އައިކޮމް އޮންލައިންގެ ފަރާތުން ކ.ގުރައިދޫ އަށް ދެމުން އަންނަ ކޭބަލް ޓީވީ ހިދުމާއި އިންޓެނޭޓް ހިދުމަތް އިތުރު ހަރުފަތަަކަށް ގެންގޮސްދީފިއެވެ.

އައިކޮމް އިން މައުލޫމާތުދޭ ގޮތުގައި، ގުރައިދޫގައި މިއަދު ފައިބާ ނެޓްވޯކް ގާއިމްކޮށްގެން އަލަށް ހިދުމަތް ދޭން ވަނީ ފަށާފައެވެ.

އައިކޮމް އޮންލައިންގެ ވެރިޔާ އަލީ ރަމީޒް ވިދާޅުވީ، ގުރައިދޫ އަށް އައިކޮމް އޮންލައިންގެ ފަރާތުން ފައިބާ ނެޓްވޯކް ގާއިމްކޮށް އަމިއްލަ ރަށުގައި ތިބެގެން ރައްޔިތުންނަށް ފުރިހަމަ އަދި އެހާމެ ހެޔޮ އަގެއްގައި ހިދުމަތްދޭން ފެށުމަކީ ވަަރަށް އުފާވެރިކަމެއް ކަމަށެވެ.

"ކުރިން އޮންނަނީ ހަމަ ނޯމަލް ނެޓްވޯކެއް. މިހާރު އަޅުގަނޑުމަނެް ބަދަލުކޮށްލީ ގުރައިދޫވެސް ފައިބާ ނެޓްވޯކްއަށް". އޭނާ ވިދާޅުވިއެވެ.

ރަމީޒް ވިދާޅުވި ގޮތުގައި، މިއީ ވަރަށް ގިނަ ދުވަހުގެ ބުރަ މަސައްކަތެކެެވެ. އެގޮތުން މިއީ 2004 ވަނަ އަހަރުން ފެށިގެން ކުރަމުން އައި މަސައްކަތެއް ކަމަށައި، 2004 ވަނަ އަހަރު ވަރަށް އާދައިގެ ގޮތަކަށް އޭނާ ފެށި ވިޔަފާރިއެއްކަމަށް ވިދާޅުވިއެވެ.

"މިހާރު ހިދުމަތް ފުޅާވެގެންގޮސް ތިން ރަށަށް އަޅުގަނޑުމެންގެ ހިދުމަތް ލިބެމުންދާނެ. އިރާދަކުރެއްވިޔާ ހަމަ ބުނަން ކެރޭނެ އައިކޮމް އޮންލައިންގެ ފަރާތުން ދޭ ވަރުގެ ހިދުމަތެއް ދެވޭނެ އިތުރު ބަޔަކު ނޫޅޭނެއޭ. މިބުނީ މިހާ ކޮލެޓީކޮށް މިހާ ފާސްޓްކޮށް. އަދި މިހާ ލޭޓަސްޓް އިކިއުޕްމެންޓާ އެކީގައި މިހާރު އަޅުގަނޑުމެން ހިދުމަތްދެމުން މިދަނީ.". ރަމީޒް ވިދާޅުވިއެވެ.

މިހާރު އައިކޮމް އިން ހިދުމަތް ދެމުން ގެންދަނީ، ކ.މާފުށި، ކ.ގުޅި. އަދި ކ،ގުރައިދޫ އަށެވެ.

ރަމީޒް ވިދާޅުވި ގޮތުގައި، ތިން ރަށުންވެސް އެ ވަރަށް ބޮޑު ސަޕޯޓަށް އެ ޓީމަށް ލިބެއެވެ. އޭނާ ވިދާޅުވިގޮތުގައި، މިހާރު އައިކޮމްގައި 40 ވަރަކަށް މުވައްޒަފުން މަސައްކަތް ކުރެއެވެ. އަދި މިއީ ވަރަށް ބޮޑު ކުރިއެެރުމެއް ކަމަށާއި، އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ރަށުގައި ތިބެގެން، ރަނގަޅު ވަޒީފާއެއްގައި ތިބެ ރަނގަޅު މުސާރައެއް ލިބޭނެ ކަމަށެވެ.

"އަޅުގަނޑުގެ އުއްމީދަކީ މިކަން އަދިވެސް ފުޅާކޮށް އިތުރު ރަށްތަކަށް އަޅުގަނޑުމެންގެ މި ހިދުމަތް އަގު ހެޔޮކޮށް ފޯރުކޮށްދިނުން". ރަމީޒް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަޅި އައްޔަ

    ކޮންއިރަކު އައިކޮމް އައިއެސްޕީ އަކަ ވީ އަމިއްލަ އަކަ އިންޓަނެޓް ހިދްމަތް ދޭން.

  2. ސަޅިބެ

    ހުރިހާފިހާރަޔަކީ މުދާ އިމްޕޯޓުކޮށްގެންވިއްކާތަންތަނެއްނޫން
    އަަިކޮމް އިންވެސް ކޮއްމެވެސް ތާކުން އިންޓަރނެޓް ގަނެގެންތާ ވިއްކާނީ