ރާއްޖޭގައި ސަޔަށް ލޯބިކޮށް، ގަވާއިދުން ސައިބޯ އުޅޭ މީހުން ގިނަ ޤައުމެކެވެ. މިއީ ރާއްޖޭގައި ސަޔަށް ލޯބި ކުރާ މީހުންނާއި ގުޅޭ ވާހަކައެވެ.

މިއީ ރާއްޖެއަށް މުޅިން އަލަށް ތައާރަފް ކޮށް ވިއްކަމުންދާ "ލިވީ" ސައިފަތުގެ ވާހަކައެވެ. މި ސައިފަތަކީ ދިވެހިންގެ ތެރޭގައި ކުޑަދުވަސް ކޮޅެއްގެ ތެރޭގައި މަޤްބޫލްކަން ހޯދަމުންދާ ސައިފަތެކެވެ. މިއީ ވީއޭވީ ޕްރައިވެޓް ލިމިޓެޑުން ރާއްޖެއަށް އެކްސްކްލޫސިވްކޮށް އެތެރެކޮށް ވިއްކަމުން އަންނަ ބްރޭންޑެކެވެ. މިއީ ސްރީލަންކާގެ އުސްބިންތަކުގެ ދަނޑުތަކުގައި ހައްދާ ސައިފަތުން، ސިލޯން ހެރެޑިޓީން އުފައްދާ ޕެކްކޮށްފައިވާ ޕްރޮޑަކްޓެކެވެ.

މާކެޓްގައި ލިބެންހުރި އެކި ސައިފަތް ބްރޭންޑްތަކުގެ ތެރެއިން ލިވީ ސައިފަތް ޚިޔާރު ކުރަންޖެހޭ އެންމެ މުހިއްމު ސަބަބަކީ، ސައިފަތުގެ ތާޒާކަމާ، ޞިއްޙީގޮތުން ލިބެންޖެހޭ ފައިދާތައް އުނިނުވާނެހެން އުފައްދާފައިވާތީއެވެ. މިފަދައިން ސައިފަތުގެ ކޮލިޓީ ހިފެހެއްޓިފައި ވުމަކީ މިސައިފަތުގެ އެންމެ މުހިއްމު ސިފައެވެ. އެހެންކަމުން ރަހަގަދަކޮށް، އަދި ރަހަމަޑުކޮށް ސައިހެދުމުންވެސް، ލިބޭ ޞިއްޙީ ފައިދާތަކަށް އުނިކަމެއް ނާދެއެވެ. ސަބަބަކީ ސައިފަތުގެ ތެރެއަށް އެއްވެސް މަސްނޫޢީ މާއްދާތަކުގެ ބޭނުންކޮށް ތަޣައްޔަރު ކޮށްފައިނުވުމެވެ.

ރަހަގަދަކޮށްލަން ބޭނުންވާނަމަ ތަށީގައި ސައިފަތް ޕެކެޓް ބައިންދާ ވަގުތު އިތުރުކޮށްލުމުން ފުދެއެވެ.

މިސައިފަތަކީ ގެސްޓްއަހުސް، ރެސްޓޯރަންޓް އަދި ރިސޯޓްތަކަށްވެސް ވަރަށް ބޭނުންހިފޭނެ ބުއިމެކެވެ. ސަބަބަކީ މިސައިފަތް އުފެއްދުމުގައި ޔޫރަޕް، އޭސިއާ އަދި މެދުއިރުމަތީގައި އެންމެ ކަމުދާ ރަހަތަކަށް އަސާސަކަށް ބަލައި ދިރާސާކޮށްގެން އުފައްދާފައިވުމެވެ.

މި ބްރޭންޑްގެ ސައި ވަރަށް މީރު ކަމަށް އަޖުމަ ބަލާފައިވާ އެތައް ބަޔަކު ދަނީ ބުނަމުންނެވެ. އަދި ސަޔަކީ ސިއްހީ އެތައް ފައިދާއެއް ލިބެމުންދާ ބާވަތެއް ކަމުން ސައި ބޯ މީހުންގެ އަދަދު ވަރަށް ބޮޑަށް ވަނީ އިތުރު ވެފައެވެ.

