ރާއްޖެއިން ބޭރުގައި ބާއްވާ މުބާރާތްތަކަށާއި ތަމްރީންތަކަށް ގައުމީ ޓީމްގެ ކުޅުންތެރިން ދާއިރު ދަރިންނަށް ވެސް ދެވޭ ގޮތް ހަދަން ނިންމައިފި އެވެ.

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުޅުންތެރިން ވިހެއުމަށް ފަހު ކުޅުން ހުއްޓާލުމާއި އަދި ކުޅުމާއި ދުރަށް ދާން ވިސްނާތަން ފެންނަމުންދާ ކަމަށެވެ. އެހެން ނަމަވެސް ދެން އެފަދަ ކަންކަމަކާއި ކުރިމަތިލާން ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއް އަހަރު ނުވާ ދަރިފުޅު އަދި ބެލެނިވެރިއެއް ރާއްޖޭން ބޭރުގެ ތަމްރީންއަދި މުބާރާތްތަކަށް ފޮނުވޭނެ." މަހުލޫޫފް ވިދާޅުވި އެވެ.

ގައުމީ އަންހެން ވޮލީ ޓީމުގެ ކުޅުންތެރީން މިއަދު ސައުދީއަށް ފުރިއިރު އެ ދަތުރުގައު އެއް އަހަރު ނުވާ ހަތަރު ކުދިން ވ ގެންދިޔަކަމަށާއި މިއީ އުފާވެރި ތާރީހީ ދުވަހެއް ކަމަށް ވެސް މަހުލޫފް ވިދާޅުވި އެވެ.

މި މަހުގެ 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މަހުލޫފް ވިދާޅުވީ އެއްވެސް ސަރުކާރަކުން ނުކުރާ ވަރަށް ކުޅިވަރުގެ ކަންކަން މި ސަރުކާރުން ތަރައްގީކޮށްފައިވާ ކަމަށާއި، ވަޒީފާ ދޫކޮށް ދާންޖެހުނަސް ކުރެވުނު މަސައްކަތާ ދޭތެރޭ ހިތްހަމަ ޖެހޭ ކަމަށެވެ.

ކުޅިވަރުގައި ގެންގުޅެމުން އައި ޖިންސުގެ ތަފާތުކަމާއި އަދި ކުދި އަދި ބޮޑެތި ކުޅިވަރުތަކުގައި ކުރަމުންދާ ތަފާތުތައް ވެސް ނައްތާލައިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. ކުޅިވަރުގެ ތެރޭގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަދި ހަަމަ އެހެންމެ ހާއްސަ އެހިއަށް ބޭނުންވާ ފަރާތްތަކަށް ކުޅިވަރުގެ ތެރޭގައި ބައިވެރިވެ ވާދަކޮށް ކުޅެލާ ހެދުމުގެ ފުރުސަތު ގާއިމުވެގެން ދިއުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    ޙަމަ އެހާ ފައިސާ ގައުމުގައޮތީތޯ

    15
  2. ނިހާދު

    ކުޅިވަރު ބޮނޑި ހުއްޓާލާފަ ހެޔޮނުވާނެ ރައްޔިތުންގެ އަސާސީ ބޭނުންތަށް އަތްފޯރާފަށަށް އަގުތަށް ތިރިކޮއްބަލަ މުސާރާން ކަރަންބިލު ފެންބިލް ނުދެއްކޭ ޖީއެސްޓީ އަނެއްކާވެސް ބޮޑުވަނީ ޓެކްސްފައިސާކޮޅު ކުޅިވަރާ ސިޔާސީ ބޭނުމަށް ތަޅާބުރުވާފަ އަހަރުމެން އިނދަ ތިޔަޖައްސަނީ

    18
  3. ޑައެލޯގް

    މަށަށް ފެންނަނީ ކުޅުންތެރިންގެ ތިމާގެމީހުންވެސް ގެންދާށެވެ. އެއްވެސް ގައުމަކުން ތިގޮތަށް ( ގައުމުދަރުވާފައި )ޚަރަދެއްނުކުރެއެވެ. ސަރުކާރަށް ފައިސާހޯދާކަށެއްނޭގެއެވެ. ދެން ރައްޔިތުންއަތުން ޓެކްސްބޮޑުކޮށް ފެލައިގެން ގެންގޮސް މިބުނަނީ އެއްވެސް ވެރިކަމެއްގައި ދަރިންނުގެންދެވޭވާހަކައެވެ. ބަލަދަރިންވެސް ގެންދަންވީއެވެ. އެކަމަކު ނުފޯރާފޮތިން ފޫނުގަޅަކުރާށެވެ. ތިއީ 2023 އަންނާތީ ނުސީދާކޮށް މީހުންގަންނަނީއެވެ.

    23
  4. އަބްދުއްﷲ ޙަމީދު

    މަށަށް ފެންނަނީ ސިޔާސީ މަގާމު އުފައްދަން - ބޭބީ ސިޓިންގ މަހަކު -/20000 ރުފިޔާ ދީފަ މިވެސް ސޯލިހު ރިޔާސީ ވައުދެއް

    19
  5. 2023 ވޯޓު ކައިރިވަނީ

    ލާރިގިނަވެގެން އެއަށް ހަދާނެ ގޮތެއް ނޭގިގެން ވިއްޔާ ތިއުޅެނީ. މަށަށް ފެންނަނީ އެމީހުންގެ އާއިލާއާއި ރައްޓެހިންވެސް ގެންދެވޭގޮތް ސަރުކާރުން ހަމަޖައްސަ ދިނިއްޔާއެވެ

    19
  6. ދަރަނި ދަންތުރަ

    މަހުލޫފު ކަލޭގެ މަންމަ ބައްޕަގެ ފައިސާއިން ތަ ތި ހަރަދުކުރަނީ ، މިހާރުވެސް އަނގަޔާ އަތާ ދިމާނުވެގެން ޓެކުސް ބޮޑުކުރަނީ ، ގައުމުގެ ދަރަނި 100 ބިލިޔަނުން މަތީގައި ، މަހޭމެން ބޭނުން ގޮތަަކަށް ހަޒާނާ ލޫޓުވަނީ ހީވަނީ ތަރިކަ މުދާހެން

  7. ކެނެރީ

    އެކުދިންގެ މާމަ ޔާ ކާފަ ވެސް އެކުދިންނާ އެކު ދެވޭގޮތަށް ހަދާ އަދި އިތުރު އެހީތެރިއެއްގެ ގޮތުގައި މަހުލޫފު އެކުދިންގެ ޕުއްޕު ދޮވެދޭ މީހެއްގޮތުގައި ދޭ ، ރައްޔިތުންގެ ހަޒާނާ ރަނގަޅަށް ދަވާލާ

  8. ހުސޭނުބޭ

    އެފްއޭއެމް އެ އުޅެނީ ކަނޑިކި ވެއްޓިގެން. ދެން ކިހިނެއްބާ ކުޅުންތެރިންނަށް ތިވަރު ކޮށްދޭނީ