އިނގިރޭސި ޕުރެމިއަރ ލީގަކީ މުޅި ދުނިޔޭގައި ވެސް އެންމެ ގިނަ ބަޔަކު ބަލާ އަދި ސަޕޯޓްވެސް ކުރާ ލީގެވެ. ދުނިޔޭގެ އެންމެ އަގު ބޮޑު ލީގަށްވުމުގެ ސަބަބުން މި ލީގުގައި އަބަދުވެސް މޮޅެތި ކުޅުންތެރިން ކުޅެއެވެ. ޓީމުތަކަށް ލިބިފައިވާ މާލީ ތަނަވަސް ކަމުގެ ސަބަބުން ކުޅުންތެރިން ހޯދަށް ބޮޑު ހޭދައެއް އަބަދުވެސް ޔޫރަޕުގެ އެހެން ގައުމުތަކުގެ ލީގުތަކާއި އަޅާބަލާއިރު އިނގިރޭސި ޕުރެމިއަރ ލީގުގެ ކުލަބް ތަކުން ކުރެއެވެ. ފާއިތުވެ ދިޔަ އަހަރުތަކަށް ބަލާއިރު އިނގިރޭސި ވިލާތުގެ އެންމެ ކާމިޔާބު އެއް ޓީމު ކަމަށްވާ ލިވަޕޫލަށް ގެނައި އެންމެ މޮޅު ދެ ކުޅުންތެރިންނަކީ ސެނަގާލް ގެ ސާޑިއޯ މާނޭ އާއި މިސްރުގެ މުހައްމަދު ސަލާހެވެ.

އިނގިރޭސި ޕުރެމިއަރ ލީގުގެ ހުރިހާ ޑިފެންޑަރުންގެ ހިތް ތަކުގައި ބިރުވެރިކަން އުފައްދާ، ލީގުގެ ހުރިހާ ޑިފެންސެއް ފަސޭހަ ކަމާއެކީ ފޫއަޅުވާލާ، ގޯލްތައް ކާމިޔާބު ކުރަމުން ދިޔަ މި ދެ ކުޅުންތެރިންގެ ކުޅުމަށް ފުޓްބޯޅައަށް ލޯބި ކުރާ ހުރިހާ ފަރާތްތަކުން ވެސް ދިޔައީ ތައުރީފު ކުރަމުންނެވެ. ނަމަވެސް މިހާރު މި ދެކުޅުންތެރިންނާއި ބެހޭ އެހެން ވާހަކަ އެއް މީޑިއާތަކަށް މި ވަނީ ތިލަވެފައެވެ. އެއީ މި ދެކުޅުންތެރިންގެ މެދުގައި މާ ބޮޑު ގުޅުމެއް ނެތް ކަމުގެ ވާހަކައެވެ. މި ވާހަކަތައް މީޑިއާ އާއި ހިއްސާކުރީ ލިވަޕޫލް ގައި މި ދެކުޅުންތެރިންނާއި އެކުގައި ކުރިއަށް އަށް ކުޅުނު ބްރެޒިލް ގެ ރޮބާޓޯ ފަރމީނޯއެވެ.

"އަހަރެން އެ ދެކުޅުންތެރިންނާއި އެކީ ދަނޑުމަތީގައި ކުޅޭ އިރު، ދެމީހުންގެ ބޮޑީ ލޭންގްއޭޖް ހުންނަ ގޮތުން ދެނެގަނެވޭ ދެމީހުން އެކަކު އަނެކަކުދެކެ ހިތްހަމަނުޖެހިފައި ތިބޭކަން." ފަރްމީނޯ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވެއެވެ.

ސަލާހް އާއި މާނޭ ދެމެދު ގައިވާ ހިތްހަމަ ނުޖެހުމަކީ ސެނެގާލް އާއި މިސްރުގެ ވާދަވެރިކަން ކަމުގައި ވެދާނެ ކަމަށާއި، ވަރަށް ގިނައިން މެޗް ތަކުގައި އޭނާ ވާނީ ސަލާހް އަދި މާނޭ ހިތްހަމަ ނުޖެހިގެން އުޅޭ ކަންކަން ފިނި ކުރަން މަސައްކަތް ކޮށްފައި ކަމަށް މިހާރު ސައޫދީ ޕުރޯ ލީގުގައި ކުޅެމުން އަންނަ 32 އަހަރުގެ ހުނަރުވެރި ފޯވާޑް ބުނެފައި ވެއެވެ.

ސަލާހް، މާނޭ އަދި ފަރްމީނޯ އެކުގައި ކުޅުނު އިރު، ލިވަޕޫލުން ވަނީ އިނގިރޭސި ޕުރެމިއަރ ލީގު 30 އަހަރަށް ފަހު ކާމިޔާބު ކޮށް، އިނގިރޭސި އެފް އޭ ކަޕާއި، އަދި ޔޫރަޕުގެ އެންމެ މުހިންމު މުބާރާތް ކަމަށް ވާ ޗެންޕިއަންސް ލީގު ވެސް ކާމިޔާބު ކޮށްފައެވެ.

ސަލާހަކީ އަދިވެސް ލިވަޕޫލުގެ މުހިން،ު ކުޅުންތެރިއެކެވެ. މާނޭ މިހާރު ކުޅެމެން އަންނަނީ ކުރިސްޓިއާނޯ ރޮނާލްޑޯ އާއި އެކުގައި ސައުދީ ޕުރޯ ލީގުގެ އަލް ނަސްރަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މާނޭ

    ސަލާޚް ތީ ވަރަށް ފޮނި ގޮލައެއް ގިނަފަހަރަށް ޕާސްވެސް މަށަކަށް ނުކުރާނެ އަމިއްލަ އެދުން ބޮޑު ކިބުރުވެރި މީހެއް އޭނަ ހީކުރަނީ އެވަރަށް ގޯލް އޭރު ޖެހުނީ އޭނަ އެކަނި މޮޅުކަމުންކަމަށް މަ ދިޔައީމަ ޓީމް ޗޮކުންދިޔައީ އޭނައަށްވެސް އެވަރަކަށް ގޯލްނުޖެހޭ

    5
    1