ޒުވާނުންގެ މެދުގައި މިޒަމާނުގައި އެންމެ ހިނގަނީ ކޮފީ އަދި އެނަރޖީ ޑްރިންކްސް ކަމަށްވިޔަސް، ސަޔަކީވެސް ޓްރެންޑީ ބުއިމަކަށް ވަމުން އެބަދެއެވެ. މިގޮތުން އިމްޕޯޓް ހިސާބުތަކަށް ބަލާއިރު ކުރިއާ އަޅާއިރު ސައިފަތް އަދި ސައިފަތުން އުފައްދާ ބުއިންތަށް އެތެރެ ކުރާ މިންވަރު ދަނީ މަތިވަމުންނެވެ.

ސައިފަތަކީ ސިއްޙީ ގޮތުންވެސް ގިނަގުނަ ފައިދާ ތަކެއް އެކުލެވޭ ބުއިމެކެވެ. ހާއްސަކޮށް ހިތުގެ ބަލިތަކާއި ސްޓްރޯކް ފަދަ ކަންކަމުން ސަލާމަތް ވުމުގައި މުހިންމު ރޯލެއް އަދާކުރާ ކަމަށް ދިރާސާތަކުން ހޯދިފައިވެއެވެ. އަދި އާންމުކޮށް ސައި ބޯ މީހުންގެ މެދުގައި ޑިމެންޝިއާ ނުވަތަ ހަނދާންނެތުމުގެ ބަލިޖެހޭ މިންވަރު މަދުކަމަށްވެސް ދިރާސާތަކުން ދައްކައެވެ.

ސައިފަތުން ލިބޭ އިތުރު ފައިދާތައް

- ސައިފަތުގައި އެންޓި-އޮކްސިޑަންޓްސްގެ މިންވަރު ބޮޑުތަނުން މަތިކޮށްދޭ. މިއީ ހިތުގެ ބަލިތަކާއި ކެންސަރުބަލިން ދުރުކޮށްދޭ މާއްދާތައް.
- ލުނބޯހުތް ޖަހައިގެން ބޯނަމަ ހަށިގަނޑުގައި ހުންނަ ސަރުބީތައް ވިރުވާލުމަށް އެހީތެރިވެދޭ.
- ހަކުރުނާޅާ ބޯނަމަ، ސަޔަކީ ކެލޮރީ ނުހުންނަ ބުއިމަކަށްވާތީ ހަށިގަނޑު ލުއިކޮށް ބެހެއްޓުމަށް އަދި ދުޅަހެޔޮ ޑައެޓެއްގައި ހުރުމަށް އެއީ އެންމެ އެކަށޭން އެއް ބުއިން.

މިސައިގެ ތަފާތު މީރުރަހަ އެނގިލައްވާނީ އަޖުމަ ބައްލަވާލީމައެވެ.

ލިވީ ބްރޭންޑްގެ ސައިފަތް ހޯލްސޭލް އަދި ރީޓެއިލްކޮށް ލިބެންހުރި ފިހާރަތައް:
ވީއޭވީ ޓްރޭޑިން ޕޮއިންޓް، 7447777
ބޮޓަނީ ފްރެޝް، 9458811
ފްރުޓް އެންޑް ވެޖް ގާޑެން، 7951010
އެކި މަރުކާ، 7344040
ބާޒާރު ވީއޭވީ، 7641001
ޝޮޕިން މޯރ، 7348000
ޕްލަމް މާރޓް، 9111667 (ހުޅުމާލެ)

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އާދަމް

    ވަރަށް މީރު ސައިފަތެއް .. ވަރަށް ތަފާތު

  2. މަރްޔަމް އިވީ

    ޓެސްޓު ކޮށްލަން ގަތީ. ޢެކަމު މިހާރު ހަމަ ދާެއިމީކޮށް މި ސައިފަތަށް ބަދަލު ކޮށްލައިފިން.
    ރަހަވެސް ކުލަވެސް ތަފާތު. ވަރަށް ސަޅި.

  3. ަާާއަލީ

    ވަރަށް ރަހަމީރު އެންމެންވެސް ރަހަބަލާލަން ރަގަޅު ސައިފަތެއް މީ