ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރާ ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަންނަ ޖަނަވަރީ މަހުގެ 01 ވަނަ ދުވަހުން ފެށިގެން ސައުދީ އަރަބިއްޔާގެ އަލް ނަސްރު ޓީމަށް ކުޅެން ފަށާނެ ކަމަށް ސްޕޭންގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ކުޅިވަރު ޚަބަރުތައް ގެނެސްދޭ ސްޕޭންގެ ނޫހެއް ކަމަށްވާ "މާސާ" އިން މިއަދު ބުނީ ސައުދީ އަރަބިއްޔާގެ އަލް ނަސްރު އާއިއެކު ރޮނާލްޑޯ ސޮއި ކުރާނީ އަހަރާއި ބައިގެ ކޮންޓްރެކްޓެއްގައި ކަމަށެވެ.

އުމުރުން 37 އަހަރުގެ ކުޅުންތެރިޔާ އާއިއެކު އަލް ނަސްރުން ސޮއި ކުރާ އެއްބަސްވުމުގެ ދަށުން އަހަރަކު 217 މިލިއަން ޑޮލަރު ރޮނާލްޑޯ އަށް ލިބޭނެއެވެ. އެހެންކަމުން އެއްބަސްވުމުގައި ސޮއި ކުރުމާއި އެކު ރޮނާލްޑޯ ވެގެން ދާނީ ދުނިޔޭގެ ތާރީޚްގައި ވެސް ކުޅިވަރު އެއްބަސްވުމެއްގައި ސޮއި ކުރާ އެންމެ އަގުބޮޑު ކުޅުންތެރިޔާ އަށެވެ.

އަލް ނަސްރު އާއިއެކު ރޮނާލްޑޯ 217 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފިނަމަ މިހާރު ދުނިޔޭގައި ތިބި އެންމެ އަގު ބޮޑު ކުޅުންތެރިން ކަމަށްވާ ލައިނަލް މެސީ އާއި ނޭމާ އަށް ވުރެ ވެސް ދެގުނަ ބޮޑު އާމްދަނީއެއް ރޮނާލްޑޯއަށް ލިބޭނެއެވެ.

ރޮނާލްޑޯ މިވަގުތު ހުރީ އެއްވެސް ޓީމެއް ނެތިއެވެ. ގަތަރުގައި އޮތް ވޯލްޑްކަޕް ފަށަން ކައިރިވެފައި ވަނިކޮށް ރޮނާލްޑޯ ވަނީ މެންޗެސްޓަރ ޔުނައިޓެޑާއި އެކު އޮތް އެއްބަސްވުން އުވާލާފައެވެ. އެއްބަސްވުން އުވާލީ މެންޗެސްޓަރ ޔުނައިޓެޑާއި ރޮނާލްޑޯ ވެސް އެއްބަސްވުން އުވާލުމާއިމެދު އެއްބަސްވުމަށް އައިސްގެންނެވެ.

ރޮނާލްޑޯ ގެންނަން އަލް ނަސްރު އިން ޝައުގުވެރިކަން ފާޅުކުރީ ވޯލްޑްކަޕް ކުރިއަށް ދަނިކޮށެވެ. އަލް ނަސްރު އަށް ދިއުމާއި ގުޅޭ ގޮތުން އަދި މިހާތަނަށް ރޮނާލްޑޯ ރަސްމީކޮށް އެއްވެސް ވާހަކައެއް ނުދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މެސީ

    ކޮން ގިނަ ބަޔަކު ޤަބޫލު ކުރަނީ ރޮނާލްޑޯ އަކީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާ ކަމަށް. ލޮލަށް މިރުސް އެޅުނަސްބޮޑު ވަރު ދޯ !

    12
    44
  2. ލީލާ

    ހަޖަމް ޕްލީޒް

    31
    6
  3. އަބް

    ސައުދީއަށްގޮަސް އިސްލާމްދީނުގެ ހިދާޔަށް ރޮނާލްޑޯއަށް ލިބިއްޖެނަމަ އަހަރެން މެސީ ދޫކޮށް ރޮނާލްޑޯއަށް ސަޕޯޓް ކުރާނަން. އަދި ހުރިހާ މެސީގެ ފޭނުންނަށް މެސީ ދޫކޮށްލުމަށްފަހު ރޮނާލޯޑޯ ހިޔާރުކުރުމަށް ގޮވާލާނަން

    30
    1
    • Anonymous

      އެހެން ވާނެނަމަ. އިންޝާﷲ🤲

      25
      1