ދިރާގު ގުޑިފެސްޓް މާދަމާ ހުޅުމާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ގުޅިގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ހަރަކާތް އޮންނާނީ މާދަމާ ހަވީރު 5:00 އިން 6:00 އަށް ދިރާގު ބީޗް، ހުޅުމާލެ ފޭސް 2ގެ އެންޓްރެންސްގައެވެ.

ހުރިހާ އުމުރުފުރައެއްގެ ކުދިންނަށް ދިރާގު ގުޑިފެސްޓްގައި ބައިވެރިވެވޭނެއެވެ. އަދި މި އިވެންޓަށް އަންނަ ކޮންމެ ކުއްޖަކަށްވެސް ހިލޭ ގުޑިއެއް ލިބިގެންދާނެއެވެ.

ދިރާގު ގުޑިފެސްޓް އަކީ ރަމަޟާން މަހު ދިވެހީންގެ މެދުގައި އޮންނަ ޒަމާންވީ ސަގާފީ އާދަކާދައެއް ކަމަށްވާ ގުޑި އެރުވުމުގެ ހަރަކާތަށް ގިނަ ކުދިން އަހުލުވެރި ކުރުވުމުގެ ގޮތުންމިދިޔަ އަހަރު އެކުންފުނިން ފެށި ހަރަކާތެކެވެ. އެގޮތުން ވޭތުވެދިޔަ ރަމަޟާން މަހެކޭއެއްފަދައިން މިއަހަރުވެސް ދިރާގު ގުޑިފެސްޓް މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްދާނެއެވެ.

އެގޮތުން މި ރަމަޟާން މަހުގެ ފުރަތަމަ ގުޑިފެސްޓް އިވެންޓް ވަނީ މިދިޔަ އަންގާރަ ދުވަހު މާލޭއުސްފަސްގަނޑުގައި ބާއްވާފައެވެ. މި ހަރަކާތަށް ވަނީ އާންމުންގެ ހޫނު ތަރުހީބެއް ލިބިފައެވެ.

ދިރާގުން އަންނަނީ ރަމަޟާން މަހާ ގުޅުވައިގެން އާންމުންނަށް ހިތްގައިމު ހަރަކާތްތަކާއިއޮފާތައް ގެނެސްދެމުންނެވެ. އަދި އެކުންފުނިން ވަނީ ރަމަޟާން މަހުގެ ބާކީ އޮތް ދުވަސްތަކަކީ ކަސްޓަމަރުންނަށް ބަރަކާތްތެރި މައްސަރަކަށްވުމަށްވެސް އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު