ފްރާންސްގެ ރެނޭސް އަށް ކުޅެމުންއައި ބެލްޖިއަމްގެ ހަލުވި ވިންގް، ޖެރެމީ ޑޮކޫ، އިނގިރޭސި ކްލަބު މެންޗެސްޓާ ސިޓީ އަށް ބަދަލުވެއްޖެއެވެ.

ޑޮކޫ، 21، ގެ ސޮއި ހޯދުމަށް ސިޓީން ވަނީ ގާތްގަނޑަކަށް 55.4 މިލިއަން ޕައުންޑްގެ ޓްރާންސްފީ ފީ އެއް ރެނޭސް އަށް ދައްކާފައެވެ. ޑޮކޫ ވަނީ ސިޓީ އާއެކު ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

ޑޮކޫ ވަނީ މިދިޔަ ތިން ސީޒަނުގައި ފްރެންޗް ލީގުގައި 75 މެޗު ކުޅެދީ، 10 ގޯލް ޖަހައިފައެވެ. އަދި އޭނާ ވަނީ ބެލްޖިއަމްގެ ގައުމީ ޓީމަށް މިހާތަނަށް 16 މެޗު ކުޅެފައެވެ.

2020 ވަނަ އަހަރުގެ ސީޒަނަށް 22.3 މިލިއަން ޕައުންޑް (26 މިލިއަން ޔޫރޯ) ގެ ޓްރާންސްފާ ފީ އަކަށް ރެނޭސް އަށް ބަދަލުވި ޑޮކޫ ވަނީ އެންޑަލެކްޓްގެ ޔޫތު ލެވެލްގައި އެކި އުމުރުފުރާގެ ޓީމުތަކަށް ކުޅެފައެވެ.

އެންމެ ފަހުގެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި، މިދިޔަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވާދަކުރި ބެލްޖިއަމް ޓީމުން ފެނިގެންދިޔަ ޑޮކޫ، ސިޓީގައި ބޭނުންކުރާނީ 11 ނަންބަރު ޖާޒީ އެވެ.

ޑޮކޫ އަކީ ސިޓީ އަށް މި ފަހަރުގެ ސީޒަނަށް ގެނައި ތިންވަނަ ކުޅުންތެރިޔާ އެވެ. މިދިޔަ ސީޒަނުގައި 'ޓްރެބަލް' ކާމިޔާބުކުރި ސިޓީން ވަނީ މިހާތަނަށްއައިއިރު ކްރޮއޭޝިއާގެ ދެ ކުޅުންތެރިން ކަމަށްވާ މަޓެއޯ ކޮވެސިޗް އާއި ޖޮސްކޯ ވާޑިއޯލްގެ ސޮއި ހޯދާފައެވެ. ނިމިދިޔަ ސީޒަނަށްފަހު އެ ޓީމު ދޫކޮށްލި ކުޅުންތެރިންގެ ތެރޭގައި؛ ކެޕްޓަން އިލްކާއި ގުންޑޮގާން އާއި ރިޔާދް މާރޭޒް އަދި އައިމެރިކް ލަޕޯޓް ހިމެނެއެވެ.

މީގެއިތުރުން، ސިޓީގެ އިތުބާރު މިޑްފީލްޑަރު، ކެވިން ޑި ބްރޭނާ އަށް ލިބިފައިވާ އަނިޔާގެ ސަބަބުން ދިގު މުއްދަތަކަށް ކުޅުމާ ދުރުގައި ހުންނަން ޖެހިފައިވުމާއެކު އެ ޓީމުން ދަނީ އިތުރު ކުޅުންތެރިއަކު ހޯދުމުގެ މަސައްކަތްކުރަމުންނެވެ. އެގޮތުން، ދާދިފަހުން ވުލްވްސްގެ