ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި ރެއާލް މެޑްރިޑަށް ސޮއި ކުރަން އުޅޭ ކަމަށް ބޭރުގެ މީޑިއާ ރިޕޯޓްތަކުން ބުނެފިއެވެ.

ފުޓުބޯޅައިގެ މަޝްހޫރު ޖާނަލިސްޓް ފެބްރިޒިއޯ ރޮމާނޯ ކުރި ޓުވީޓެއްގައި ބުނެފައިވަނީ ރޮނަލްޑޯ ރެއާލް މެޑްރިޑްގެ ދަނޑެއްގައި ޓްރޭނިން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އޭނާގެ ޓްރޭނިން ކުރިއަށް ގެންގޮސްފައި ވަނީ މެޑްރިޑްގެ ވަލްޑެބެބަސް ބޭސްގައި އެހެން ކުޅުންތެރިންނާއި ވަކިން ކަމަށް ފެބްރުޒިއޯ ބުންޏެވެ.

ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން އިން ކެރިއަރު ފެށުމަށް ފަހު، މެންޗެސްޓާ ޔުނައިޓަށް ކުޅުމަށްފަހު ރޮނަލްޑޯ ވަނީ 94 މިލިއަން ޔޫރޯގެ ޓްރާންސްފާއެއްފައި ރެއާލް މެޑްރިޑަށް ސޮއިކޮށްފައެވެ. އޭގެ ފަހުން ޔުވެންޓަސްއަށް ސޮއިކޮށް ޔުވެންޓަސްގައި ދެ އަހަރު ހޭދަ ކުރުމަށް ފަހު ރޮނާލްޑޯ ވަނީ އަލުން މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވެފަ އެވެ. އެނބުރި ޔުނައިޓެޑަށް ރޮނާލްޑޯ ބަދަލުވީ 12 އަހަރު ފަހުންނެވެ. އޭގެ ފަހުން ޕިއާސް މޯގަންއަށް ދިން އިންޓަވިއުއެއްގެ މައްސަލަގައި ޔުނައިޓެޑުން ވަނީ ރޮނާލްޑޯ ދޫކޮށްލައިފައެވެ.

ދެފަހަރެއްގެ މަތިން ޔުނައިޓެޑާއި ގުޅުނު ރޮނާލްޑޯ ވަނީ އެ ކްލަބުގައި އޭނާ ހޭދަ ކުރި މުއްދަތުގައި 346 މެޗު ކުޅެ، 145 ލަނޑު އެ ކްލަބަށް ކާމިޔާބު ކޮށްދީފައެވެ.

ފްބްރިޒިއޯ ބުނި ގޮތުގައި ރޮނާލްޑޯ ފަރތަކުރުން ގެންގޮސްފައިވަނީ އޭނާގެ ދަރިފުޅު ރޮނާލްޑޯ ޖޫނިއާއާ އެކީގައެވެ. މެޑްރިޑުން މީގެ ކުރިން ވެސް ބުނެފައިވަނީ ކުލަބުން އަބަދުވެސް ރޮނާލްޑޯގެ އަގު ވަޒަން ކުރާނެ ކަމަށާއި މެޑްރިޑުގައި ރޮނަލްޑޯ ދެއްކި ފެންވަރު އުފަލާއެކު ބަލައި ގަންނަ ކަމަށެވެ.
މިކަަމާ ގުޅިގެން ބޭރުގެ މީޑިއާ ތަކުން ބުނާ ގޮތުގައި ރޮނާލްޑޯ ދާދި އަވަހަށް މެޑްރިޑަށް ސޮއި ކުރާނެއެވެ.

 

View this post on Instagram

 

A post shared by Fabrizio Romano (@fabriziorom)

ފްރީ އެޖެންޓެއްގެ ގޮތުގައި ހުރި ރޮނަލްޑޯ ދާދި ފަހުން ސައުދީގެ ކުލަބަކަށް ސޮއި ކުރަން އުޅޭ ކަމަށް ބުނި ނަމަވެސް އޭނާ ވަނީ އެހަބަރު ދޮގު ކޮށްފައެވެ.

