ނިމިގެން ދިޔަ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމަށް ބުނި ޔުވެންޓަސް މިޑްފީލްޑަރ އެންހެލް ޑިމަރިއާ އާޖެންޓީނާ ގައުމީ ޓީމަށް ކުޅުން ހުއްޓާ ނުލާނޭކަމަށް ބުނެފިއެވެ.

ޑި މާރިއާ، 34، އަކީ މި ފަހަރު ގަތަރުގައި އޮތް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ އިން ހޯދިއިރު، ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. ފައިނަލުގައި ފްރާންސް ކޮޅަށް ޑި މާރިއާ ވަނީ މުހިންމު ގޯލެއް ވެސް ޖަހައިފަ އެވެ. އާންމު ގޮތެއްގައި އާޖެންޓީނާ އަށް ފައިނަލުތަކުގައި ގޯލު ޖެހުމުގެ ރަަނގަޅު ރެކޯޑެއް ވެސް އޮތް ޑި މާރިއާ ކުރިން ނިންމާފައި އޮތީ މި ފަހަރުގެ ވޯލްޑް ކަޕަށް ފަހު ގައުމީ ޓީމުން ރިޓަޔާކުރުމަށެވެ. ޑިމާރިއާ ވަނީ ކޮޕާ އެމެރިކާ މުބާރާތުގައި ބްރެޒިލްއާ ދެކޮޅަށް ގޯލެއް ޖަހާ ތަށި ކާމިޔާބުކޮށްދީފައެވެ.

އާޖެންޓީނާގެ ކުޅިވަރު ނޫސްވެރިޔާ، ގެސްޓޮން އެޑުލް ރިޕޯޓްކުރާ ގޮތުގައި ޑި މާރިއާ، މިހާރު ނިންމާފައި އޮތީ ލިއޮނަލް މެސީ އެކޭ އެއްގޮތަށް ގައުމީ ޓީމަށް ކުޅުން ކުރިއަށް ގެންދިއުމަށެވެ.

އާޖެންޓީނާގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޑި މާރިއާ އާއި މެސީ ގައުމީ ޓީމަށް ކުޅޭ ފަހު މުބާރާތަށް ވުމުގެ ފުރުސަތު ބޮޑީ 2024 ވަނަ އަހަރު އިކުއެޑޯގައި ބާއްވާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގަ އެވެ.

އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީއާ ހަވާލާދީ ބައެއް ނޫސްތަކުން ވަނީ ޑި މާރިއާ އާއި މެސީ، 2024 ވަނަ އަހަރުގެ ކޮޕަ އެމެރިކާ އިން ފެންނާނެ ކަމަށް ރިޕޯޓްކޮށްފަ އެވެ.

މިފަހަރުގެ ވޯލްޑް ކަޕްގެ ތަށި އާޖެންޓީނާއިން އުފުލާލިއިރު، ޑިމަރިއާގެ ދައުރު ބޮޑެވެ. އެގޮތުން އޭނާ ކުޅުނު ފަސް މެޗުގައި ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ފައިނަލް މެޗުގައި ވެސް ޑިމަރިއާ ތަފާތު ދެއްކިއިރު، އޭނާ ވަނީ ފައިނަލް މެޗުގައި ލަނޑެއް ވެސް ޖަހާފައެވެ.

ޔޫރަޕްގެ ނަން މަޝްޙޫރު ގިނަ ކުލަބުތަކަށް ވެސް ކުޅެފައިވާ ޑިމަރިއާ ވަނީ މިހާތަނަށް އާޖެންޓީނާގެ ގައުމީ ޓީމަށް 129 މެޗު ކުޅެދީ 28 ގޯލު ޖަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހަނީފް

    ޑިމާރިއާ ވަރަށްމޮޅު. އެކަމަކު އާޖެންޓީނާ ކޯޗް ޑިމާރިއާ އާ ވަރަށް ދެކޮޅު. އެހާމޮޅަށް ކުޅެކުޅެ ހުއްޓާވެސް ބޭލީ. އެބަދު ނުގެނައިނަމަ 2-0 ނުވަތަ 3-0 ން އޢަޖެންޓީނާ މޮޅުވާނެކަމަށް ވަރަށް ހީވޭ. އެހާވެސް މޮޅަށް ކުޅުނު. އެކަމަކު ފަހަތް ގަދަކުރަން ކުރި ބަލުކުރުމުން ފަހަތުގައި ޖަގަޑާ ހަދާ ޕެނަލްޓީ ތައް އިދިކޮޅަށް ލިބުންކަމެއްނުވޭ. މެސީއާއެކު ކުރިމަތީ ބޯޅަ ހިފަހައްޓާނެ އެހީތެރިން ނެތުމުން ތަށި ތިލިބުނީ ހަމަކިރިޔާ.

    3
    1
  2. އަސޭލާ

    ޚާފަރުންނަކީ ވަޢުދާ ޚިލާފްވާބައެއް