މިފަހަރުގެ ވޯލްޑް ކަޕުގައި އެންމެ ފާހަގަކޮށްލެވޭ ގުރޫޕަކަށް ހަމަގައިމުވެސް ގުރޫޕް ބީ ވާނެކަމާމެދު ޝައްކެތްނެތެވެ. ދުނިޔޭގައި ސިޔާސީ ގޮތުން އެންމެ ބޮޑެތި ހަތުރުން ކަމުގައިވާ އީރާނާއި އެމެރިކާ އަދި އިނގިރޭސިވިލާތް ހިމެނެނީ މި ގުރޫޕްގައެވެ. އަދި އެއްވެސް ވޯލްޑް ކަޕެއްގައި ދެވަނަ ބުރަށް ގޮސްފައިނުވާ އީރާން މިރޭ ނުކުންނާނީ ވަރުގަދަ އިނގިރޭސިވިލާތާއި ދެކޮޅަށެވެ.

ޤައުމުގެ އެތެރޭގެ ސިޔާސީ ހަލަބޮލިކަމާއެކު އީރާން ވޯލްޑް ކަޕުން ބޭރުކޮށްލަފާނެކަމުގެ ބިރުވެސް މީގެ ދުވަސްކޮޅެއް ކުރިން އޮތެވެ. ނަމަވެސް އެހުރިހާ ފިއްތުންތަކާއި ބިރު ފަހަނައަޅައި މިރޭ އީރާން ވަރުގަދަ އިނގިރޭސީންނާއި ދެކޮޅަށް ނުކުންނާނީ ވަރުގަދަ އަޒުމެއްގައި މުއުޖިޒާތެއް ދެއްކުމަށްކަމަށް އީރާންގެ ކޯޗް ކާލޯސް ކިއުރެޒް ވަނީ ބުނެފައެވެ އިރާންގެ ކޯޗްކަމާއި 3 ވަނަ ފަހަރަށް ހަވާލުވި ކިއުރެޒް ބުނީ އޭނާގެ ފުޓްބޯޅަ ހަޔާތުގައި މިހާ ހަރަކާތްތެރި އަދި މަސައްކަތުގެ ފެންވަރު ރަނގަޅު ކުޅުންތެރިން ނުދެކޭ ކަމަށެވެ.

"އަހަރެމެންގެ މަޤްސަދަކީ އެހެން ޓީމުތައް ބޮޑުކަމަށް ދައްކައި އަހަރެމެންނަކީ ކުޑަ ޓީމެއްގެ ގޮތުގައި ދެއްކުމެއް ނޫން. ނަމަވެސް އަހަރެމެންނަކީ ވެސް އެހެން ޓީމުތަކަކާއި ވާދަކޮށްލެވޭ ޓީމެއްގެ ގޮތުގައި ދެއްކުން."

މެންޗެސްޓާރ ޔުނައިޓެޑްގައި ސަރ އެލެކް ފާގަސަންގެ އެސިސްޓެންޓެއްގެ ގޮތުގައި ގިނަ ދުވަސް ހޭދަކޮށް ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ ކިއުރެޒް ވަނީ ގިނަ ޤައުމުތަކެއްގައި މޮޅު ކުޅުންތެރިންނާއެކު މަސައްކަތް ކޮށްފައެވެ. ނަމަވެސް އޭނާ ބުނާ ގޮތުން މިފަހަރު އޭނާގެ އީރާން ޓީމަކީ ހުނަރުން ފުރިފައިވާ އަދި މަސައްކަތަުގެ ރޭޓް ވަރަށް ވެސް ރަނގަޅު ޓީމެކެވެ.

އިރާންގެ ކޯޗު ކާލޮސް ކިއުރޭޒް

69 އަހަރުގެ ކިއުރޭޒް އަކީ 40 އަހަރުގެ ކޯޗިން ތަޖުރިބާ ހުރި ކޯޗެކެވެ. ކިއުރޭޒް ވަނީ މީގެ ކުރިން ޕޯޗުގަލާއި ސައުތް އެފްރިކާގެ އިތުރުން އެކުވެރި އަރަބި އިމާރާތުގެ ޤައުމީ ޓީމުތަކުގެ ކޯޗުކަން ކޮށްދީފައެވެ. އިނގިރޭސީންނާއި ދެކޮޅަށް ނުކުންނާނީ ހަމަލާދީ ރަނގަޅު ކުޅުމެއް ކުޅުމަށް ކަމަށާއި ނަމަވެސް އަމިއްލަ ޓީމުގެ ދިފާއުތަކަށްވެސް ވަރަށް ބޮޑަށް ވިސްނާނެކަމަށް ތަޖުރިބާކާރު ކޯޗްވަނީ ބުނެފައެވެ.

"އެއްވެސް ޝައްކެތް ނެތް އިނގިރޭސިވިލާތަކީ މި މުބާރާތް ކާމިޔާބުކުރާނެ ކަމަށް އެންމެން ޤަބޫލުކުރާނެ އެއް ފޭވަރިޓް ނަމަވެސް އެއީ ހަމައެކަނި މީގެ ކުރީގެ ފޯމަށާއި ތަފާސްހިސާބުތަކަށް ބަލާފަ. އަހަރެމެން ބަލާނީ 90 މިނެޓްގައި އަހަރެމެންނަށް، އަހަރެމެންގެ ޓީމުގެ ހުނަރު ދެއްކޭނެ ފުރުޞަތުތައް ފަހިކުރުމަށް"

މިއީ އީރާންގެ ކޯޗުކަމާއި ކާލޯސް ކިއުރޭޒް ހަވާލުވި ދެވަނަ ފަހަރެވެ. އޭނާގެ ކޯޗުކަމުގެ ފުރަތަމަ ދައުރަކީ އީރާންގެ ޤައުމީ ޓީމުގެ ތާރީހުގައިވެސް އެންމެ ގިނަ ދުވަހު ކޯޗަކު ކޯޗުކޮށްދިން މުއްދަތެވެ. އެއީ 2011 ވަނަ އަހަރުގެ އެޕްރީލުން 2019 ވަނަ އަހަރުގެ ޖަނަވަރީއަށެވެ. މި މުއްދަތުގައި އީރާންގެ ޓީމު ވަނީ ބައިކޮޅަށް ލަނޑެއް ވަނަ ނުދީ 1،121 މިނެޓް ހިފަހައްޓާ ދުނިޔޭގެ ރިކޯޑް ވެސް ހަދާފައެވެ.

2014 ވަނަ އަހަރުގެ ވޯލްޑް ކަޕު އިރާނުން ފެށީ ނައިޖީރިއާ އާއި ދެކޮޅަށް ރަނގަޅަށް ކުޅެ މެޗް އެއްވަރުވެ ޕޮއިންޓަކާ އެކީގައެވެ. ނަމަވެސް އާޖެންޓީނާ އާއި އެކު ކުޅުނު މެޗުގައި މެސީ ފަހުވަގުތުގައި ޖެހި ލަނޑުން ބަލިވީ 1 -0 ގެ ނަތީޖާއަކުންނެވެ. ގުރޫޕް ސްޓޭޖް ގެ ފަހު މެޗުން 3-1 ގެ ނަތީޖާ އަކުން ބޮސްނިއާ އެންޑް ހެރެގްނޯވިއާ އަތުން ބަލިވެ އިރާނުން މުބާރާތާ އަލްވިދާއުކީއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ވިކިލީކްސް

    އިންޝާﷲ އެއްޖިންސުން ގުޅުން ހިންގުން ޕްރޮމޯޓްކުރާ ޓީމުތައް ވާނީ ނިކަމެތި.
    ބެންޒީމާގެ އިންޖަރީއަކީ ސީރިއަސް އިންޖަރީއެއް ނޫން. އެހެންނަމަވެސް އެއްޖިންސުނ ގުޅުން ހިންގުމަށް ވަކާލާތު ކުރަން ބެންޒީމާ މުސްލިމެއްގެ ގޮތުގާ ހުރެ ކެޕްޓަން ބޭންޑު އަޅަން ބޭނުން ނުވާތީ، އޭނާގެ ބަދަލުގަ އެހެން ކުޅުންތެރިޔަކު ހޯދުމަށް އެދުނީ!
    މީޑިއާގަ އެވާހަކަތައް ދައްކަން ބެންޒީމާ ބޭނުމެއް ނުވޭ!

  2. ރެފްރީ

    ދުއާއަކީ އިނގިރޭސީންބަލިވުން .. އިރާދަކުރެއްވިއްޔާ އިނގިރޭސިންބަލިވާނެ