ފީފާ އަންހެނުންގެ ވޯލްޑް ކަޕްގައި ޖަޕާން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ވޯލްޑް ކަޕްގެ ދެވަނަ ބުރުގައި ޖަޕާނުން ވަނީ 3-1 އިން ނޯވޭ ބަލިކޮށްފައެވެ.

ފީފާ އަންހެނުންގެ ވޯލްޑް ކަޕްގައި ޖަޕާން ކުއާޓާ ފައިނަލްްސް އަށް ގޮއްސިއެެވެ.

މި މެޗްގައިި ދެ ޓީމުންވެސް ވަރަށް ރަނގަޅު ކުޅުމެއް ދައްކަމުން ދިޔައެވެ. ތާރީހަށް ބަލާލާއިރު މި ދެ ޓީމުން އެންމެ ފަހުން ކުޅުނު ދެ މެޗް ވެސް ކާމިޔާބު ކޮށްފައިވަނީ ޖަޕާނުންވެ. ރޭންކިން އަށް ބަލާލާ އިރުވެސް ކުރީގައި އުޅެނީ ޖަޕާނެވެ.

ފުރަތަމަ ހާފްގެ 15 މިނެޓު ކުޅެވުނު ތަނާ ނޯވޭ އަށް ހެދުނު ގޯހަކުން އެ ޓީމު ކޮޅަށް ބައިކޮޅަށް ވަނީ ލަނޑެއް ވަދެފައެވެ. ނަމަވެސްް މާ ގިނަ އިރުތަކެއް ނުވެ ނޯވޭއިން ވަނީ ނަތީޖާ އެއްވަރު ކޮށްފައެވެ. މި ލަނޑު ނޯއޭއަށް ކާމިޔާބު ކޮށްދިނީ އުމުރުން 29 އަަހަރުގެ ޗެލްސީގެ ގުރޯ ރެއިޓެންއެވެ.

ފުރަތަމަ ހާފް ނިމިގެން ދިޔައީ ދެ ޓީމުންވެސް 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

ދެވަނަ ހާފްގެ ކުޅުން ފެށި 50 ވަނަ މިނެޓުގައި ވެސްޓް ހަމްއަށް ކުޅޭ ރިސާ ޝިމުޒު ވަނީ ޖަޕާން އަށް ލީޑް ނަގައިދީފައެވެ. ޖަޕާނުގެ ފަހު ގޯލް ޖަހައިދީފައިވަނީ ހިިނަޓާ މިޔަޒަވާއެވެ. މި މޮޅާއެކީ ޖަޕާން އެ ވަނީ ފީފާ އަންހެނުންގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައެވެ.