މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ފޯނުގެ ވިޔަފާރި ކުރަމުން އަންނަ ބެސްޓް ބައި މޯބައިލް އިން ސެމްސަންގް އިން އެންމެ ފަހުން ނެރުނު ގެލެކްސީ އެސް24 ސީރީޒްގެ ލިމިޓެޑް އެޑިޝަން ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.

ސެމްސަންގް ގެލެކްސީ އެސް24 ރަސްމީކޮށް ނެރެފައިވަނީ މި އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ގައެވެ. މިއީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ހިމަނާފައިވާ ފޯނެކެވެ. މި ފޯނަކީ ފޮޓޯ އެޑިޓިން، ލައިވް ޓްރާންސްލޭޓިން ކޯލްސް، ނޯޓްތައް ކުރުކޮށް، އަދި މިނޫންވެސް ގިނަ ކަންތައްތަކެއް ހިމެނިފައިވާ ފޯނެކެވެ.

އަަބަދުވެސް ޓެކްނޮލޮޖީއާ ގުޅުން ހުރި އެންމެ ފަހުގެ ޕްރޮޑަކްޓްތައް ވިއްކަމުން އަންނަ ބެސްޓް ބައި މޯބައިލްއިން އިން ރާއްޖެއަށް ނެރުނު އެސް24 ސީރީޒްގެ ލިމިޓެޑް އެޑިޝަންއަކީ ދުނިޔޭގައިވެެސް ވަރަށް ލިމިޓެޑްކޮށް ނެރުނު ސެމްސަންގް ނޮންް މެރީ ކުލަތައް ހިމެނޭ ފޯނުތަކެވެ.

ރާއްޖެއިން މި ފޯނުތައް ހަމައެކަނި ލިބޭނެ ތަނަކީ ބެސްޓް ބައި މޯބައިލްއެވެ. މިގޮތުން އެސް24، އެސް24+ އަދި އެސް24 އަލްޓްރާގެ އޮރެންޖް، ފެހި، ނޫ ބެސްޓް މޯބައިލްގެ ފިހާރަތަކުން ލިބިގެން ދާނެއެވެ.

 

ބެސްޓް ބައި މޯބައިލްގެ ފިހާރަތަކުން ވަނީ އެސް24 ސީރީޒްގެ ފޯނުތަކާއި، އައިފޯން15ގެ ސީރީޒްގެ ފޯނުތައް އަގުހެޔޮ ކޮށްފައެވެ.

ބެސްޓް ބައި މޯބައިލްގެ ފޭސްބުކް ޕޭޖާއި އިންސްޓަގްރާމުން އެ ފިހާރަތަކުން ވިއްކަން ހުންނަ ތަކެތީގެ އެންމެ ފަހުގެ މައުލޫމާތު ލިބެން ހުންނާނެއެވެ.

ބެސްޓް ބައިގެ މައި ފިހާރަ ހުންނަނީ މަޖީދީ މަގު ބޭންކް އޮފް މޯލްޑިވްސްގެ ކުރިމަތިގައެވެ. ދެވަނަ ފިހާރަ ހުންނާނީ މާވެޔޮ މަގުގައި ހުންނަ އޭޑީކޭ ފާމަސީ ކުރިމަތީގައެވެ. ތިން ވަނަ ފިހާރަ ހުންނަނީ މަޖީދީ މަގު ކުރީގެ އަގޯރާ ފިހާރަ ކުރިމަތީގައެވެ.

މި ފިހާރައިން ގަންނަ ޕްރޮޑަކްޓްތައް ޑެލިވަރީވެސް ކޮށްދޭނެއެވެ.

ބެސްޓް ބައިއިން ވަނީ އިންސްޓޯލްމެންޓަށްވެސް ފޯނު ނެގޭ ގޮތަށްވެސް ހަމަޖައްސާފައެވެ. އެގޮތުން ދާދި ފަހުން ތައާރަފްކުރި ފުލުހުންގެ ޕޮލްކޯ ސްކީމާއި، މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއެފްއެލްސީ، ބީއެމްއެލް އީޒީ، ބީއެމްއެލް އިސްލާމިކް ކްރެޑިޓް ސްކީމް މެދުވެރިކޮށްވެސް ބެސްޓް ބައި މޯބައިލުން ފޯނު ނެގޭނެ ގޮތް ވަނީ ހަމަޖައްސާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނާޖިއު

    ވަރަށް ކޮލިޓީ ޕުރޮޑަކްޓު ތައް ލިބޭ.