މިފަހަރު ރަމަޟާން މަހު ހިތްފަސޭހަ މާހައުލެއްގައި ޢާއިލާއާއި ރައްޓެހިންނާއެކު ރޯދަވީއްލުމަށް އޯ.ޓީ.ޕީ ރެސްޓޯރަންޓް ވަރެއް ނެތޭވެސް ބުނެވިދާނެއެވެ. ހެންވޭރު ޗައިނާ އެމްބަސީ ހުންނަ ދުނބުގަސް މަގުގައި ހުރި މި ރެސްޓޯރަންޓަކީ މިވަގުތު މާލޭގައި ހުރި އެންމެ ހިތްގައިމު އެއް ރެސްޓޯރަންޓެވެ. ގާޑަން އިޙްސާސް ކުރެވޭ ގޮތަށް ފަރުމާ ކުރެވިފައިވާ މި ރެސްޓޯރަންޓްގައި އޭސީ ހޯލަކާއި، އަޕަރ ޑެކް އަދި ޕްރައިވެޓްކޮށް ތިބެވޭއެކި ބައިތައްވެސް ހިމެނެއެވެ. އަދި އެބައިތައް ވަކި ވަކިން ޕްރައިވެޓްކޮށްބުކްވެސް ކޮށްލެވޭނެއެވެ.

ވަރަށް ގިނަ ހިތްޤައިމު ތަފާތު ވައްތަރުގެ ގަސްގަހާގެހިން ޒީނަތްތެރި ކުރެވިފައިވާ މިރެސްޓޯރަންޓްގެ ރޯދަވީއްލުމަށް ތައްޔާރު ކުރެވިފައިވާ އިފްތާރް މެނޫގައި އާއްމުކޮށް ދިވެހިންނާ ގުޅޭ ވަރަށްގިނަ ތަފާތު ބާވަތްތައް ހިމެނެއެވެ. އަދި މި ރަމަޟާން މަހުގެ ރޯދަވީއްލުމަށް ޢޯ.ޓީ.ޕީ ގެ މެނޫ އަގަކީ ބޮލަކަށް ހަމައެކަނި އެންމެ 260++ ރުފިޔާއެވެ.

އޯޓީޕީ ބައި ސޮލައިޓްގެ ބުކިންގ ހެދުމަށް ގުޅުއްވާނީ 7376060 ނަންބަރ ފޯނަށެވެ.

ކިޔުންތެރިންގެ ހިޔާލު