ކޮންމެ އަހަރަކުވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ (ބެލެންޑިއޯ) އެވޯޑް ހޮވައެވެ. އެންމެ ފަހުން ބެލެންޑިއޯ ހޯދާފައިވަނީ ފްރާންސްގެ އުމުރުން 35 އަހަރުގެ ކަރިމް ބެންޒިމާއެވެ. ބެންޒިމާ ވަނީ މިދިޔަ ސީޒަނުގައި ކުޅުނު 43 މެޗުން 31 ލަނޑު ކާމިޔާބުކޮއްފައެވެ. ބެލެންޑިއޯ ފުރަތަމަ ދެެވުނު އަހަރަކީ 1956 ވަނަ އަހަރެވެ. އެއަހަރު ބެލެންޑިއޯ ހޯދައިފައިވަނީ އިނގިރޭސި ވިލާތުގެ ސްޓަންލީ މެތިއުސްއެވެ. މެތިއުސް ވަނީ ބްލަކްޕޫލަށް ކުޅުނު 379 މެޗުން 170 ލަނޑު ކާމިޔާބުކޮއްފައެވެ.
އިނގިރޭސި ވިލާތުގެ ސްޓަންލީ މެތިއުސް
މިއަހަރުގެ ބެލެންޑިއޯ ލިސްޓްގައި ވަރަށް ހުނަރުވެރި ޒުވާން ކުޅުންތެރިންވެސް ހިމެނެއެވެ. ދެން މި ބަލާލަނީ ލިސްޓްގައި ހިމެނިފައިވާ ކުޅުންތެރިންނަށެވެ.
  • އަންދްރޭ އޮނާނާ - އިންޓަ މެންޗެސްޓާ ޔުނައިޓެޑް/ކެމަރޫން
    ޖޮސްކޯ ގްވާޑިއޯލް - އާރްބީ ލިޕްސިއާ-މެންޗެސްޓާ ސިޓީ/ކްރޮއޭޝިއާ
    ކަރީމް ބެންޒެމާ - ރިއަލް-މެޑްރިޑް-އަލް އިއްތިހާދު
    ޖަމާލް މުސިއާލާ - ބަޔާން މިއުނިކް/ޖަރުމަނުވިލާތް
    މުހައްމަދު ސަލާހު - ލިވަޕޫލް/މިސްރު
    ޖޫޑް ބެލިންހަމް - ބޮރޫޝިއާ ޑޯޓްމަންޑް-ރެއާލް މެޑްރިޑް/އިންގްލެންޑް
    ބުކަޔޯ ސަކާ - އާސެނަލް/އިންގްލެންޑް
    ރެންޑަލް ކޮލޯ މުއާނީ - އައިންޓްރަކްޓް ފްރެންކްފަރޓް-ޕެރިސް ސެއިންޓް ޖަރމައިން/ފްރާންސް
    ކެވިން ޑި ބްރޫއިން - މެންޗެސްޓާ ސިޓީ/ބެލްޖިއަމް
    ބާނާޑޯ ސިލްވާ - މެންޗެސްޓާ ސިޓީ/ޕޯޗުގަލް
    އެމިލިއާނޯ މާޓިނޭޒް - އެސްޓަން ވިލާ/އާޖެންޓީނާ
    ޚްވިޗާ ކްވަރަޓްސްޚެލިއާ - ނަޕޯލީ/ޖޯޖިއާ
    ރޫބެން ޑިއާސް - މެންޗެސްޓާ ސިޓީ/ޕޯޗުގަލް
    ނިކޮލޯ ބަރެލާ - އިންޓަ މިލާން/އިޓަލީ
    އެރްލިންގް ހާލަންޑް - މެންޗެސްޓާ ސިޓީ/ނޯވޭ
    ޔާސީން ބައުނޫ - ސެވިއްޔާ-އަލް ހިލާލް/މޮރޮކޯ
    މާޓިން އޮޑެގާޑް - އާސެނަލް/ނޯވޭ
    ޖޫލިއަން އަލްވާރޭޒް - މެންޗެސްޓާ ސިޓީ/އާޖެންޓީނާ
    އިލްކޭ ގުންޑޮގަން - ބާސެލޯނާ/ޖަރުމަނުވިލާތް
    ވިނިސިއަސް ޖޫނިއާ - ރެއާލް މެޑްރިޑް/ބްރެޒިލް
    ލިއޮނަލް މެސީ - ޕެރިސް ސެއިންޓް ޖާމައިން-އިންޓަރ މިއާމީ/އާޖެންޓީނާ
    ރޮޑްރީ - މެންޗެސްޓާ ސިޓީ/ސްޕެއިން
    ލައުޓަރޯ މާޓިނޭޒް - އިންޓަ މިލާން/އާޖެންޓީނާ
    އެންޓޮއިން ގްރިޒްމަން - އެތުލެޓިކޯ މެޑްރިޑް/ފްރާންސް
    ރޮބަޓް ލެވަންޑޮސްކީ - ބާސެލޯނާ/ޕޮލެންޑް
    ކިލިއަން އެމްބާޕޭ - ޕެރިސް ސެއިންޓް ޖާމައިން/ފްރާންސް
    ކިމް މިން-ޖޭ - ނަޕޯލީ-ބަޔާން މިއުނިކް/ދެކުނު ކޮރެއާ
    ވިކްޓަރ އޮސިމްހެން - ނަޕޯލީ/ނައިޖީރިއާ
    ލޫކާ މޮޑްރިޗް - ރެއާލް މެޑްރިޑް/ކްރޮއޭޝިއާ
    ހެރީ ކޭން - ޓޮޓެންހަމް-ބަޔާން މިއުނިކް/އިންގްލެންޑް
  • މެސީ އަދި ހާލެންޑް

