ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އާއި ޔޫތު މިނިސްޓްރީން ގުޅިގެން ރާއްޖޭގައި ބާއްވާ "ފޯ ނޭޝަންސް ކަޕް" ފަށައިފިއެވެ.

މިއީ މިއަހަރު ރާއްޖޭގައި ބާއްވާ ބައިނަލްއަޤުވާމީ ފުރަތަމަ މުބާރާތެވެ. މީގެ އިތުރުން މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އިންވިޓޭޝަނަލް ފުރަތަމަ ވޮލީ މުބާރާތެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ އަފްޣާނިސްތާން، މެލޭޝިޔާ އަދި ސިންގަޕޫރު އެވެ. މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޤައުމީ ޓީމުތަކުން ވަނީ ތައިލެންޑުގައި ތަމްރީނު ކޭމްޕެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ.

މިއަދު މެންދުރު 14:30 ގައި ސޯޝަލް ސެންޓަރުގައި ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކޮށްފައިވަނީ ސިންގަޕޫރާއި އަފްޣާނިސްތާންއެވެ.

ފުރަތަމަ މެޗުގައި މިއަދު ހަވީރު ރާއްޖެ އިން ނިކުންނާނީ މެލޭޝިޔާއާ ދެކޮޅަށެވެ. އެ މެޗުގެ ކުރިން ވާހަކަ ދައްކަމުން ނިޒާރު ބުނީ، ޤައުމީ ޓީމުގެ އަޒަމަކީ ވެސް އަދި އުންމީދަކީ ވެސް ދިވެހި ސަޕޯޓަރުން ކަމަށެވެ. އަދި ޓީމު މެޗު ކުޅެމުންދާ ވަގުތުގައި ސަޕޯޓަރުންގެ ފަރާތުން ލިބޭ ސަޕޯޓަކީ މެޗުގައި ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ ކަމަށެވެ. އޭނާ ބުނީ އެކަމަކީ ޓީމު މޮޅުވުމަށް ވެސް ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތަކަށް ވާނެ ކަމަށެވެ. ނިޒާރު އެދުނީ އެންމެހައި ސަޕޯޓަރުން ވެސް އެއް ޢަޒުމެއްގައި، އެއް ރޫޙެއްގައި އައިސް ޒުވާނުންގެ މަރުކަޒު ފުރާލަ ދިނުމެވެ.

މިރޭ 20:30 ގައި ރާއްޖޭގެ ޤައުމީ ފިރިހެން ޓީމުން ވެސް ނުކުންނާނީ މެލޭޝިޔާއާ ދެކޮޅަށެވެ.

މި މަހުގެ 23 އިން 27 އަށް ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ކުޅޭ މުބާރާތުގައި ފިރިހެން ޑިވިޝަންގައި ހަތަރު ޤައުމުން ވެސް ވާދަކުރާނެ އެވެ. ނަމަވެސް އަންހެން ޑިވިޝަންގައި އަފްޣާނިސްތާން ވާދަ ނުކުރާނެ އެވެ. މުބާރާތް ރާވާފައި ވަނީ ރައުންޑް ރޮބިން އުސޫލުންނެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ކުޅުމަށްފަހު، އެއް ވަނަ ޓީމު ސީދާ ފައިނަލަށް ދާ ގޮތަށެވެ. ދެ ވަނަ ޓީމާއި ތިން ވަނަ ޓީމަށް ޖެހޭނީ ސެމީ ފައިނަލްގައި ވާދަކުރާށެވެ.

މި މުބާރާތް ބާއްވަން ރާއްޖެއިން ނިންމީ މިދިޔަ އަހަރު ރާއްޖޭގައި ބާއްވަން މަސައްކަތް ކުރި ސެންޓްރަލް ޒޯން މުބާރާތް ބޭއްވޭނެ ހާލަތެއް މެދުވެރިނުވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މަބޭ

    ފޯމުގަ އޮތްކަން އިންގުނިސް ބަންގާޅު ލަންކާ އަދި ނޭޕާލް ނެސަނަލްޓީމައް ދައުވަތުދިންނަމަ

  2. ޢެނަ

    ފޯމްގަ އޮތްކަން އެނގުނު މިރޭ ވަރަށް ރަނގަޅަށް. ހަމައެކަނި އެޓޭކްއަށް ފޯކަސްކޮށްގެން ދުވަހަކުވެސް ކުރިއަކަށް ނާރާނެ. ކޮންމެ ޕްލޭއަރެއްވެސް ބޮލުގަ އިންނަނީ އެޓޭކް ކުރުން. އެ މެންޓަލިޓީ ހުރެގެން އުޖާލާ މުސްތަގްބަލެއް ނެތް ފެންނާކަށް

  3. ހުވަދު

    3 ނޭޝަން ކަޕް އެއް ބާއްވަންވީ.