މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ޒުވާން ފޯވާޑް ހޫލިއަން އަލްވަރޭޒްގެ އެއްބަސްވުން އާ ކުރުމަށް އެ ކުލަބުން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

އުމުރުން 23 އަހަރުގެ ކުޅުންތެރިޔާ ސިޓީއަށް ބަދަލުވީ މިދިޔަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވިދާލީ މިދިޔަ އަހަރު ގަތަރުގައި އޮތް ފީފާ ވޯލްޑް ކަޕްގައެވެ. އަލްވަރޭޒް ހޯދުމުގެ ޝައުގުވެރިކަން ޔޫރަޕުގެ ގިނަ ކުލަބުތަކުން ގެންގުޅޭއިރު، ސިޓީން ބޭނުންވަނީ އޭނާގެ އެއްބަސްވުން ދިގު މުައްދަތަކަށް އިތުރުކުރުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިހާރު ސިޓީއާއެކު އޭނާ ހަދާފައިވާ ފަސް އަހަރު ދުވަހުގެ އެއްބަސްވުން ހަމަވާނީ 2027 ވަނަ އަހަރަށެވެ. ނަމަވެސް ސިޓީން ބޭނުންވަނީ އެ މުއްދަތު އިތުރު އެއް އަހަރަށް އިތުރުކުރަން ކަމަށާއި، އެކަމަށް އަލްވަރޭޒްއާ ސިޓީއާ ދެމެދު އެއްބަސްވުމަކަށް އާދެވިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ. ސިޓީން ހުށަހަޅާ އައު އެއްބަސްވުމުގައި އަލްވާރޭޒް އަންނަ ހަފުތާގައި ސޮއިކުރާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އަލްވަރޭޒް ވަނީ މިހާތަނަށް ސިޓީއަށް 31 މެޗު ކުޅެދީ، 10 ލަނޑު ޖަހާފައެވެ.

ކިޔުންތެރިންގެ ހިޔާލު