ފުޓްބޯލް އެސޯސިއޭޝަން އޮފްދަ މޯލްޑިވްސް (އެފްއޭއެމް) އިން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވާކަން "ވަގުތު" އަށް އެނގިއްޖެއެވެ.

"ވަގުތު" އަށް އެނގިފައިވާ ގޮތުން އެފްއޭއެމްއިން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކޮށް މަގުމަތި ކޮށްލާފައިވަނީ އެތަނުގެ ދަރަނި ބޮޑުވެ، މުޅި ތަން ބޮއްސުން ލާފައި ވަނިކޮށެވެ.

އެފްއޭއެމްއިން މުވައްޒަފުންނަށް ފޮނުވި ސިޓިގައި ބުނެފައިވަނީ އެއެސޯސިއޭޝަނުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ރިޑަންޑެންސީގެ އުސޫލުން މުވައްޒަފުން މަދު ކުރުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން މުވައްޒަފުން މިމަހުގެ 5 ވަނަ ދުވަހުން ފެށިގެން އެއް މަސް ދުވަހުގެ ތެރޭގައި އެފަރާތުން އަދާ ކުރަމުންދިޔަ ވަޒީފާއިން ވަކިވާނެ ކަމަށް ވަނީ ސިޓީގައި ވަނީ ބުނެފައެވެ. އެހެން ކަމުން އެމުވައްޒަފުން ވަޒީފާއަށް ނުކުތުމުގެ ފަހު ތަރީހެއްގ ގޮތުގައި ބުނެފައިވަނީ އޭޕްރިލް މަހުގެ 5 ވަނަ ދުވަހެވެ.

ސިޓިގައި ބުނެފައިވަނީ "ބަޔާންވެދިޔަ މުއްދަތުގައި ތިފަރާތުން ބޭނުންނަމަ، ވަޒީފާއަށް ނިކުތުމަކީ އިހްތިޔާރީ ކަމަކަށްވާތީ ތިޔަފަރާތުން ބޭނުން ގޮތެއް އިހުތިޔާރު ކުރުމުގެ ހައްގު ތިޔަފަރާތަށް ލިބިގެންވާ" ކަމަށެވެ.

ބަޔާންވެދިޔަ މުއްދަތުގައި މުވައްޒަފަކު ވަޒީފާއަށް ނުނިކުތަސް އެ މުއްދަތަށް މުސާރަ ލިބޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެފްއޭއެމްއިން ވަނީ ވަޒީފާއިން ވަކި ކުރި މުވައްޒަފުންގެ ބެލުމުގެ ދަށުގައިވާ އެއިދާރާގެ އެއްވެސް މުދަލެއް ނުވަތަ ހައްގެއް ވާނަމަ ވަޒީފާއިން ވަކިވުމުގެ 7 ދުވަސް ކުރިން ހަވާލު ކޮށްދިނުމަށް އެދިފައެވެ.

އެފްއޭއެމްއިން ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކޮށްފައިވާއިރު، މިއަހަރުގެ ރޯދަ މަސް ފެށެން މަހެއްހާ ދުވަސްވެސް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މުރާނާއަ

    މުވައްޒަފުންނަށް ރޯދަ އެލަވަންސްނުދޭން ނިންމި ނިންމުމެއް

    19
  2. Anonymous

    ތީ އުވާލަންވީތަނެއް

    18
  3. Anonymous

    ދައުލަތް ބަނގުރޫޓް ކޮއްފި.

    18
    1
    • ޗަކޮއި

      ޔޫމީން.. ބަންގުރޫޓު ދައުލަތް. ރައިޓް؟

      15
  4. Anonymous

    ކުޅިވަރަކީ ޝައިޠާނާގެ ކަމެއް. ކުޅިވަރުތަކަށް ޚަރަދުކުރާ ވަރަށް މިސްކިތްތަކަށް ޚަރަދުނުކުރަނީ ކީއްވެ؟

    11
    3
    • އައްޔަ

      ކުޅިވަރުކުޅުނަސް އެއީ އަދި ޝައިޠާނާގެ ކަމެއް ނޫން. ވިސްނާލާފައި ތި ބުނާ އެއްޗެއް ބުނެބަލަ1

  5. ބެއްސޭ

    ތީއަޖައިބެއް ކަހަލަތަނެއް މުޅިތަން ބަނގުރޫޓުވެ ދަރާވިކި މުވައްޒަފުންނަށް މުސާރަނުދެވޭ ހިސާބަށް ދާއިރުވެސް ބައްސާމާ އޭނާގެ ގޭންގު ހަމަ ހިނިއައިސްސަ އެހެރަ އުޅެނީ ހިތައްނާރާ ކެހެރުވަކެކޭވެސް