ނިއުރޭޑިއަންޓް އަށް ފަސް އަހަރު ކޯޗްކޮށްދިން އޮސްޓްރޭލިޔާގެ ދަރިކޮޅަށް އުފަން ބޮސްނިއާގެ އާމިރު އަލަގިޗް ސްރީލަންކާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމާ ހަވާލުވެއްޖެއެވެ.

އާމިރު ވަނީ ރާއްޖޭގައި ނިއުރޭޑިއަންޓާއި އެކު 2015 ވަނަ އަހަރު ކުޑަ ދުވަސްކޮޅަކު މަސަތްކަތް ކޮށްފައެވެ. ނަމަވެސް އާމިރުގެ އިރުޝާދުގެ ދަށުން ނިއު އިން ކުޅުނީ ދެ މެޗެވެ. މި ދެ މެޗުން ބަލިވުމާއި އެކު އޭނާ ވަނީ އަމިއްލައަށް ޓީމުން ވަކިވެފައެވެ.

އާމިރު ސްރީލަންކާގެ ގައުމީ ޓީމާ ހަވާލުވުމަށްފަހު ކުޅޭ ފުރަތަމަ މެޗަކަށް ވާނީ އަންނަ މަހު ފަހުކޮޅު، އޭޝިއަން ކަޕް ކޮލިފައިންގައި ނޯތު ކޮރެއާއާ ދެކޮޅަށް ކުޅޭ މެޗެވެ. އެގޮތުން އޭނާ އަލަށް މި ހަވާލުވި ލަންކާގެ ގައުމީ ޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔަކީ ރާއްޖޭގެ ކްލަބު އީގަލްސްއަށް ކުޅޭ ސުޖަން ޕެރޭރާއެވެ.

ނިއުއަށް އެންމެ ފަހުން ކޯޗުކަން ކޮށްދިނީ ނިކާލޯ ކަވަޒޮވިޗައެވެ. ނިކާލޯ އަކީ ލަންކާގެ ގައުމީ ޓީމަށް އިރުޝާދު ދިން ކޯޗެކެވެ.

އޭނާގެ ކޯޗުކަމުގައި ނިއު އިން ވަނީ 2015 ވަނަ އަހަރު ލީގު ވެސް ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު