ފަހު ސިކުންތުކޮޅުގައި އަންދްރޭ އޮނާނާ ދިފާއުކުރި ޕެނަލްޓީއާ އެކު މެންޗެސްޓާ ޔުނައިޓެޑް މޮޅުވެއްޖެއެވެ.

އެފްސީ ކޯޕަންހޭގަންއާ ދެކޮޅަށް ކުޅުނު މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 1-0 ނެވެ.

ރޭގެ މެޗު ފަށައިގެން ޔުނައިޓެޑުން އައީ ބޯޅަ ހިފަހައްޓައިގެން ކުޅުމުގެ ބަދަލުގައި އެޓޭކް ކުރެވޭތޯ މަސައްކަތް ކުރަމުންނެވެ. މެޗުން ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ދެވަނަ ހާފްގައި ޖެހީ ޓީމްގެ ކުރީގެ ކެޕްޓަން ހެރީ މެގުއާއެވެ. އޭނާ އަތުން މިސީޒަންގައި ކެޕްޓަން ބޭންޑް ނެގީވެސް ބޮޑަތި ގޯސްތަކެއް ތަކުރާރުވެ, ސަޕޯޓަރުންގެ ނުރުހުމާއި ފާޑުކިއުންތައް އަމާޒުވާތީއެވެ. އެކަމަކި އެންމެފަހުން ތިން މެޗެއްގައިވެސް އޭނާ ވަނީ ރަނގަޅަށް ކުޅެ ކޯޗު ޓެން ހާގުގެ އިތުބަރު ދަމަހައްޓާފައެވެ. މެޗުގައި މެގުއާ ލަނޑުޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީ އެރިކްސަންއެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީވެސް އޭނާއެވެ.

ދެ ޓީމުން ވެސް ރަނގަޅު ހަމަލާތަކެއް ގޯލަށް ފޮނުވާލި މި މެޗުގައި ކޮޕެންހެގަން އަށް ނަތީޖާ ހަމަހަމަކުރަން ރަނުގެ ފުރުސަތެއް ފަހު ވަގުތު ލިބުނެވެ. ނަމަވެސް ޖޯޑަން ލާސަން ފޮނުވާލި ޕެނަލްޓީ ދިއާއުކޮށް މެޗުން ޔުނައިޓެޑަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ އޮނާނާ އެވެ.

ރޭގެ މޮޅާ އެކު ޔުނައިޓެޑު ވަނީ ގްރޫޕު އޭގެ ތިން ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް ތިން ޕޮއިންޓް ލިބިފައިވާއިރު، އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށްފައިވާ ބަޔާން މިޔުނިކެވެ.

ބަޔާނުން ވަނީ ރަށުން ބޭރުގައި ގަލަސަތަރާއި އަތުން ރޭ 3-1 އިން މޮޅުވެފަ އެވެ. މި މެޗުގައި އެ ޓީމުގެ ގޯލުތައް ޖަހައިދިނީ ކިންސްލީ ކޯމަން، ހެރީ ކޭން އަދި ޖަމާލް މުސިއާލާ އެވެ. ގަލަސަތަރާއިގެ ހަމައެކަނި ގޯލު ޖަހައިދިނީ މައުރޯ އިކާޑީ އެވެ.