މެންޗެސްޓާ ޔުނައިޓެޑާއި ޕޯޗްގަލްގެ މަޝްހޫރު ފުޓްބޯޅަ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އެންމެ ފަހުން ލިބުނު އަންހެން ދަރިފުޅަށް ބެލާ އެސްމެރަލްޑާގެ ނަމުން ނަން ދީފިއެވެ.

ރޮނާލްޑޯ އާއި އޭނާގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒްގެ ދަރިފުޅު ބެލާ އެސްމެރަލްޑާ ދުނިޔެއަށް އުފަންވެފައި ވަނީ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުއެވެ. ޖޯޖީނާ އެންމެ ފުރަތަމަ ވިހަން އޮތީ އެއްމާބަނޑު ދެ ކުދިންނެވެ. އެކަމަކު، އޭގެ ތެރެއިން ފިރިހެން ކުއްޖާ ވިހެއުމުގެ ތެރޭގައި ވަނީ މަރުވެފައެވެ.

ބެލާ އެސްމެރަލްޑާ މިހާރު ވަނީ ގެއަށް ބަދަލުކޮށްފައެވެ.

ދުނިޔޭގައި އެންމެ އަގު ބޮޑު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ރޮނާލްޑޯގެ ހަގު ދަރިފުޅުގެ ފޮޓޯއެއް މި މަހުގެ ކުރީކޮޅު، އޭނާގެ އިންސްޓަގްރާމްގައި ވަނީ އާންމުކޮށްފައެވެ. އެ ފޮޓޯގައި ފެންނަނީ ރޮނާލްޑޯ، އޭނާގެ ހަގު ދަރިފުޅު އުރާލައިގެން ގޮނޑީގައި އިންދައެވެ.

ރޮނާލްޑޯގެ އާއިލާ.

ރޮނާލްޑޯގެ 431 މިލިއަން މީހުން ފްލޯ ކުރާ އިންސްޓަގްރާމް އެކައުންޓުގައި އާންމު ކުރި ފޮޓޯގައި ފެންނަނީ މިދިޔަ ހަފުތާގައި ލިބުނު އަންހެން ދަރިފުޅާއި ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް އާއި ހަތަރު ކުދިން އިށީނދެ ތިބެ ނަގާފައިވާ ފޮޓޯއެކެވެ. އެ ފޮޓޯގައި އެންމެންގެ މޫނު މަތިން ވެސް ހިނިތުން ވުން ފެނިގެން ގޮސްފައިވެއެވެ.

ރޮނާލްޑޯ ފޮޓޯ ކެޕްޝަންގައި ބުނެފައި ވަނީ އަންހެން ދަރިފުޅު މިހާރު ހުރީ އާއިލާއާ އެކުގައި ކަމަށެވެ. އަދި މި ދަތި އުނދަގޫ ވަގުތު އެންމެންގެ ފަރާތުން ލިބުނު ހިތްވަރާއި ލޯތްބަށް ޝުކުރު އަދާކުރިއެވެ.

"ތި އެންމެންގެ ސަޕޯޓު ވަރަށް މުހިންމު. އަހަރުމެންނަށް އިހްސާސް ކުރެވުނު ތި އެންމެން ވެސް އެމީހެއްގެ އާއިލާ އަށް ކުރާ އިހްތިރާމް. ދުނިޔެއަށް އާދެވުމުުން ވަރަށް ބޮޑު އުފަލެއް ލިބިގަންނަން ޖެހޭ،" ރޮނާލްޑޯ އެންމެ ފަހުން އިންސްޓަގްރާމްގައި އާންމުކުރި ފޮޓޯއާއެކު ކެޕްޝަންގައި ލިއެފައިވެއެވެ.

ރޮނަލްޑޯގެ އެހެން ދަރިންނަކީ ކްރިސްޓިއާނޯ ރޮނާލްޑޯ ޖޫނިއާ، 11، މެޓިއޯ ރޮނާލްޑޯ، 4، އަލާނާ މާޓިނާ ޑޯސް ސަންޓޯސް އަލްވެރޯ، 4، އަދު އީވާ މާރިއާ ޑޯސް ސަންޓޯސް، 4 އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. Anonymous

    އޭނަގެ ދަރިޔަކަށް ވެގެންތާ ނަން ވާނީ. އަދި ނޭނގެ އިނދެގެން ކަމެއް ވެސް އުޅެނީ.

    13
    1
  2. ޭިެެއިބުރާހީމް

    އަހަރަމެންނަށް ކޮންމެ ނަމެއް ކިޔަސް ކޮންކަމެއް.

    12
    1
  3. އަހުމަދު

    އެހާ މުހިއްމު ކަމެއް ކަމަކަށް ނުދެކެން.

    9
    1
  4. އާދަނު

    ލޯބިވެރިޔާއޯ!!!! ވިހައި އަވަދިނުވޭ~ ކާއިވެނިވީތަނެއް ނޭގޭ!

    13
  5. ކަދުރު

    އާނ. ޔާމީން ކޮއްކޮއަށް ގޫގުލް ބޭބެ އެނގޭތަ؟

  6. ޞިއްދީޤް

    ކީރިތި މާތް ނަބިއްޔާގެ ދަރިދަރިކަލުން ނަންތައް ކުޔުއްވައި ދެއްވާނެ ނަމަ!!!

  7. ކައި

    ކައިވެންޔާ ނުލާ ލިބޭ ދަރިންތަކެއް.ހެހެހހހެެ