އައްޑޫ ސިޓީ ހިތަދޫގައި ހުޅުވާފައި ހުންނަ ލިބޭ ފިހާރައިން މިއަދު ވިޔަފާރި ކޮށްގެން އެއާބްލޭޑް 160 ސްޕްޝަލް އެޑިޝަން ލިބުނީ ޝާން މުހައްމަދު އަށެވެ.

އެފިހާރައިން 500 ރުފިޔާއަށް ވުރެ މަތީ އަދަދެއްގެ ވިޔަފާރި ކުރާ ކަސްޓަމަރުންގެ މެދުގައި ކުރިއަށްގެންދާ "ރޯދަ އަލަމާރި" ޕްރޮމޯޝަންގެ ދަށުން މިއަދުގެ ނަސީބުވެރިއަށް ހާއްސަކޮށްފައި ވަނީ އެއާބްލޭޑެކެވެ.

އެ އެއާބްލޭޑްގެ ނަސީބުވެރިއަކީ ޝާންއެވެ.

މީގެ ކުރިންވެސް މި ޕްރޮމޯޝަންގެ ދަށުން އަގުހުރި އިނާމުތަކެއް ކަސްޓަމަރުންނަށް ދީފައި ވެއެވެ. އެގޮތުން އައިފޯން، ގޭތެރެ ޒީނަތްތެރި ކުރުމަށް ބޭނުންވާ އެކި ސާމާނު، އިލެކްޓޮރޯނިކް ސާމާނު ވަނީ ކަސްޓަމަރުންނަށް ލިބިގެން ގޮސްފައެވެ. އަދި މިފަހަރުގެ ރޯދަ އަލަމާރިން އުމްރާ ދަތުރުއްވެސް ކަސްޓަމަރަކަށް ލިބިގެން ގޮސްފައި ވެއެވެ.

މިޕްރޮމޯޝަންގައި ބައިވެރިވާ ކަސްޓަމަރުންނަށް، ތަޅުދަނޑިތަކެއްގެ ތެރެއިން ރަނގަޅު ތަޅުދަނޑި ދިމާކޮށްގެން، އެވަގުތެއްގައި އަލަމާރީގައި ހުންނަ ހުރިހާ ތަކެތި ހިލޭ ލިބިގެންދާނެއެވެ.

ލިބޭ ސުޕަމާޓަކީ އައްޑޫގައި މިވަގުތު ހުޅުވާފައި ތިބި ފިހާރަތަކުގެ ތެރެއިން ރައްޔިތުންނަށް އަށްފޯރާ ފަށެއްގައި ހުރިހާ ސާމާނު ވިއްކަމުން އަންނަ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ ފިހާރައެކެވެ.

ލިބޭ ސުޕަމާޓުން ވަނީ މިރޯދަ މަހާއި ދިމާކޮށް ދިވެހިން ބޭނުންވާ ހުރިހާ އެއްޗެއްގެ އިތުރުން ތާޒާ މޭވާވެސް އަގުހެޔޮކޮށް ވިއްކަން ފަށާފައެވެ.

ލިބޭ ސުޕަމާޓުން ވިއްކާ ތަކެތީގެ ތަފްސީލް ފިހާރައިގެ ވައިބާ ގްރޫޕުން ލިބޭނެއެވެ.

"ލިބޭ-02" ސުޕަމާޓް ހުންނާނީ ހިތަދޫ ބޮޑު މަގުން ބޭރުމަތި ސަރަހައްދާއި ދިމާލަށް، ކުރީގެ އާގަލާ މާޓް އަދި ނެސޯ ސްޓޯރު ހިންގި އިމާރާތުގައެވެ. ފިހާރައިން މުދާ ގަންނަން ބޭނުންވާ ފަރާތްތަކަށް ފިހާރައިގެ ފޯނު ނަންބަރު 7682002 އަށް ގުޅުއްވައިގެން ގަނެވޭނެ ކަމަށް "ލިބޭ"އިން ބުނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު