އިއްޔެ ހަވީރު މާލޭގައި ފެށި ފައިވް ނޭޝަންސް ބާސްކެޓުބޯޅަ މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން ބަލިވެއްޖެއެވެ.
ރޭ ސޯޝަލް ސެންޓަރގެ އިންޑޯ ކޯޓުގައި ކުޅުނު މި މެޗު ބަންގްލަދޭޝުން ކާމިޔާބުކޮށްފައި ވަނީ 52-42 ގެ ނަތީޖާއަކުންނެވެ. މެޗުން ބަލިވި ނަމަވެސް ރާއްޖެއިން ވަނީ މި މުބާރާތުގައި އެންމެ ވަރުގަދަ ކަމަށް ބެލެވޭ ބަންގްލަދޭޝް ކައިރީ ރަނގަޅު ކުޅުމެއް ދައްކާފައެވެ.
މެޗުގެ ފުރަތަމަ ކުއާޓާގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. މި ކުއާޓަރު ނިމުނު އިރު 13-12 އިން ކުރިހޯދާފައި ވަނީ ބަންގްލަދޭޝްއެވެ. އެއް ޕޮއިންޓުގެ ލީޑަކާއެކު ފުރަތަމަ ކުއާޓާ ނިންމާލި ބަންގްލަދޭޝް އިން ދެވަނަ ކުއާޓާ ފެށީ ވަރުގަދަކޮށެވެ.
ދެވަނަ ކުއާޓާގައި ބަންގްލަދޭޝްއިން ވަނީ 23-14 އިން ކުރިހޯދާ ނުވަ ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެހެން ނަމަވެސް ރާއްޖޭގެ ޓީމުން ހިއްވަރާއެކު ދިޔައީ ފަރަގު ކުޑަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ތިން ޕޮއިންޓް އެޅުމަށް ކުރަމުން ދިޔަ މަސައްކަތް ކާމިޔާބުކޮށް އަންޒަރު ވަނީ ރާއްޖެއަށް އުންމީދު އާކޮށްދީފައެވެ. ރާއްޖެއިން ދެވަނަ ކުއާޓާ ނިންމާލީ ދެ ޕޮއިންޓަށް ފަރަގު ކުޑަކޮށް 23-21 އިންނެވެ.
ތިން ވަނަ ކުއާޓާގައި ބަންގްލަދޭޝް ޓީމުން ވަނީ ކުޅުން އިތުރަށް ރަނގަޅުކޮށް ލީޑު ފުޅާކޮށްފައެވެ. އެ ކުއާޓާ ނިމުނީ 43-34 އިން ބަންގްލަދޭޝް ކުރިހޯދައިގެނެވެ. ހަތަރު ވަނަ ކުއާޓާ ފެށިގެން ރާއްޖެ ޓީމުން ދިޔައީ ފަހު ވަގުތާ ޖެހޭދެން ވެސް ހިތްވަރު ކުރަމުންނެވެ. އެގޮތުން ރާއްޖެ ޓީމުން ވަނީ ކައިރި ކައިރީގަ ތިން ޕޮއިންޓު ދެ ފަހަރު ހޯދާފައެވެ.
މުބާރާތުގައި މިއަދު ހަވީރު ޕާކިސްތާނުން އެޓީމުގެ ފުރަތަމަ މެޗަށް ނިކުންނާނީ ނެޕާލް އާއި ދެކޮޅަށެވެ. އަދި ރާއްޖެއިން މިރޭ ނިކުންނާނީ މޮޅަކާއި އެކު މުބާރާތް ފެށި ބޫޓާންއާއި ދެކޮޅަށެވެ.
ނުޖެހޭ ކުލޭކައް އަގަޔާއަތާދިމާނުވާއިރު
ހުރިހާމެޗަކުންބަލީވާނެކަމައްމިބަލަނީ
ފުރަތަމަ މެޗުން ބަންގްލަދޭޝް އަތުން ބަލިވެއްޖެއެވެ. ސަޅި