މާރިޗް މަހުގެ ނިޔަލަށް ރާއްޖެއަށް ހަ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އަތުވެއްޖެއެވެ.

ފަތުރުވެރިކަމާއި ބެހޭ ވުޒާރާއިން އިއްޔެ އާއްމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި އަހަރުގެ މިހާތަނަށް 604،004 ފަތުރުވެރިން އައިސްފައި ވެއެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައި ވަނީ 523،928 ފަތުރުވެރިންނެވެ. އެހެންކަމުން މި އަހަރު މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދުތަކުން އޭގެ ކުރީ އަހަރާ އަޅާކިޔާއިރު %15.1 ގެ ކުރިއެރުމެއް ވަނީ ލިބިފައެވެ.

މާރިޗް މަހު ރާއްޖެ އައިސްފައި ވަނީ 194،227 ފަތުރުވެރިންނެވެ.

މާރިޗް މަހުގެ ނިޔަލަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައީ ޗައިނާއިންނެވެ. ޗައިނާއިން 67،339 ފަތުރުވެރިންނާއި ޒިޔާރަތްކުރިއިރު ދެވަނައަށް 61،752 ފަތުރުވެރިންނާއި އެކު ލިސްޓުގައި އޮތީ ރަޝިޔާއެވެ. އަދި ތިންވަނައިގައި އޮތް އިނގިރޭސިވިލާތުން އައި ފަތުރުވެރިންގެ އަދަދު 58،382އަށް އަރައެވެ.

މި އަހަރު ރާއްޖެއަށް ދެ މިިލިއަނަށް ވުރެ ގިނަ ފަތުރުވެރިން އަންނާނެ ކަމަށް އަންދާޒާކޮށްފައި ވެއެވެ.

އެ ވުޒާރާއިން ރިޕޯޓުކޮށްފައިވާ ގޮތުން މާޗު މަހުގެ ނިޔަލަށް ރާއްޖޭގައި ހިންގާ ޖުމްލަ ރިސޯޓުތަކުގެ އަދަދަކީ 44،152 އެނދާއި އެކު 180 އެވެ. އަދި 2،016 އެނދާއި އެކު 15 ހޮޓެލް ހިންގާއިރު 14،097 އެނދާއި އެކު 837 ގެސްޓްހައުސްއެއް ހުރީ އޮޕަރޭޝަންގައެވެ.

ރާއްޖޭގައި މިވަގުތު ހިދުމަތް ދެމުން ދަނީ، 147 ސަފާރީއަކުންނެވެ. އެއީ 2،835 އެނދެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މަރިޔަބު ދާތަ

    ރާއްޖެއަށް ހަ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އައުމެކޭ ނައުމެކޭ ވަނީ އެއްވަރު ވާކަމެއް ހަރާމުން ހަރާން މިހާރުވެސް ޓެކުސް ނުދައްކާ ރިސޯޓު އޯނަރުން ވަރަށް ގިނަ މީރާއިންވެސް އެޅޭފިޔަވަޅެއް ނޯވޭ ނިކަމެތި މީހަކު ޓެކުސް ނުދައްކާފިއްޔާމު ބޮޑުތަޅު އަޅުވަނީ ރިސޯޓު ވީމަ އޯކޭ މިޔާއެކު ރިސޯޓުތަކަށް މީރާމީހުން އޮޑިޓުކުރަން އަންނައިރަށް ކޮންޕިޔުޓަރުތަށް ބަދަލުކުރާކަން މީރާޔަށް ރަގަޅަށް އެގޭ އެޅޭފިޔަވަޅެއްނޯވޭ ދެންއޮތީ ޜައްޔިތުން މިރާޖޭގެ ވެރިކަން ދޭންވީ ޕާޓޭންނާ ރިސޯޓު އޯނަރުންތަށް ސައިޒުކާނެ ޔަގީންތާ !!!!!! މިރާއްޖޭގަ ކޮންމެފަހަރަކު ވެރިކަމަށް އަންނަނީ ރިސޯޓު އޯނަރުންގެ ޖީބަށްވެއްޓޭވެރިން ނަސީދެކޭ ޔާމީނެކޭ ސޯލިހެކޭ މުއިއްޒެކޭ މީހުސް ޖީބަށް ވެއްޓިފަތިބި ވެރިން ރައްޔިތުން ދެންއަންނަ އިންތިހާބެއްގަ ވާނެ ރަގަޅުކޮށްލަން !!!!!