔަށް ގެންގޮސްފައެއް ނުވެއެވެ.

މި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ކުދިންވަނީ ދީނީ ހުދު ހެދުމުގައި ތިބެ، ސްޓޭޑިއަމްގައި ގުރުއާނުގެ އާޔަތްތަ ކިޔަވާފައެވެ.

މިއީ ކުރިޔަށް އޮތް ވާލްޑްކަޕް މުބާރާތް ފެށުމުގައި އިސްލާމީ ސަގާފަތުގެ ކުލަތައް ޖައްސާ އަދި ގަތަރުގެ ސަގާފަތް ދިރުވުމުގެ ގޮތުންނާއި ވާލްޑް ކަޕްގެ ފެށުން ފާހަގަ ކުރުމުގެ ގޮތުން ބާއްވާފައިވާ ރަސްމިއްޔާތެކެވެ.

ހަމައެހެންމެ އިސްލާމް ދީނުގައި ބަނގުރާ ހަރާމް ކޮށްފައިވާތީ ގަތަރުން މިއަދު ވަނީ ވޯލްޑްކަޕް 2022އަށް ހާއްސަ ސްޓޭޑިއަމްތަކުގައި ބަނގުރާ ބުއިން މަނާކޮށްފައެވެ.

ފީފާއިން މިިއަދު ބުނީ ބިޔަރު ވިއްކާ ޕޮއިންޓްތައް ސްޓޭޑިއަމްގެ ޕެރިމިޓާތަކުގައި ނުބަހައްޓާ ގޮތަށް ނިންމާފައި ވަނީ "ހޯސްޓް ކުރާ ގައުމުގެ އޮތޯރިޓީއާއި ފީފާއާ ދެމެދު ކުރެވުނު މަޝްވަރާތަކަށް ފަހު" ކަމަށެވެ.

ފީފާއިން ނެރުނު ބަޔާނެއްގައި ބުނީ ސްޓޭޑިއަމްތަކާއި ވަށައިގެންވާ ސަރަހައްދުތަކަކީ ހުރިހާ ސަޕޯޓަރުންނަށް ވެސް އުފާވެރި ތަޖުރިބާއެއް ހޯދައިދެވޭނެ ސަރަހައްދަކަށް ހެދުމަށް ގަތަރްގެެ ކަމާ ގުޅުން ހުރި މުވައްސަސާތަކާއެކު ފީފާއިން މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ރާއްޖެ

    ރާއްޖޭގެ ނޫސްތަކުގައި ކޮމެންޓްކުރާ ޢިލްމުވެރިންނަށް ނުވާ ޢިލްމުވެރިން ވިސްނަބަލަ، މިއީ ތަހުޒީބަކީ. ކުޅިވަރާއި ދިރިއުޅުމުގެ ކޮންމެ ކަމެއްގައި އިސްލާމްދީނުގެ ސިފަތަކާއި ސަޤާފަތްތަކުގައި މުސްލިމުން ހިފަންޖެހޭ.. އެކަމަކު ރާއްޖޭގައި މިއިން ކަމަކަށް ގޮވާލައިފިނަމަ ހައްދުފަހަނައެޅީ. އަފްޣާނަށްވީ. މިޔުޒިކާއި ލޯބީގެ ލަވަތަކުން ދުރުހެލިވެއްޖެނަމަ އަދަބުދެނީ...ނާތަހުޒީބުވީ، ތަހުޒީބަކީ ހުޅަނގުން އަހަރެމެންގެ ސިކުނޑިތަކާއި ކުޅެލުމަށް ބޭނުންކުރާ ޕްރޮޕަގަންޑާތައް ކަމަށް ދިވެހި ރާއްޖޭގައި ވަނީ ހަދާފަ...
    ޤތަރުގެ ވެރިންނާއި އެމަަށް މަސައްކަތްކުރާ އެންމެހައި ފަރާތްތަކުގެ ފާފަ ފުއްސަވައި، ސާބިތުކަން ދެއްވާށި..

    21
  2. އހ

    މިރާއްޖެ ދަނީ އޭގެ އިދިކޮޅައް ސަރުކާރުން އުޅެނީ ލާދީނީ ކަންކަން ފަތުރަން

    22
    1
  3. ހުސޭނުބޭ

    ވަރަށް ބަރާބަރު. މީހުން ދާނީ ވޯޑްކަޕް ބަލަން. ރާބޮއި ނާޗަރަންގީ ކުޅޭކަށްނޫން

    24
    1
  4. ޢަލީ

    ގަތަރުވަރެއް ނެތް.. ވަރައް ހިތްގައިމު.

    22
    1
  5. އަމީރު

    ސާބަހޭ ދަރީންނޭ. ތީ އިސްލާމީ ނަމޫނާއެއް. ވ ވ ވ ފަޚުރުވެރިވޭ ގަތަރާއި މެދު. ފަހަރެއްގަވެސް ސިޔާސީ ކުރާކަށް ނޫން. އެހެނަސް ހިތަށް އަރާ ޔާމީނު ކީއްވެބާއޭ ގަތަރު ފަދަ ގައުމަކާ ގުޅުން ކަނޑާލީ.

    19
    1
  6. ވިޖޭ

    އެޑިޔުކޭސްން މިނިސްޓަރ ތިކަމަށް ފިޔަވަޅު ނާޅާ ފިއްޔާ ރަނގަޅު

    16
  7. ބޮންދު

    ބަނގުރާ ބޮވެނީ ވީއައިޕީ ލޯންޖުގަ އޯ. ފައިސާ ދީނީމަ ދީން ޕޯސް ކޮއްލެވޭ

    1
    13
  8. އަހުމަދު

    ރާއްޖޭގެ ސްކޫލްތަކުން ލަދު ގަންނަން ވެއްޖެއެއްނު. ތިޔަ ބޭފުޅުންނަށް އެއްވެސް ހަފްލާއެއް މިއުސިކާނުލާ ނުބޭއްވޭ...... އަދި ޅަދަރިން ހަލާކު ކުރަމުން ތިޔަ ދަނީ މިއުސިކާއި ނާޗަރަންގީގައި..... ޝޭމް އޮން ޔޫ އޯލް...

    39
  9. ހަސަނާ20

    ފުޓުބޯޅަ ކުޅުމަކީ ހަރާމް ކަމެއް

    1
    4
    • ގ

      ދޭބަލަ ދީންދެކެ ބިރުގަންނަންޔާ ވަޅެއްކޮނެފަ އެރެން.

  10. ފ

    ފަހުގެ ތާރީހެއްގަ މުސްލިމުންނަށް ލިބުނު ފުރުސަތެއް ހުޅަނގައް އިސްލާމީ ދައުވަތު ދޭން. އެކަމުގެ ހެޔޮފައިދާ މުޅި އުންމަތައް ކުރާނެ. ދެން އަންނަ ސަރުކާރެއްވެސް ރާއްޖޭގަ މިފަދަ ހެޔޮކަން ކުރިއަރުވާނެ ކަމައް އުންމީދު ކުރަން.

  11. ނަމޭ

    ހަސަނާ20..
    ފުޓްބޯޅަ ޙަރާމްކަމަށް އަދި، ޢިލްމުވެރިއަކު ބުނިކަމެއް ނޭންގޭ... ޙަރާމްކަމުގެ ދަލީލަކީ ކޮބައިތޯ؟