މި ލިސްޓުގައިވެސް ހިމެނޭ ބައެއް ކުޅުންތެރިންނަށް ބެލެންޑިއޯ ލިބުމުގެ ޗާންސް ބޮޑުވެގެންދެއެވެ. މެސީ އަދި ހާލެންޑްގެ ވާދަވެރިކަން ވަރަށްވެސް ބޮޑެވެ. ސަބަބަކީ މެސީ މިދިޔަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށް މީގެ ކުރިން ބެލެންޑިއޯ 7 ފަހަރު ހޯދައިފައިވާތީއެވެ. މެސީ އަކީ ދުނިޔޭގެ އެންމެ ގިނައިން ބެލެންޑިއޯ ހޯދާފައިވާ ކުޅުންތެރިޔާއެވެ. ދަނޑުގައި ޕްލޭމޭކަރ އަދި ކްރިއޭޓަރެއްގެ ގޮތުގައި ކުޅެމުން އަންނަ މެސީ ވަނީ ލީގު 1 ގައި 16 ގޯލް ޖަހައި 16 އެސިސްޓް އަދި ހުރިހާ މުބާރާތެއްގައި 21 ގޯލް ޖަހައި 20 އެސިސްޓް ހަދާފައެވެ. ޕީއެސްޖީއަށް އޭނާގެ ކްލަބް ސްޓެޓިސްޓިކްސް މެން ސިޓީއަށް ހާލަންޑްގެ ސްޓެޓިސްޓިކްސް އާއި އެއްވަރަށް މޮޅު ނޫން ނަމަވެސް ލީގުގައި އެންމެ ގިނަ އެސިސްޓްތައް ފޯރުކޮށްދިން ޕީއެސްޖީއަށް ލީގު 1 ކާމިޔާބުކުރުމުގައި މުހިންމު ދައުރެއް މެސީ ވަނީ އަދާކޮއްފައެވެ.

 

ޕީއެސްޖީއަށް މެސީގެ އަދަދުތައް އޭނާގެ 8 ވަނަ ބެލޮންޑިއޯ ހޯދުމަށް އެހީނުވެވުނު ނަމަވެސް ވޯލްޑް ކަޕްގައި އޭނާ ދެއްކި ކުޅުމުން ހަމައެކަނި އޭނާއަށް ބެލެންޑިއޯ ލިބިދާނެއެވެ. އާޖެންޓީނާގެ ވޯލްޑް ކަޕް ކެމްޕޭންގައި ގަތަރުގައި ކުޅުނު 690 މިނެޓުގައި މެސީ ކުޅުނެވެ. މެސީވަނީ 7 ގޯލާއި 3 އެސިސްޓް ޖަހައިގެން – އެންމެ ގިނަ އެސިސްޓް ދިން ކުޅުންތެރިޔާގެ މަޤާމު ހޯދައިފައެވެ. ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހީ ފްރާންސްގެ ފޯވާރޑް ކީލިއަން އެމްބާޕޭއެވެ.