މިހާރު ޕޯޗުގަލް ޓީމުގެ ކެޕްޓަންކަން ކުރަމުން އަންނަ ރޮނާލްޑޯ އަކީ ޕޯޗުގަލްގެ ފުޓްބޯޅައިގެ ތާރީހުގައި ވެސް އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ޕޯޗުގަލް އަކީ މޮޅު ކުޅުންތެރިންތަކެއް ނެރެފައިވާ ގައުމެކެވެ. ޔުސޭބިއޯ އާއި ލުއިސް ފީގޯ އާއި ރުއި ކޮސްޓާ އަކީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިންނެވެ. އެކަމަކު ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، މި ކުޅުންތެރިންނަށް ވުރެ ރޮނާލްޑޯ އުޅޭނީ މާ ކުރީގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ހުސޭނުބޭ

    451 ލަނޑު ........ ނުބުނާނަން ރެއާލުން ދެން ރޮނާލްޑޯ ގެންދާނެއެކޭ. ރެއާލުން މިހާރުވެސް ޖޫޑް ބެލިންހަމަށް ބޮޑަށް ބަލަނީ

    8
    7
    • އަންޗޮލޮޓީ

      މަށަކަށްވެސް ހިޔެއްނުވޭ ޕެރޭޒް މީނާ ސޮއިކުރުވާނެހެނެއް.

      10
      5
  2. ދޮން އައްޔަ

    އާން.. ދެން ރެޔާލް ޔޫރޮޕާ ލީގަށް ރެލިގޭޓްކޮށްލާ..🤣

    6
    3
  3. ހުވަދޫ އަލިބެއްޔާ

    ކަލޭމެން ތި އުޅެނީ ރޮނާލްޑޯ އަށް ކިހިނެއް ހަދާނަމޭހިތާ.. ރޮނާލްޑޯ އާދޭ ހުއްޓޭކޮޑާ ޓީމަށް ކުޅެން..

    9
    1
  4. ޕޮގުބާ

    ހާދަބޮޑަށް ތިދެރަވަނީ ޔޫރޮޕާ ލީގަށް ބާސެލޯނާ ނުދޭތަ މެޑުރިޑަށް ރޮނާލްޑޯ ސޮއިކުރާނެ މުޅި މެޑްރިޑްގަވެސް ރޮނާލްޑޯވަރެއް މިހާރުވެސް ނެތް

    8
    7
  5. Anonymous

    މަގްސަދު ވ ސާފު! މެސީއާ އެއްވަރަށް ބޮލެންޑިއޯ ހޯދުން. އެކަމް ދެން ޗެކަން ވާކަށް ނެއް. ޕެނަލްދޯ.

    6
    3
    • ރޮނާލޑޯ

      ދުވަހަކުވެސް ދެން ރޮނާލްޑޯ އަކަށް މެސީ ހޯދިވަރަށް ބެލެންޑޯ އެއް ނުހޯދޭނެ.... އެ އުޅެނީ ޗެންސްޕިއަންސް ލީގުގެ ޓޮޕްސްކޯރާ މެސީ ހަދާފާނެތީ ބިރުން

      3
      4
      • ވާނުވާ

        ތިޔަކިޔާ ބެލެންޑިއެވޯޑަކީ މީޑިއާތަކުން ވޯޓްދީގެން ލިބޭ އެއްޗެއް، އެހެންވީމާ ތިޔަބުނާ މެއްސައް ލައްކަ ފަސޭހަވާނެ، ސަބަބަކީ އޭނާއަކީ ޔަހޫދީ އައްޕަގެ އައުވާނަކަށްވުން،
        އެހެންވީމާ 7 ނޫން 500 ފަހަރުވެސް މެއްސައް ތިޔަބުނާ އެއްޗެއް ލިބިދާނެ،
        ދެން ހުރީ ރޮނާލްޑޯ-އޭނާއަކީ ޔަހޫދީ އިޒްރޭލާ ދެކޮޅު މުސްލިމުން ދެކެ ލޯބިވާ މީހެއް، އޭގެ ހެއްކަކަށް އިޒްރޭލް ކުޅުންތެރިޔާއަށް ރޮނާލްޑޯގެ ޖާޒީ ނުދިނުން ހިމެނޭ،
        ވީމާ ޔަހޫދީ މީޑިއާތަކުން ކެނޑިނޭޅި ރޮނާލްޑޯގެ އަގުވައްޓާލަން މަސައްކަތްކުރޭ. ލައްކަބޯކޮށް ސަލާން

        11
        1