ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ދެވަނަ ލެގުގައި ޗެލްސީއާއި ރިއަލް މެޑްރިޑް ބައްދަލު ކުރި މެޗު ރިއަލް އިން ކާމިޔާބުކޮށްފިއެވެ.

ޗެލްސީގެ ދަނޑުގައި ކުޅުނު މި މެޗު ރިއަލް އިން ކާމިޔާބު ކުރީ 0-2ގެ ނަތީޖާއަކުންނެވެ.

ސެމީ ފައިނަލްގެ ޖާގަ ކަށަވަރުވާ މި މެޗުގައި ދެ ޓީމުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައިވެއެ. ފުރަތަމަ ހަާފުގައި ދެ ޓީމުންވެސް ގޯލާ އަމާޒުކޮށް ދެ ހަމަލާ ފޮނުވާލި އިރު ގޯލެއް ކާމިޔާބު ކިރެވިފައެއް ނުވެއެވެ.

ފުރަތަމަ ހާފެކޭ އެއްގޮތަށް ދެވަނަ ހާފުގައިވެސް ދެޓީމުންވެސް ގޯލަށް ނުރައްކާތެރި ހަމަލާތަކެއް އަމާޒުކުރިއެވެ.

މި މެޗުގައި ރިއަލްގެ ފުރަތަމަ ގޯލު މެޗުގެ 58ވަނަ މިނެޓުގައި ވިނިޝިއަސްގެ އެހީތެރި ކަމާއެކު ކަމިޔާބުކޮށްދިނީ ރޮޑްރިގޯއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ރިއަލްގެ ފަރާތުން ގިނަ ބަދަލު ތަކެއް ފެނިގެން ދިޔައިރު، ދެވަނަ ހާފުގެ 70ވަނަ މިނެޓުގައި ކަރިމް ބެންޒެމާވެސް ވަނީ ބަދަލުކޮށްފައެވެ.

މި މެޗުގެ ދެވަނަ ލަނޑުވެސް ކާމިޔާބު ކުރީ ފުރަތަމަ ލަނޑު ކާމިޔާބުކުރި ރޮޑްރިގޯއެވެ. ވަލްވާޑޭގެ އެހީތެރި ކަމާއެކު ކާމިޔާބު ކުރި މި ލަނޑާއެކު އެގްރިގޭޓް ނަތީޖާ ވަނީ 0-4 ބަދަލުވެފައެވެ.

ސެމީ ފައިނަލުގެ ފުރަތަމަ ލެގު އޮންނާނީ މޭ މަހުގެ 9 ވަނަ ދުވަހުއެވެ.