މެސީ ވޯލްޑް ކަޕް ކާމިޔާބުކޮއްފައި/ ސްކައި ސްޕޯޓްސް

އެރްލިންގް ހާލަންޑް 2022 ވަނަ އަހަރުގެ ހޫނު މޫސުމުގައި ބޮރޫޝިއާ ޑޯޓްމަންޑުން 51.2 މިލިއަން ޕައުންޑަށް މެންޗެސްޓާ ސިޓީއާ ގުޅުނުއިރު، އޭނާ ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ގިނަ ރެކޯޑްތަކެއް ހަދާފައެވެ. އުމުރުން 22 އަހަރުގެ ނޯވޭގެ ފޯވާޑް މެންޗެސްޓާ ސިޓީއަށް ކުޅުނު ފުރަތަމަ ސީޒަނުގައި 26 ރެކޯޑް މުގުރާލިއިރު، މިއީ ޔޫރަޕްގެ ކުޅުންތެރިއަކު ކުޅުނު އެންމެ މޮޅު ޑެބިއު ސީސަން ކަމަށް ޖަދަލު ނުކުރެވޭނެ އެވެ. ސާޖިއޯ އަގުއެރޯގެ ބަދަލުގައި ގެނައި ޒުވާން ފޯވާޑް އެކަން ކުރީ އެންމެ ފުރިހަމަ ގޮތުގައިއެވެ. އޭނާ ވަނީ ލީގުގައި 36 ގޯލް ޖަހައި ހުރިހާ މުބާރާތެއްގައި 52 ގޯލު ޖަހައިފަ އެވެ. މި ސީޒަނުގައި ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގާއި މުޅި ޔޫރަޕްގައި ވެސް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ގޮތުގައި ފާހަގަކޮށްލެވުނު ހާލާންޑްގެ ލަނޑުދަނޑިތަކަކީ 2022/23 ސީޒަނުގައި މެންޗެސްޓާ ސިޓީއަށް ތިން ތަށި ކަށަވަރުކޮށްދިނުމަށެވެ.

 

ބެލެންޑިއޯ ކާމިޔާބުކުރުމަށް މުހިންމު ލަނޑުދަނޑިތަކެއް ކަމަށްވާ ޕްރިމިއާ ލީގާއި ޗެމްޕިއަންސް ލީގާއި، އެފްއޭ ކަޕް، ވަނީ ހާލެންޑް ކާމިޔާބުކޮއްފައެވެ. އަދި ފާހަގަކޮށްލަންޖެހޭ ކަމަކީ އޭނާ އަކީ މި ސީޒަނުގައި މެންޗެސްޓަރ ސިޓީގެ އެންމެ މޮޅު ކުޅުންތެރިޔާ އީޕީއެލްގެ ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި ސީޒަންގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާއެވެ.

ހާލެންޑް ޕްރެމިއާ ލީގް ކާމިޔާބުކޮއްފައި/ ގެޓީ އިމޭޖަސް

ބެލޮންޑިއޯ އެވޯޑަ ދޭނީ ސީޒަނުގެ ހުރިހާ މުބާރާތަކުން އެންމެ މޮޅު ކުޅުންތެރިޔާ އަށެވެ. މަތީގައިވާ މެސީ އާއި ހާލަންޑްގެ ކުޅުމާއި ކާމިޔާބީތަކަށް ބަލާއިރު، އެއްބަޔަކު ބުނަނީ ހާލަންޑަށް އެކަން ހައްގުވަނީ އޭނާ ޖެހި ގޯލްތަކާއި ކާމިޔާބުކުރި ތަށިތަކުގެ ސަބަބުން ކަމަށެވެ. ނަމަވެސް އަނެއް ބަޔަކު ބުނަނީ މެސީއަށް އެކަން ހައްގުވަނީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތުގައި އޭނާ ދެއްކި ކުޅުމުގެ ސަބަބުން ކަމަށެވެ. އަދި އެންމެ ގިނަ ބެލޮންޑިއޯ ހޯދި ރެކޯޑް އޭނާގެ އަތުގައި އޮތްއިރު، އުމުރުން 36 އަހަރުގައި އިތުރު ބެލެންޑިއޯއެއް ލިބުމަކީ ފުޓްބޯޅައަށް ލޯބިކުރާ ބައެއް މީހުންގެ އުންމީދެކެވެ. ހަމައެއާއެކު ހުނަރުވެރި ފޯވާރޑް ހާލެންޑަށް، އޭނާ މިހާ ޒުވާން އުމުރުގައި ކުރިއަށް އޮތީ ވަރަށް އުޖާލާ ފުޓްބޯޅަ ހަޔާތެކެވެ. މި އަހަރުގެ ބެލެންޑިއޯ ދިނުމަށް ހަމަޖެހިފައިވަނީ މި މަހު 30 ގައެވެ.

 

 

 

 

 

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރޮނާލޑޯ

    މެސީއަށް ޙައްގު.
    ހާލަންޑު ގިނަ ގޯލްތަކެއް ޖެހިޔަސް ޔޫސީއެލް މުހިއްމު މެޗްތަކުގަ ހުރީ ގެއްލިފަ. ސިޓީގެ ހީރޯއަކީ ރޮޑްރީ ޔޫސީއެލްގަ.

    19
    9
  2. މެސީ

    މެސީ

    18
    7
  3. އައްމަޑޭ

    ހާލަންޑް

    2
    6