އިޓަލީގެ ދެވަނަ ޑިވިޝަންގެ ޕާމާ އަށް ކުޅެމުން އަންނަ ލެޖެންޑަރީ ކީޕަރު ޖިޔާންލުއިޖީ ބުފޮން 32 އަހަރަށް ފަހު އުމުރުން 45 އަހަރުގައި ފުޓްބޯޅައިން ރިޓަޔާކޮއްފިއެވެ.

މިކަން ހާމަ ކޮށްފައިވަނީ ބުފޮން މީސްމީޑިޔާގައި ޢާންމުކުރި މެސެޖެއްގައެވެ. ޒުވާން އުމުރުގައި ޕާމާގެ އެކަޑަމީއާއި ގުޅި އެޓީމުގެ ސިނީޔާ ކެރިއަރުގައި ފުރަތަމަ ކޮޅު ވަނީ 220 މެޗް ކުލަބަށް ކުޅެދީފައެވެ. އެއީ 1995-2001 އާ ހަމަޔަށެވެ.

މިމުއްދަތުތެރޭގައި ޕާމާގައި ބުފޮން ވަނީ ކޮޕާ އިޓާލިއާ 1 ފަހަރު އިޓާލިއަން ސުޕަރ ކަޕް 1 ފަހަރު އަދި 1 އުއެއްފާ ކަޕް(އުއެއްފާ ޔުރޮޕާ ލީގު) 1 ފަހަރު ކާމިޔާބު ކޮށްފައެވެ.

ޕާމާ ދޫކޮށް ފުރަތަމަ ފަހަރަށް އިޓަލީގެ ގަދަބާރު ޔުވެންޓަސް އަށް ގުޅިފައިވަނީ 2001 ވަނަ އަހަރު އެވެ. 2018 އާ ހަމަޔަށް ބުފަން ޔުވެންޓަސް އަށް ޖުމްލަ 656 މެޗް ކުޅެލަދީ އިޓާލިއަން ސެރިއޭ 9 ފަހަރު ސެރިއޭ ބީ 1 ފަހަރު ކޮފާ އިޓާލިއާ 4 ފަހަރު އިޓަލީ ސުޕާ ކަޕް 5 ފަހަރު ޗެންޕިއަންސް ލީގު ގެ 2 ވަނަ ތިންވަނަ ފަހަރަށް ހޯދަފައެވެ.

ޔުވެންޓަސްގައި ކާމިޔާބު ކެރިއަރު ހޭދަކޮށް 2018 ގައި ފުރާންސްގެ ޕީއެސްޖީއަށް ވަނީ ބަދަލުވެފައެވެ. ޕީއެސްޖީއަށް ބަދަލުވުމަށް ފަހު ބުފޮން ވަނީ ޖުމްލަ 25 މެޗް ކުޅެލަދީ ފުރާންސް ލީގު 1 ފަހަރު އަދި ފުރާންސް ސުޕާ ކަޕް 1 ފަހަރު ހޯދާފައެވެ.އެއްސީޒަނަށް ޕީއެސްޖީ އަށް ކުޅުމަށްފަހު އެޓީމު ދޫކޮށް އަލުން ޔުވެންޓަސް ބަދަލުވީ 2019ގައެވެ. ދެވަނަ ފަހަރަށް ޔުވެންޓަސްއަށް ބަދަލުވެ 29 މެޗް ކުޅެލަދީ 1 އިޓާލިއަން ލީގް ހޯދައި ޔުވެންޓަސް ގައި ޖުމަލަކޮށް ބުފޮން ހޯދި ލީގު ތަށީގެ އަދަދު ވަނީ 10 ބަދަލުވެފައެވެ. މީގެ އިތުރުން އެއް ކޮޕާ އިޓާލިއާ ހޯދައި ޖުމްލަ 5 ކޮޕާ އިޓާލިއާ ތަށި ހޯދާފައެވެ. މީގެ އިތުރުން 1 އިޓަލީ ސުޕަ ކަޕް ހޯދައި ޖުމްލަ އަދަދު 6 ކަށް ބަދަލު ކޮށްފައެވެ.

ދެވަނަ ފަހަރަށް ޔުވެންޓަސް ދޫކޮށް އަލުން ޒުވާން ދުވަސްވަރު ހޭދަކުރި ޕާމާއަށް ގުޅިފައިވަނީ 2021 ވަނައަހަރުއެވެ. ދެފަހަރު ބުފޮން ޔުވެންޓަސްގައި ހޭދަކުރި މުއްދަތުގައިވަނީ ޖުމްލަ 685 މެޗް ކުޅެލަދީފައެވެ. 2021 ވަނަ އަހަރު އަލުން ޕާމާ އާ ގުޅިއިރު އެޓީމް އޮތީ އިޓަލީގެ 2 ވަ ޑިވިޝަނުގައެވެ. ދެވަނަ ފަހަރަށް ޕާމާ އާގުޅި ރިޓަޔާވަންދެން ވަނީ ޖުމްލަ 45 މެޗް ކުޅެލަދީ ޕާމާގެ ކެރިއަރުގައި 265 މެޗް ކުޅެލަދީފައެވެ. ކުލަބު ލެވަލްގައި ބުފޮން ވަނީ ޖުމްލަކޮށް 975 ،މެޗް ކުޅެލަދީފައެވެ.

ކުލަބް ލެވަލެއްގައި ކާމިޔާބު ދުވަސްތަކެއް ހޭދަކުރި ބުފޮން ވަނީ ބައިނަލްއަޤްވާމީ ފެންވަރުގައި އިޓަލީ ތަމްސީލްކޮށް ގިނަ ކާމިޔާބުތަކެއް ހޯދާފައެވެ. އިޓަލީގެ ޤައުމީ ޓީމް ތަކަށް އެކި ލެވަލް ތަކުގައި 1993 އިން 1997 ކާ ހަމަޔަށް ކުޅެ އިޓަލީގެ 21 އަހަރުން ދަށުގެ ޓީމަށް 1 ޔޫއެފާ 21 އަހަރުން ދަށުގެ ޔޫރޯ ހޯދައި 1 މެޑިޓަރޭނިއަން ގޭމްސްވެސް ހޯދާފައެވެ. އިޓަލީގެ ސީނިޔާ ޤައުމީ ޓީމަށް 1997-2018 އަށް ހޭދުކުރި ދުވަސް ވަރު ޖުމްލަ 176 މެޗް ކުޅެލަދީ 2006 ގެ ފީފާ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގައި މުޙިންމު ދައުރެއް އަދާ ކޮށްފައެވެއެވެ. މީގެ އިތުރުން 2012 ގެ ޔޫރޯގެ ދެވަނަ ހޯދައި ފީފާ ކޮންފަޑަރޭޝަން ކަޕް ގެ ތިންވަނަ 2013 ގައި ހޯދާފައެވެ.

ކުލަބު އަދި ޤައުމީ ފެންވަރުގައި ގިނަ ކާމިޔާބުތަކެއް ހޯދި ބުފޮން ވަނީ އިންޑިވިޑިޖުއަލީ ގޮތުންވެސް ގިނަ ކާމިޔާބީތަށް ހާސިލްކޮށްފައެވެ.ކުލަބު ފެންވަރުގަޔާ ޤައުމީ ފެންވަރުގައި ބުފޮން ކުޅުން މެޗްތަކުގެ އަދަދު 1157 އަށް އަރައެވެ. އެއީ 1991-2023 އާ ހަމަޔަށެވެ. ބުފޮން ރިޓަޔާ ކުރިޔަސް ފުޓްބޯޅަ ދުނިޔޭގައިވެސް އެއިރުވެސް އަދި މިހާރުވެސް ބަލައިގަނެވޭނީ ވަރުގަދަ ލެޖެންޑެއްގެ ގޮތުގައެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. Anonymous

    ތަރުޖަމާކުރާއިރު ލަފުޒުން ލަފުޒަށް އޮތުން މުހިނަމެއް ނޫން. ކޮންމެސް ވަރަކަށް އަމިއްލަ އިބާރާތްވެސް ގެންގުޅުން މުހިންމު