ދިރާގުން މި އަހަރުގެ ފިތުރު އީދުގައިވެސް އެކުންފުނީގެ 'ދިރާގު އީދު ބޯކިބާ' ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވާ ވާހަކަ އިއުލާންކޮށްފިއެވެ.

މިއީ މި އަހަރުގެ ފިތުރު އީދުގެ ހަރަކާތްތައް ފަށައި، ދިވެހިންގެ މެދުގައި ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ.

އެެގޮތުން އީދު ނަމާދަށް ފަހު އީދު ބޯކިބާ ކެއުމުގެ އާދަ ފާހަގަކުރުމުގެ ގޮތުން ދިރާގުން އިންތިޒާމްކޮށްގެން މި ހަރަކާތް ބާއްވާއިރު، މިއީ މި ހަރަކާތް ދިރާގުން ބާއްވާ ތިންވަނަ އަހަރެވެ.

ދިރާގުން ބުނީ މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސްއީދު ނަމާދަށްފަހު އާންމުންނަށް ހާއްސަކޮށްގެން ބާއްވާ 'ދިރާގު އީދު ބޯކިބާ' ނާސްތާބޭއްވުމަށް އެކުންފުނިން ހަމަޖައްސާފައިވާ ކަމަށެވެ.

ދިރާގު އީދު ބޯކިބާ ހަރަކާތް

'ދިރާގު އީދު ބޯކިބާ' ހަރަކާތް ކުރިއަށް ދާނީ އީދު ނަމާދަށް ފަހު ހެނދުނު 7:30 ގައި:

އާރޓިފިޝަލް ބީޗް، މާލެ
ސިންތެޓިކް ޓްރެކް، ހުޅުމާލެ

"އަނެއްކާވެސް 'ދިރާގު އީދު ބޯކިބާ' އާންމުންނާއި ހަމައަށް ގެނެސްދީ، ތިޔަ ހުރިހާފަރާތްތަކާ އެކު މި އުފާވެރި އީދު ދުވަސް ފާހަގަކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށްބޮޑު އުފަލެއް. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަނީ މުޖުތަމައުތަށް ސަޕޯޓް ފޯރުކޮށްދެވޭނެ އެކި އެކި ގޮތްތައް. އެގޮތުން ހާއްސަކޮށް ފިތުރު އީދު ފަދަ އުފާވެރިމުނާސަބަތެއްގައި މުޖުތަމައުގެ އެކި ފަރާތްތަކަށް ހެޔޮ ހިތުން ކަމެއް ކޮށްދެވުމަކީވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،" ދިރާގުގެ މެނޭޖަރ ބްރޭންޑް އެންޑްއިވެންޓްސް، ނާޔާ ޝަރީފް ވިދާޅުވިއެވެ.

ދިރާގުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ މުޖުތަމައު ތެރޭގައި އެއްބައިވަންތަކަމުގަރޫހު އާލާކޮށްދޭފަދަ ސަގާފީ އާދަކާދަތައް ދިރުވައި އާލާކުރުމަށެވެ.

ކިޔުންތެރިންގެ ހިޔާލު